05 އޯގަސްޓް 2023ގައި ބާއްވަން ނިންމާ އެކަން އިޢުލާނުކުރި “ދިވެހި ފިލްމު އެވޯޑްސް 10” ބޭއްވުން ފަސްކުރެވިފައިވާކަމަށް މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ޑިރެކްޓަރ ކޮމިއުނިކޭޝަން އިސްމާޢީލް ނާއިލް ނަޝީދު ވިދާޅުވެއްޖެ އެވެ.

އޯގަސްޓް ފަހެއްގައި ފިލްމު އެވޯޑް ބާއްވާނެތޯ މުނިއަވަސް އިން މިމަހު ތިންވަނަ ދުވަހު ސުވާލުކޮށްލުމުން ނާއިލް ވިދާޅުވީ ފިލްމު އެވޯޑް ބޭއްވުން ޕޯސްޓްޕޯންކޮށްފައި ވާކަމަށާ މާދަމާ (04 އޯގަސްޓް)ގައި ތަފުސީލު ހިއްސާކޮށްލައްވާނެ ކަމަށެވެ. ނާއިލް މިހެން ވިދާޅުވީ ކުރިއަށް އޮތީ ބަންދު ދެދުވަސްކަން ހަނދުމަފުޅުނެތި ކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން އާދީއްތަ ދުވަހު މިކަމުގެ ތަފުސީލެއް ހިއްސާކުރައްވާނެ ކަމަށް ބެލެވެއެވެ.

“ދިވެހި ފިލްމު އެވޯޑްސް 10″ގައި ބައިވެރިކުރުމަށް ހަމަޖެހިފައިވަނީ 2019 އިން 2022 ވަނަ އަހަރުގެ ނިޔަލަށް ރިލީޒްކޮށްފައިވާ ފިލްމުތަކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.