މި މަހުގެ 19 ވަނަ ދުވަހުގެ ރޭ އޮލިޕްޕަސް ސިނަމާގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ފިލްމު “ކައުޝީ“ގެ ޕްރިމިއަރ ގައި ބައިވެރިވުމަށް ފިލްމުގެ ލީޑް އެކްޓަރ އަމިލަ ކަރުނާނަޔަކް އާއި ލީޑް އެކްޓްރެސް ރަންގީ ރާޖަޕަކްސަ ރާއްޖެ އަތުވެއްޖެއެވެ. އަވައްޓެރި ސްރީލަންކާގެ ސިންގަޅަ ފިލްމްތައް ކުޅެމުން އަންނަ އަމިލަ އާއި ރަންގި ރާއްޖެ އައީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ.

މި ދެ ފަންނާނުންނަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓުން މަރުހަބާ ކިޔާފައިވަނީ ފިލްމްގެ ޑައިރެކްޓަރު ޢަލީ ސީޒަންއެވެ.

ކުލަގަދަ ރަސްމިއްޔާތަކާއި އެކު “ކައުޝީ“ ޕްރިމިއަރ ކުރުމުގެ ހަފްލާގެ ތައްޔާރީތައް ކުރިއަށް ދާއިރު މި އިވެންޓްގައި ދިވެހި ފިލްމީ ދާއިރާގެ ގިނަ ފަންނާނުންތަކެއް ބައިވެރިވާނޭ ކަމަށް ސީޒަން ބުންޏެވެ.

ކައުޝީ“ގެ ޓިކެޓް މިހާރު އޮލިމްޕަސް ސިނަމާއިން ވިއްކަމުން ދާއިރު ފިލްމްގެ ނޯމަލް ޓިކެޓްގެ އަގަކީ -/150 ރުފިޔާ އެވެ. އަދި ގޯލްޑް ޓިކެޓްގެ އަގަކީ -/200 ރުފިޔާ އެވެ.

ކައުޝީ“އަކީ ސިންގަޅަ ފިލްމު ސްޓާރުން ހިމަނައިގެން ސްރީލަންކާގައި ޝޫޓް ކޮށްފައިވާ ފިލްމެވެ.

މި ފިލްމްގެ މަންޒަރުތައް ނަގައިދީފައިވަނީ ރާއްޖޭގެ ޒުވާން ކެމެރާމަން ޝިވާޒް ޢަބްދުﷲ (މާސްކޭ) އެވެ. ފިލްމްގެ ބެކް މިއުޒިކް ހަދައިދީފައިވަނީ އައްޔުމަން ޝަރީފެވެ. މި ފިލްމްގެ ޝޯވްތައް މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހާއި ހަމަޔަށް އޮލިމްޕަހުގައި ކުރިއަށް ދާނެއެވެ.

7458800 ނަމްބަރަށް ވައިބަރ ކޮށްގެންވެސް ޓިކެޓް ގަނެވޭނެ ކަމަށް އެސް.ޕްރޮޑަކްޝަންސް އިން މަޢުލޫމާތު ދީފައިވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.