މާރިޗް 05 ގައި ޑާކްރެއިން އެންޓަޓެއިންމެންޓުން މި އަހަރު ރިލީޒްކުރާ ފުރަތަމަ ފިލްމު ‘ވަކިން ލޯބިން’ ގެ ޕްރޮމޯޝަނަލް ވީޑިއޯ ލަވަ ‘ރަކި ހިނިތުން’ މިރޭ ނެރޭނެ ކަމަށް އެ ސްޓޫޑިއޯ އިން ބުނެފި އެވެ.
ޑާކްރެއިން އެންޓަޓެއިންމެންޓުން ނެރޭ ފިލްމުތަކުގެ ތެރޭގައި ލިޕްސިން ކޮށްފައި ހުންނަ ލަވަ ނުހިމެނު ނަމަވެސް އެމީހުންގެ އުފެއްދުން ތަކުގައި ޒުވާނުން ޝައުގުވެރިވާ ސްޓައިލަކަށް ހަދާފައި ހުންނަ ލަވަތައް އަންނަނީ ހިމަނަމުންނެވެ. އެގޮތުން ‘ރަކި ހިނިތުން’ ވުމަކީ ވެސް މިފަދަ ލަވަ އެކެވެ. މި ލަވައިގެ އަޑުގެވެރިންނަކީ ފަތުހުﷲ އަބްދުލް ފައްތާހު (ފަތޯ) އާއި އިންޝާ އަޙްމަދު އެވެ.
‘ރަކި ހިނިތުން’ ގެ އޯޑިއޯ ލަވަ ވަނީ ސައުންޑް ކްލައުޑްގައި ރިލީޒް ކޮށްފަ އެވެ.
މިލަވައިގެ ވެސް މިއުޒިކް ހަދާފައިވަނީ ފަތުހުﷲ އަބްދުލް ފައްތާހު (ފަތޯ)އެވެ. މިމަހު މެދެއްހައި ހިސާބުގައި ‘ވަކިން ލޯބިން’ ގެ ‘ހިތުގާ ނަށާ ރާނީ’ ގެ ވީޑިއޯ ލަވަ ވެސް ވަނީ ރިލީޒް ކޮށްފަ އެވެ.
‘ވަކިން ލޯބިން’ ގެ ލީޑުން ފެނިގެންދާނީ ޑާކްރެ އިން އެންޓަރޓެއިންމަންޓްގެ އެންމެ މަޤުބޫލު ޖޯޑު ކަމުގައިވާ މުޙައްމަދު ޖުމައްޔިލް (ޖުމަލް) އާއި މަރިޔަމް މަޖުދާ (މަޖޫ) އެވެ. މީގެ އިތުރުން މި ފިލްމުގެ މުހިއްމު ރޯލަކުން ނުޒުހަތު ޝުއައިބް (ނުޒޫ) ވެސް ފެނިގެންދާނެއެވެ.
އައިޝަތު ފުއާދު ލިޔެފައިވާ ވާހަކައަކަށް ހަދާ މި ފިލްމު ޑައިރެކްޓްކޮށްފައި ވަނީ އަލީ ޝިފާޢު (ޗިއްޕެ) އެވެ. ޑާކްރެއިން އެންޓަރޓެއިންމަންޓްގެ ގިނަ ފިލްމުތަކޭކޭ ވެސް އެއްގޮތަށް މި ފިލްމުގެ ވިޒުއަލް އިފެކްޓްސް ހަދާފައި ވަނީ އަޙުމަދު ޝިނާނެވެ. މި ފިލްމަށް ޙުސައިން ޝަދިޔާން (ސޭންޑީ) ކޮސްޓިއުމް ޑިޒައިން ކޮށްދީފައިވާއިރު، މި ފިލްމުގެ މިއުޒިކް ހަދާފައި ވަނީ މުޙައްމަދު އިކްރާމްއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!