ފަތުހުﷲ އަބްދުލް ފައްތާހު (ފަތޯ) އާއި އިންޝާ އަޙްމަދު ގެ ‘ރަކި ހިނިތުން’ ވުމަކާއެކު ‘ވަކިން ލޯބިން’ ގެ އާ މަންޒަރުތަކެއް ޑާކްރެއިން އެންޓަޓެއިންމެންޓުން ދޫކޮށްލައިފި އެވެ.

‘ވަކިން ލޯބިން’ ގެ ޕްރޮމޯޝަނަލް ވީޑިއޯ ލަވަ ‘ރަކި ހިނިތުން’ ނެރެފައިވާއިރު، ލަވައިގެ އަޑުގެވެރިން ކަމަށްވަ ފަތޯ އާއި އިންޝާ ވެސް ފެނިގެންދެ އެވެ. މިލަވައިގެ ވެސް މިއުޒިކް ހަދާފައިވަނީ ފަތުހުﷲ އަބްދުލް ފައްތާހު (ފަތޯ)އެވެ.

‘ވަކިން ލޯބިން’ ގެ ލީޑުން ފެނިގެންދާނީ ޑާކްރެ އިން އެންޓަރޓެއިންމަންޓްގެ އެންމެ މަޤުބޫލު ޖޯޑު ކަމުގައިވާ މުޙައްމަދު ޖުމައްޔިލް (ޖުމަލް) އާއި މަރިޔަމް މަޖުދާ (މަޖޫ) އެވެ. މީގެ އިތުރުން މި ފިލްމުގެ މުހިއްމު ރޯލަކުން ނުޒުހަތު ޝުއައިބް (ނުޒޫ) ވެސް ފެނިގެންދާނެއެވެ.

އައިޝަތު ފުއާދު ލިޔެފައިވާ ވާހަކައަކަށް ހަދާ މި ފިލްމު ޑައިރެކްޓްކޮށްފައި ވަނީ އަލީ ޝިފާޢު (ޗިއްޕެ) އެވެ. ޑާކްރެއިން އެންޓަރޓެއިންމަންޓްގެ ގިނަ ފިލްމުތަކޭކޭ ވެސް އެއްގޮތަށް މި ފިލްމުގެ ވިޒުއަލް އިފެކްޓްސް ހަދާފައި ވަނީ އަޙުމަދު ޝިނާނެވެ. މި ފިލްމަށް ޙުސައިން ޝަދިޔާން (ސޭންޑީ) ކޮސްޓިއުމް ޑިޒައިން ކޮށްދީފައިވާއިރު، މި ފިލްމުގެ މިއުޒިކް ހަދާފައި ވަނީ މުޙައްމަދު އިކްރާމްއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.