ދިވެހި ފިލްމީ އުދަރެހުގައި އަލިގަދަކޮށް ވިދަމުން އަންނަ ޢަލީ އާޒިމް (ދޮން އައްޔަ)ގެ ކޮނޑުކަށިގަނޑަށް ފަރުވާކުރުމަށްޓަކައި އޭޑީކޭ ހޮސްޕިޓަލުގައި މޭޖާރ ސާރޖަރީއެއް ހަދައިފިއެވެ.
ދިވެހި ފިލްމީ އުދަރެހުގައި އަލިގަދަކޮށް ވިދަމުން އަންނަ ޢަލީ އާޒިމް (ދޮން އައްޔަ)ގެ ކޮނޑުކަށިގަނޑުގައި ރެނދުއެޅުމުގެ ސަބަބުން އިތުރު ފަރުވާ ހޯދުމަށް ރ. މާކުރަތުން މާލެ އައީ މިމަހު ހަވަަނަ ދުވަހު އެވެ. އޭޭގެ ދެ ދުވަސްފަހުން ދޮން އައްޔަގެ ކޮނޑުކަށިގަނޑަށް އިތުރު ފަރުވާކުރުމަށްޓަކައި އޭޑީކޭ ހޮސްޕިޓަލުގައި ސާޖަރީއަކަށް ދިޔައީ މިމަހު އަށްވަނަ ދުވަހު މެންދުރުފަހު 03:00ގައެވެ. ކާމިޔާބު ސާރޖަރީއަކަށް ފަހު ދޮން އައްޔަ އޯޓީން ނެރުނީ ރޭގެ މެންދަމު ދޭއްޖެހި އިރުއެވެ.
މިއަދު ހެނދުނު އައްޔަގެ ހާލު ބަލައިލުމަށް މުނިއަވަސް އިން ވާހަކަދައްކައިލުމަށް މަސައްކަތްކުރުމުން ވައިއަޑުން ވަރަށް މަޑުމަޑުން އައްޔަ ބުނީ ވާހަކަދައްކަން ވަރަށް އުނދަގޫ ކަމަށެވެ. އެއަށްފަހު، ޓެކްސްޓް މެސެޖެއް މެދުވެރިކޮށް އައްޔައަށް ހެޔޮއެދޭ ފަރާތްތަކަށް ޚާއްޞަ މެސެޖެއް ހިއްސާކުރިއެވެ.
“ރޭގަ ދޭއްޖެހިއިރު ނެރުނީ. އިންޝާﷲ އަހަރެންގެ ހާލު ރަނގަޅު. އަހަރެންގެ ހުރިހާ ފޭނުންދެކެ ލޯބިވާ ވާހަކަ ބުނެލަދީ އަހަރެންގެ ހާލު ރަނގަޅުކަން ބުނެލަމުން. އަދި ޓީމު ‘އުދަބާނި’އަށް ވެސް އަހަރެންގެ ލޯތްބާ ހެޔޮއެދުންތައް ފޮނުވަދީ.” އިނގިރޭސިބަހާއި ދިވެހިބަހުން މަސްހުނިކޮށް އައްޔަ ފޮނުވި ޓެކްސްޓް މެސެޖްގައި ބުނެފައިވެއެވެ.
ދޮން އައްޔަ ސައިކަލު ކަހާލައިގެން ވެއްޓި ކޮނޑު ކަށިގަނޑުގައި ރެނދުއެޅީ މިދިޔަ ޖުލައިމަހު 29ވަނަ ދުވަހުގެރޭ ނަތާޝާ ޖަލީލްއާ ދެމީހުން ސައިކަލުގައި ދުއްވާފައި ދަނިކޮށެވެ. އޭނާގެ ވާތްފަރާތު ކޯލާރބޯންގައި ވަރަށް ބޮޑަށް ރެނދުއަޅާފައިވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!