މިއަދު ރިލީޒްކުރި ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ވަރުގަދަ އެކްޝަން ފިލްމު “ފުރޭތަ“އިގެ ޓްރެއިލާ ރޭޓްކޮށްފައި ވަނީ އުމުރުން 18 އަހަރުން މަތީގެ މީހުން ބެލުމަށެވެ. ފިލްމު “ފުރޭތަ“އިގެ ބޮޑުކަން މިވަރުންވެސް އެނގޭނެއެވެ.
ހަމަގައިމުވެސް މިއީ މިހާތަނަށް އާއްމުކުރި ދިވެހި ފިލްމެއްގެ އެންމެ ތަފާތު ޓްރެއިލާ އެވެ. ދިވެހި ފިލްމީ މަސައްކަތަކުން ފެނިފައިނުވާ އެތައް ކަމެއް މި ޓްރެއިލާއިން ފެނެއެވެ.
ފިލްމު “ފުރޭތަ“އިގެ ޓްރެއިލާއިން ވަރުގަދަ އެކްޝަން މަންޒަރުތައް ފެނިގެންދެއެވެ. ފައިޓްތަކުގެ ތެރެއިން މި ފިލްމުގެ ލީޑް ޝަރަފްގެ ބޮލަށް ފުޅިއެއް ތަޅާލާ މަންޒަރުން މި ފިލްމުގައި ތަފާތުތަކެއް ދައްކުވައިދޭން ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވާ ކަން އެނގެއެވެ. ހަމަ އެހެންމެ، ގެއެއްގެ ބެލްކަނި ތެރެއިން އެއްޗެއް ގޮށްވާލާ މަންޒަރު ނަގާފައިވަނީ ކޮމްޕިއުޓަރ އިފެކްޓްސް ބޭނުންކޮށްގެން ނޫންކަންވެސް ވަރަށް ބޮޑަށް ސާފެވެ.
ރޯވެ އަލިފާންގަނޑު ހުޅުވާލާފައިވާ ތަނެއްގެ ތެރޭގައި ޝަރަފް ހުންނަ މަންޒަރާއި, ބަހެއްގެ ތެރޭގައި ހިންގާ ފައިޓެއްގެ އިތުރުން ވެހިކަލެއްގައި މީހަކު ޖެހި އެކްސިޑެންޓްވާ މަންޒަރުތައް ވެސް ތަފާތެވެ.
ފިލްމީ ޚަބަރުތައް ގެނެސްދިނުމުގައާއި ފިލްމު އުފައްދާ މީހުން ފިލްމު ޕްރޮމޯޓްކުރުމަށް ‘ތަފާތު’ މި ލަފުޒު ބޭނުންކުރުން މިއީ އާއްމުކަމެކެވެ. ނަމަވެސް ފިލްމު “ފުރޭތަ“އިގެ ތަފާތުކަމުގެ ވާހަކަ ބުނަން ‘ތަފާތު’ގެ ބަދަލުގައި ބޭނުންކުރަން ތަފާތު ލަފުޒެއް ހޯދަންޖެހޭ ހާވެސް މަންޒަރުތައް ތަފާތެވެ.
04 ޑިސެމްބަރު 2023ގައި ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމު “ފުރޭތަ“އިގެ ލީޑުން ފެނިގެންދާނީ ޝަރަފުއްދީން ޢަބްދުﷲ، ރަވީ ފާރޫޤް، މުޙައްމަދު މަނިކް، އަޙްމަދު ސަޢީދު، މުޙައްމަދު ރިފްޝާން (ރިއްޕެ)، އަޙްމަދު ނާޝިތު، ޢަލީ ނަދީހް، އާމިނަތު އަޞީލާ، އާދަމް ރިޒްވީ (ރެކްސް) އަދި ޗައިލްޑް އާޓިސްޓް ނީލް އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!