19 ޖުލައި 2023ގައި އޮލިމްޕަހުގައި އެޅުވުމަށް ތައްޔާރުވެފައި ބިރުވެރި ފިލްމު “ކައުޝީ“ގެ ދިވެހި ޓްރެއިލާ އާއްމުކޮށްފައިވާއިރު، ސިންގަޅަބަހުން އުފައްދާފައިވާ މި ފިލްމުގެ ދިވެހި ޓްރެއިލާއެއް ‘އެސް ޕްރޮޑަކްޝަންސް’ އިން މިވަނީ އާއްމުކޮށްފައެވެ. ދިވެހިބަހުން ޑަބްކޮށްފައިވާ ފިލްމު “ކައުޝީ“ގައި ރާއްޖޭގެ ހުނަރުވެރި ފިލްމީ ފަންނާނުންތަކެއްގެ އަޑު ހިމަނާފައިވެއެވެ.
ބިރުވެރި ފިލްމު “ކައުޝީ“ގެ ދިވެހި ވާރޝަންއަށް އަޑު އަޅާފައިވާ ފަންނާނުންގެ ތެރޭގައި އަޙްމަދު ނިމާލް، ޢާމިރާ އިސްމާޢީލް، ޢަލީ ސީޒަން، ރިޝްމީ ރަމީޒް، އަޙްމަދު ސަޢީދު، ޝާރިފް، ކޮކޯ ހަސަން، މުޙައްމަދު ފައިސަލްގެ އިތުރުންވެސް ފާހަގަކޮށްލެވޭ ފަންނާނުންގެ އަޑުއިވިގެންދާނެ އެވެ.
މިއީ ސިންގަޅަބަހުން އުފައްދާފައިވާ ފިލްމަކަށް ދިވެހިބަހުން އަޑުއަޅައިގެން ނެރޭ ފުރަތަމަ ފަހަރަށް ވިޔަސް، އާއްމުކޮށްފައިވާ ޓްރެއިލާއިން ފިލްމަކީ ދިވެހި ފިލްމެކޭ ހީވާހާ މޮޅަށް ރާއްޖޭގެ ފިލްމީ ފަންނާނުންގެ ވޮއިސް އެކްޓިން އިވިގެންދެއެވެ.
ފިލްމު “ކައުޝީ“އަކީ ރާއްޖޭގެ މަޝްހޫރު އެކްޓަރ އަދި ޑައިރެކްޓަރ ޢަލީ ސީޒަންގެ ’އެސް ޕްރޮޑަކްޝަންސް‘ އަދި ޝާނީޒް ޢަލީގެ ‘ސެޓަރ ސްޓޫޑިއޯ‘ އިން އުފައްދާފައިވާ ފިލްމެކެވެ.
ލޯބީގެ ބިރުވެރި ހާދިސާތަކެއް ދައްކުވައިދޭ ސިންގަޅަ ބިރުވެރި ފިލްމު “ކައުޝީ“ގެ ތަރިންގެ ތެރޭގައި އަމިލަ ކަރުނާނަޔަކް އާއި ރަންގީ ރާޖަޕަކްސަ ގެ އިތުރުން ބިޔަންކާ ސަލްވަޓޯ އަދި އިސުރު ސަމްޕަތު ހަރަކާތްތެރިވެއެވެ.
ފިލްމު “ކައުޝީ“ ޑައިރެކްޓްކުރީ ޢަލީ ސީޒަން އެވެ. މަންޒަރުތައް ނެގީ ޝިވާޒް (މާސްކޭ) އެވެ. އެޑިޓް ކޮށްފައި ވަނީ ވެސް އަލީ ސީޒަން އެވެ. ފިލްމަށް މިއުޒިކް ހެދީ އައްޔުމަން ޝަރީފެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 29 މާރޗް 2025ޚަބަރު“އަބަދަށް” ގެ ޓްރެއިލާއިން އަބަދަށް ހިތުންނުފިލާ ހުންނާނެ ފަދަ މަންޒަރުތަކެއް!
- 28 މާރޗް 2025ޚަބަރުމަޑުކޮށްބަލަ! ވާޝިޔާ ގެއިން ނެރެ މަގުމަތިކޮށްލީތަ؟
- 19 މާރޗް 2025ޚަބަރު“ސޮރީ” ގައި ނިޝާ، މަނިކް އަދި އާމިރާގެ އިތުރުންވެސް ގިނަ ތަރިންތަކެއް
- 15 މާރޗް 2025ޚަބަރު“ފުރާނަ” – ޔުނިކޯ ބީޓްސް ސްޓޫޑިއޯގެ ސަޅި ލަވައެއް!