މެންގާ ރީޑާރ ގައި އެންމެ މަޤުބޫލުކަމެއް ލިބިފައިވާ އަދި އެންމެ ހިޓް އެއް ވެބް ސީރީސް “ވަން ޕީސް” ލައިވް އެކްޝަން ނެޓްފްލިކްސްގައި އަންނަ މަހު 31 ވަނަ ދުވަހު ރިލީސް ކުރަން ހަމަ ޖެހިއްޖެއެވެ. މިއީ “ވަން ޕީސް”ގެ ފޭނުންނަށް އުފާވެރި ޚަބަރަކަށް ވާނެއެވެ.

1997ގައި މެންގާ ރީޑާރގައި ޝާއިޢުކުރެވިފައިވާ “ވަން ޕީސް” ލައިވް އެކްޝަން އަކަށް ބަދަލަކަށް ވުމަކީ “ވަން ޕީސް”ގެ ފޭނުންނަށް ވެސް އުފާވެރި ކަން ގެނުވާނޭ ކަމަކަށް ވާނެއެވެ.

“ވަން ޕީސް”ގެ ބައެއް ކާސްޓް
މަންކީ ޑީ ލޫފީގެ ރޯލުން ފެނިގެން ދާނީ “އިނާކީ ގޯޑޯ ކަމަށާއި، ނާމީގެ ރޯލުން ފެނިގެން ދާނީ އެމީލީ ރަޑް އެވެ. އަދި މީގެ އިތުރުން ޔޫސޮޕްގެ ރޯލުން ފެނިގެން ދާނީ ޖެކޮބް ރޮމޭރޯ ގިބްސް އެވެ.

“ވަން ޕީސް”ގެ ފަހަތުގައިވާ މަންގަކާ، އެއިޗީރޯ އޯޑާ ދާދި ފަހުން ވަނީ ކުރިއަށް އޮތް ނެޓްފްލިކްސް ސީރީޒްއާ ބެހޭ ގޮތުން ބަޔާނެއް ހިއްސާކޮށްފަ އެވެ. މެންގާއެއް ލައިވް އެކްޝަން ފޯމެޓަކަށް އެޑަޕްޓް ކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި އެކަމަށް ހަތް އަހަރުގެ ބުރަ މަސައްކަތާއި ހޭދަކޮށްފައިވާނޭ ކަމަށް އިތުރު ތަފުސީލުދެމުން ބުނެފައިވެެއެވެ. ނެޓްފްލިކްސް ސީރީޒްގެ ފުރަތަމަ ސީރީސް ބޮޑު ބައެއް ނުފެނިދާނެ ކަމަށް އޮޑާގެ ބަޔަާނުގައި ހާމަ ކޮއްފައިވައި ވެއެވެ.

“ވަން ޕީސް” ފުރަތަމަ ސީޒަން ގައި ފެނިގެން ދާނީ އެޕިސޯޑް ތަކެއްގެ ގޮތުގައެވެ.

“ވަރަށް ގިނަ ކަންތައްތަކެއް އޭގެ ތެރެއަށް ވަދެގެން ދިޔައީ،” ހުނަރުވެރި އެކްޓަރުން ކުރި މަސައްކަތާއި، ސީރީޒްގައި ދައްކުވައިދޭ ފެންޓާސްޓިކަލް ދުނިޔެ އުފެއްދުމާއި، ކުދިކުދި ކޮސްޓިއުމްތަކާއި، ހަމައެކަނި ލައިވް-އެކްޝަނުން ފެނިގެންދާނެ ތަފާތުތަކަށް އިޝާރާތްކޮށް އޯޑާ ބުންޏެވެ.

ނަމަވެސް އޯޑާ ލަފާކުރާ ގޮތުގައި އެޑަޕްޓޭޝަނުން ގެއްލުނު ބައެއް ކެރެކްޓާތަކާއި މަންޒަރުތަކާ މެދު ބައެއް ސަޕޯޓަރުން ކަންބޮޑުވުން ފާޅުކޮށްފާނެ އެވެ.

ކުރުކުރު ވާހަކަތަކެއް އެހެން މީޑިއަމަކަށް ބަދަލުކުރުމުގެ ދަތުރަކީ ޝައްކެއްވެސްނެތް ގޮތުގައި ގޮންޖެހުން ބޮޑު ދަތުރެއް ކަމަށާއި، ހަނދާން ނައްތާނުލެވޭ ފަދަ ތަޖުރިބާއެއް ފޯރުކޮށްދިނުމަށް އުފެއްދުންތެރިން ވަރަށް ބުރަކޮށް މަސައްކަތްކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ފުރަތަމަ ސީޒަންގެ އަށް އެޕިސޯޑުގެ ސަބަބުން “ވަން ޕީސް”ގެ ވާހަކައަށް ބޮޑު ބަދަލެއް އަންނާނެ ކަމުގެ އުފާވެރި އިޝާރާތެއް ވެސް އޮޑާ އިން ވަނީ ދޫކޮށްލާފަ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޙަސަން އަރީން (އެޑީ)
ޙަސަން އަރީން (އެޑީ)
ޙަސަން އަރީން (އެޑީ)އަކީ މުނިއަވަސް ކްލަބްހައުސްގެ އާރްޖޭއެއްގެ އިތުރުން މުނިއަވަސް އަށް ޚަބަރުލިޔާ ލިޔުންތެރިއެއް