އެމެރިކާސް ގޮޓް ޓެލެންޓް ޝޯގެ މިއަހަރުގެ ސީޒަން ފެށިފައިވާއިރު، މިފަހުގެ އެޕިސޯޑްތަކުގެ ތެރެއިން ފެނިގެންދިޔަ އަޓާއީ ޝޯއިން ބެލުންތެރިންގެ އިތުރުން ޖަޖުންގެ ތަލިންކުޅުހިކި އާޝޯޚްކޮށްލައިފިއެވެ.
ކަޒަކިސްތާނުގެ ޒުވާން ހަތަރު ފިރިހެންކުދިން ހިމެނޭ ގްރޫޕުން ދައްކައިލި ހުނަރުން ފުރިގެންވާ ހަރަކާތްތަކުގެ ތެރެއިން އެ ޒުވާނުންގެ ގައިގެ ކަށިތައް އެފުށްމިފުށަށް އަނބުރަމުން ދެއްކި އާދަޔާޚިލާފު ހުނަރުގެ ސަބުން ޖަޖުންނާއި ބެލުންތެރިންނަށް ވަރުގަދަ ޝޮކެއް ލިބިގެންދިޔައެވެ. ބެލުންތެރިންނާއި ޖަޖުން ބިރުގަންނުވައިލި އެވެ.
އާދަޔާޚިލާފު ގޮތަކަށް ހެދުން އަޅައިގެން ތިބި ޒުވާނުން ތިބީ ފޭކް ލޭ އުނގުޅައިގެން، ކަނުވެސް ބަނދެގެންނެވެ. ހަށިގަނޑުގެ ކަށިތައް އެފުށްމިފުށަށް ޖަހަމުން ހުނަރުތަކެއް ދެއްކުމަށްފަހު “އޭވްރީބޯޑީ (ބެކްސްޓްރީޓްސް ބެކް)” ލަވައަށް އެ ޒުވާނުން ނެށީވެސް ޒޮމްބީތަކެއް ފަދައިންނެވެ.
އައިޓަމް ނިންމާލަމުން އެމީހުންގެ ލޮލުގައި ބަނދެފައިވާ ފޮތިގަނޑު ނެގުމުން ދެން ލިބިގެންދިޔަ ހައިރާންކަންވެސް ވަކީން ކުޑައެއް ނޫނެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
