“ތްރެޑްސް” މިއީ ލިޔުންކޮޅެއް، ލިންކެއް، ފޮޓޯއެއް ނުވަތަ ވީޑިއޯއެއް އާއްމުކޮށް ހިއްސާކޮށްލަން މުޅިން އައު ގޮތެކެވެ. މިއީ 05 ޖުލައި2023ގައި ފޭސްބުކް އަދި އިންސްޓަގްރާމްގެ މައި ކުންފުނި މެޓާއިން އާއްމުކޮށްފައިވާ އައު ސޯޝަލް މީޑިއާ އެޕްލިކޭޝަނެކެވެ.
✍️ “ތްރެޑްސް” އަށް ލޮގިން ވެވެނީ އިންސްޓަގްރާމް އެކައުންޓް މެދުވެރިކޮށެވެ. ހިއްސާކުރާ ލިޔުންކޮޅު 500 ކެރެކްޓަރ ދިގުމިނުގައި ޕޯސްޓްކުރެވޭ.
✍️ ލިންކްސް، ފޮޓޯ އަދި ފަސްމިނެޓަށް ވުރެން ދިގު ނޫން ވީޑިއޯވެސް ހިއްސާކުރެވޭނެ.
✍️ “ތްރެޑްސް” އަކީ ޓްވިޓަރއަށް ގޮންޖަހައިލައި މިނިވަންކަމާއެކު ޚިޔާލުފާޅުކުރެވޭނެ މަންސައެއް ހޯދައިދިނުމުގެ ޝައުޤުވެރިކަން ހުރީތީ އުފެއްދި އެޕެއްކަަމަށް ޒަކަބާގް ބުނޭ.
“ތްރެޑްސް” އިން ތްރެޑްސް އާއި އިންސްޓަގްރާމް އާއި ދެމެދު ޕޯސްޓްތައް ހިއްސާ ކުރެވޭއިރު، ދެ މަންސަގައި ވެސް އެއް އެކައުންޓްތަކަކަށް ފޮލޯ ކުރުމުގެ އިޚްތިޔާރު ލިބެ އެވެ. “ތްރެޑްސް” އަށް ޕްރޮފައިލް ކަސްޓަމައިޒްކުރުމާއި މެންޝަން ކުރެވޭ ވަކި ބަޔަކު ހަމަޖެއްސުމުގެ އިޚްތިޔާރުވެސް ލިބިގެންދެ އެވެ.
މީގެ އިތުރުން އެހެން ޕްރޮފައިލްތައް ބްލޮކްކުރުމާއި، އަންފޮލޯކުރުމާއި، ރިޕޯޓްކުރުމަކީ ވެސް ކުރެވިދާނެ ކަންކަމެވެ. އިންސްޓަގްރާމްގައި ބްލޮކް ކުރާ އެކައުންޓްތައް އޮޓޮމެޓިކުން “ތްރެޑްސް”ގައި ބްލޮކްކުރެވޭނެ އެވެ.
ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި، ޓްވިޓާއަށް ގެންނަމުންދާ ގިނަ ބަދަލުތަކާއި މެދު ހިތްހަމަނުޖެހޭ ޓްވިޓާ ބޭނުންކުރާ ގިނަ ބަޔަކު “ތްރެޑްސް”އަށް ބަދަލުވާނެ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
