🎦 މޯލްޑިވްސް ސޮސައިޓީ ފޮރ ޕާފޯމިންގް އާޓްސްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އޮންލައިން
އިންޑިއާގެ ޖަންމު ކަޝްމީރުގައި މި އޯގަސްޓް މަހުގެ ހަތަރަކުން ހަތަކަށް ބާއްވާ ޖަންމު ކަޝްމީރް އިންޓަރނެޝަނަލް ފިލްމް ފެސްޓިވަލްގައި ބައިވެރިވުމަށް ލިބިފައިވާ ދަޢުވަތަކަށް މޯލްޑިވްސް ސޮސައިޓީ ފޮރ ޕާފޯމިންގް އާޓްސްގެ ޗެއަރމަން އަލްފާޟިލް މުޙައްމަދު ރަޝީދު (ދަރާ) އަދި ވައިސް ޗެއަރމަން އަޙްމަދު ވަހީދު (ވައްޑެ) މިއަދުގެ ވަގުތެއްގައި ފުރައިފިއެވެ.
މި ފެސްޓިވަލްއަކީ އިންޑިއާގެ ދެ ޖަމާއަތެއްކަމަށްވާ “ޔުނިވަރސަލް ފިލްމް މޭކަރސް ކައުންސިލާއި ހަރްމަން ކަލްޗަރަލް އެންޑް އެޑިއުކޭޝަނަލް ސޮސައިޓީ ގުޅިގެން ބާއްވާ ފިލްމް ފެސްޓިވަލެކެވެ.
އެމް.އެސް.ޕީ.އޭގެ ފަރާތުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރާއްޖޭންނާއި ރާއްޖޭންބޭރުން ދިވެހި ފަންނާނުންނަށް ތަފާތު ރިކޮގްނިޝަން ހޯދައިދިނުމާއި އިންޓަރނޭޝަނަލް އެވޯޑާއި ފިލްމް ފެސްޓިވަލްތައް ފަދަ ކަންކަމުން ފުރުސަތުތައް ހޯދައިދިނުން ކަމަށް އެ ސޮސައިޓީން ބުނެއެވެ. މިގޮތުން އެމް.އެސް.ޕީ.އޭ ގެންދަނީ އެކި ޤައުމު ތަކުން ފަންނުވެރި ޖަމާއަތްތަކާއި ގުޅުންބަދަހިކޮށް ގުޅިގެން ތަފާތު މަސައްކަތްތައް ކުރުމަށެވެ. އަދި އެމް.އެސް.ޕީ.އޭ އަކީ އިންޑިއާ، ތައިލޭންޑް ބަންގްލަދޭޝް ފަދަ ގައުމުތަކުގެ މިފަދަ ޖަމާތްތަކާ ގުޅިގެން އެފަރާތްތަކުން ބާއްވާ އެވޯޑް، ފިލްމް ފެސްޓިވަލް ފަދަ އިވެންޓުތަކުގައި ބައިވެރިވެ ރާއްޖޭގެ މުނިފޫހިފިލުވުގެ ދާއިރާ ތައާރަފްކޮށް ރާއްޖޭގެ ފަންނާނުންނަށް ރިކޮގްނިޝަން އެވޯޑް ހޯދައިދިނުމަށް މަސައްކަތްކުރާ ސޮސައިޓީއެކެވެ.
ޖަންމު ކަޝްމީރު އިންޓަރނޭޝަނަލް ފިލްމް ފެސްޓިވަލްގައި ހިމެނޭ ވަރަށް ޚާއްސަ އެވޯރޑް ކެޓަގަރީއަށް ރާއްޖޭގެ ފަންނާނެއްގެ ނަން ނޮމިނޭޓް ކުރުމަށްފަހު އެފަރާތައް ހުށަހެޅުމުގެ ފުރުސަތު އެމް.އެސް.ޕީ.އޭއަށް ލިބިފައިވުމާއެކު މި ސޮސައިޓީގެ ފަރާތުން ޝޯޓްލިސްޓް ކުރެވުނު ނަންތަކަށް ސޮސައިޓީގެ ބޯޑު ބައްދަލުވުމެއްގައި މަޝްވަރާކޮށް ހުރިހާ މެމްބަރުންވެސް އިންތިފާގުވީ މިއެވޯޑް ލިބުމަށް މިވަގުތު އެންމެ ހައްޤު ފަރާތަކީ ރާއްޖޭގެ ސުޕަރސްޓާ އަލްފަޟިލް ޔޫސުފް ޝަފީޢު (ޔޫއްޕެ) ކަމަށެވެ.
މި އެވޯޑް ޚާއްސަކުރެވިފައި ވަނީ އިންޑިއާގެ ފުރަތަމަ ސުޕަރސްޓާރ ކުންޑަން ލާލް ސައިގަލްގެ ނަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެވޯޑް ދިނުމަށް މި ފަހަރު ހަމަޖެހިފައިވަނީ ހަތް ފަންނާނުންނަށެވެ، އެއީ އިންޑިއާއިންނާއި އިންޑިއާގެ ބޭރުން ނޮމިނޭޓް ކުރެވޭ ހަތް ފަރާތެވެ. އެގޮތުން ރާއްޖޭން މި އެވޯޑް ލިބޭ ފުރަތަމަ ފަރާތަކީ އެކްޓަރު ޔޫސުފް ޝަފީޢުއެވެ.
އެމް.އެސް.ޕީ.އޭ އިން އަބަދުވެސް މަސައްކަތް ކުރަމުން ގެންދަނީ ރާއްޖޭގެ ފަންނާނުންނަށް ލޯކަލް އަދި އިންޓަރނެޝަނަލް ރިކޮގްނިޝަން ހޯދައިދިނުމަށެވެ. އެމް.އެސް.ޕީ.އޭގެ ފަރާތުން މަޢުލޫމާތުދިން ގޮތުގައި މި އަހަރުގެ ކުރިއަށް އޮތް ތަނުގައި އިތުރު ފަރާތްތަކަކަށް އިންޓަރނޭޝަންލް ރިކޮގްނިޝަން އެވޯޑް ހޯދައިދިނުމަށް ގެންދަނީ މަސައްކަތްތަކެއް ކުރަމުންނެވެ، އަދި މީގެ އިތުރުން މި އަހަރު ބައެއް އިންޓަރނޭޝަނަލް ފިލްމް ފސްޓިވަލް ތަކުގައި ދިވެހި ފިލްމު ބައިވެރިކުރެވޭނެ ފުރުސަތު ހޯދުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ.
ޔޫސުފް ޝަފީއު ގެ މަސައްކަތްތައް މިވަގުތު ހުރިގޮތުން މި އެވޯޑް ހަފްލާގައި ބައިވެރިވުމަށް އުޒުރުވެރިވާތީ ޔޫސުފް ޝަފީޢުގެ ބަދަލުގައި މި އެވޯޑާ ހާވާލުވާނީ އެމް.އެސް.ޕީ.އޭގެ ފަރާތުންނެވެ. މި އެވޯޑް ޔޫސުފް ޝަފީޢުއާ ހަވާލުކުރުމަށް ޚާއްސަ ހަފްލާއެއް ރާއްޖޭގައި ބޭއްވުމަށް އެމް.އެސް.ޕީ.އޭއިން ވަނީ ނިންމާފައެވެ. އަދި މި ހަފްލާ ކުރިއަށްގެންދާނެ ގޮތް އެމް.އެސް.ޕީ.އޭގެ ހީވާގި ޓީމުންދަނީ ރާވަމުންނެވެ.
މި ފެސްޓިވަލްގެ މުއްދަތުގައި އެމް.އެސް.ޕީ.އޭގެ ފަރާތުން ފެސްޓިވަލްގައި ބައިވެރިވާ މުހިއްމުބައެއް ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާތައް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މޯލްޑިވްސް ސޮސައިޓީ ފޮރ ޕާރފޯމިންގް އާރޓްސް (އެމް.އެސް.ޕީ.އޭ)އަކީ ޖަންމޫ ކަޝްމީރް އިންޓަރނެޝަނަލް ފިލްމް ފެސްޓިވަލްގެ އެސޯޝިއޭޓް ޕާރޓްނަރެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!