ޅެންވެރީންނާއި އަދީބުންނާއި ފަންނާނުންނާއި މުއައްޚިރުންނާއި ނޫސްވެރީންނަށް އަމާޒުކޮށްގެން ޅެންވެރީންގެ ހަވީރުގެ ފަރާތުން “މާހަނދު ގުންޒަރު”ގެ ނަމުގައި ޅެންވެރީންގެ ހަވީރެއް ބާއްވަން ނިންމައިފިއެވެ.

“މާހަނދު ގުންޒަރު” ބޭއްވުމަށް ނިންމާފައިވަނީ 1 އޯގަސްޓް 2023ވަނަ ދުވަހުގެ ރޭ 20:45 އިން 23:15އަށް އާޓިފިޝަލް ބީޗުގައެވެ.

“މާހަނދު ގުންޒަރު” މިއީ ޅެންވެރީންގެ ހަވީރުގެ އިސްނެގުމުގެމަތީން ޅެންވެރިންގެ ޝާޢިރުންގެ ވާދީއާއި ޅެންވެރީންގެ ދެ ވައިބަރ ގްރޫޕެއް ކަމުގައިވާ “ފުރިހަމަ ޚިޔާލް” އާއި “ޅެންވެރީންގެ ބަހާރު”ގުޅިގެން ބާއްވާ ހަރަކާތެކެވެ.

“މާހަނދު ގުންޒަރު”ގައި ޅެންވެރިކަމާއި ގުޅޭ ހަރަކާތްތަކެއްގެ އިތުރުން މުނިއަވަސްފިލުވައިދޭ ފަދަ ސަގާފީ ހަރަކާތްތަކެއްވެސް ފެނިގެންދާނެއެވެ.

“މާހަނދު ގުންޒަރު” މިއީ އާއްމުކޮށް ހުޅުވާލައިގެން ބާއްވާ ހަރަކާތެއްކަމުން ވީހާވެސް ގިނަ ބޭފުޅުން މި ހަރަކާތުގައި ބައިވެރިވެލެއްވުމަކީ މިކަން އިންތިޒާމްކުރާ ފަރާތްތަކުން އެދޭ ކަމެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.