“އެއީ އެ ފޮށި. އެއީ އެންމެންގެ ދިރިއުޅުމާވެސް ގުޅިފާވާ ފޮށްޓެއް. އެ ފޮށީގެ މުހިންމުކަން އެންމެންނަށްވެސް އެނގޭ. އެކަމަކު އެ ފޮށި ވީ ކޮންތާކު، ކާކުގެ އަތުގަ ކަމެއް އެކަކަށްވެސް ނޭނގޭ. އެހެންކަމުން، އެ ފޮށި ހޯދުމުގެ މަސައްކަތް އެންމެންވެސް ފަށާ.” ކޮމެޑީ ފިލްމު “ޖޯކަރު“ގެ ފަސްޓް ލުކް ޓީޒާ ފެށޭ ހިސާބުން ޕޭވްމެންޓް މަތީގައި ފޮށްތެއް ބަހައްޓާތަން ފެނިގެންދިއުމާއެކު އިވެނީ މި ވާހަކަކޮޅެވެ.
ފިލްމު “ބައިވެރިޔާ”، “ނޯޓީ ފޯޓީ” އަދި “ފޯޓީ ޕްލަސް”އިން ބެލުންތެރިން ވަރުގަދައަށް ހެއްވާލި ޓީމުން އުފައްދަމުން އަންނަ ކޮމެޑީ ފިލްމު “ޖޯކަރު“ގެ ޓީޒާ މިއަދު މިވަނީ ރިލީޒްކޮށްފަ އެވެ. މިއަހަރު ސެޕްޓެމްބަރު މަހު އެ ޓީމުން “ޖޯކަރު” ފިލްމާއެކު ބެލުންތެރިން ހެއްވާލަން އަނެއްކާވެސް އެ ގެންދަނީ ތައްޔާރުވަމުންނެވެ.
ފިލްމު “ޖޯކަރު“ގެ މައިގަނޑު ކާސްޓުގައި ރާއްޖޭގެ ފިލްމީ ދާއިރާގެ ހުނަރުވެރި ފަންނާނުންތަކެއް ހިމެނެއެވެ. އެގޮތުން ވެޓަރަން އެކްޓަރ އަޙްމަދު ނިމާލް، ހުނަރުވެރި އެކްޓަރު އަޙްމަދު ސަޢީދު، ޢަލީ އާޒިމް (ދޮން އައްޔަ)، ޝީލާ ނަޖީބް، ނާޝިދާ މުޙައްމަދު (ނާއްކޮ)، އިބްރާހީމް ރަޝީދު މޫސާ (ބްރޯ)، މުޙައްމަދު ރިފްޝާން (ރިއްޕެ)، ހަމްދާން ފާރޫޤް، ޝަހީދާ އަޙްމަދު، އީމާއު، މޫސާ އަލީފް އަދި ނަދުވީ ފަދަ ފަންނާނުން ހިމެނެއެވެ.
ޕްރޮޑިއުސަރ އިސްމާޢީލް ޝަފީޤްގެ ‘ޝައި ޕްރޮޑަކްޝަންސް’ އަދި ޢަލީ ޝާނީޒް މުޙައްމަދުގެ ‘ސެޓާރން ސްޓޫޑިއޯ’ އިން ގެނެސްދޭ ޔޫސުފް ޝަފީޢުގެ ކޮމެޑީ ފިލްމު “ޖޯކަރު“ މިއީ ޔޫއްޕެ ލިޔެ ޑައިރެކްޓްކޮށް ގެނެސްދޭ ފިލްމެކެވެ. ޕްރޮޑިއުސްކުރީ އިސްމާޢީލް ޝަފީޤް އަދި ޢަލީ ޝާނީޒް މުޙައްމަދު އެވެ. ކެމެރާކުރަނީ ޝިވާޒް (މާސްކޭ) އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 29 މާރޗް 2025ޚަބަރު“އަބަދަށް” ގެ ޓްރެއިލާއިން އަބަދަށް ހިތުންނުފިލާ ހުންނާނެ ފަދަ މަންޒަރުތަކެއް!
- 28 މާރޗް 2025ޚަބަރުމަޑުކޮށްބަލަ! ވާޝިޔާ ގެއިން ނެރެ މަގުމަތިކޮށްލީތަ؟
- 19 މާރޗް 2025ޚަބަރު“ސޮރީ” ގައި ނިޝާ، މަނިކް އަދި އާމިރާގެ އިތުރުންވެސް ގިނަ ތަރިންތަކެއް
- 15 މާރޗް 2025ޚަބަރު“ފުރާނަ” – ޔުނިކޯ ބީޓްސް ސްޓޫޑިއޯގެ ސަޅި ލަވައެއް!
ތިފިލްމުގެ ޕުރޮޑެކްސަން މެނޭޖާ އަގޭތޯ އެޔެއްވެސް ބަލާލަން ވާނެ ދޯ