🎦 މޯލްޑިވްސް ސޮސައިޓީ ފޮރ ޕާފޯމިންގް އާޓްސްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އޮންލައިން
ރާއްޖޭގެ އެންމެ ހުނަރުވެރި، އެންމެ މަޝްހޫރު އެކްޓަރު ޔޫސުފް ޝަފީޢު (ޔޫއްޕެ)އަށް ބައިނަލްއަޤްވާމީ އެވޯޑެއް ލިބިއްޖެ އެވެ. ޔޫއްޕެއަށް ލިބިފައިވަނީ އިންޑިއާގެ ފުރަތަމަ ސުޕަރސްޓަރ ކުންޑަލް ލާލް ސައިގަލްގެ ނަމުގައި ދެވޭ ޚާއްޞަ އެވޯޑެކެވެ. ޔޫއްޕެއަށް މި އެވޯޑް ހަވާލުކުރީ މިމަހު ކުރީކޮޅު އިންޑިއާގައި ބޭއްވި ޖައްމޫ އެންޑް ކަޝްމީރު އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްގައެވެ. ޔޫއްޕެއަށް އެރުވި މި ޚާއްޞަ އެވޯޑާ ހަވާލުވީ މޯލްޑިވްސް ސޮސައިޓީ ފޮރ ޕާފޯމިންގް އާޓްސް (އެމްއެސްޕީއޭ)ގެ ވައިސް ޗެއަރމަން އަޙްމަދު ވަހީދު (ވައްޑެ) އެވެ.
“ޔޫސުފް ޝަފީޢުއަށް ލިބުނު މި އެވޯޑް ރަސްމީކޮށް ހަވާލުކުރުމަށްޓަކައި އެމްއެސްޕީއޭއިން ދަނީ ތައްޔާރުވަމުން. މި އެވޯޑް ހަވާލުކުރުން އޮންނާނީ އެމްއެސްޕީއޭއިން ބާއްވާ ޚާއްޞަ ހަފުލާއެއްގަ.”
– މޯލްޑިވްސް ސޮސައިޓީ ފޮރ ޕާފޯމިންގް އާޓްސް ގެ ޗެއަރމަން މުޙައްމަދު ރަޝީދު (ދަރާ)
މި އެވޯޑަކީ ޖަންމޫ އެންޑް ކަޝްމީރު އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްގައި ހިމަނާފައިވާ ޚާއްޞަ އެވޯޑް ކެޓަގަރީއަށް ރާއްޖޭގެ ފަންނާނެއްގެ ނަން ނޮމިނޭޓްކޮށް ފޮނުވުމަށް އެމްއެސްޕީއޭ އަށް ލިބުނު ފުރުޞަތުގައި އެ އެސޯސިއޭޝަނުން ރާއްޖޭގެ ސްޕަރސްޓަރ ޔޫސުފް ޝަފީޢު (ޔޫއްޕެ)ގެ ނަން ހުށައެޅުމުން ލިބުނު އެވޯޑެކެވެ.
ޖައްމޫ އެންޑް ކަޝްމީރު އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްގަައި މޯލްޑިވްސް ސޮސައިޓީ ފޮރ ޕާފޯމިންގް އާޓްސްގެ ފަރާތުން ބައިވެރިވީ ޗެއަރމަން އަލްފާޟިލް މުޙައްމަދު ރަޝީދު (ދަރާ) އަދި ވައިސް ޗެއަރމަން އަޙްމަދު ވަހީދު (ވައްޑެ) އެވެ.
“މި ފެސްޓިވަލްގަ އިންޑިއާގެ ބައެއް މަޝްހޫރު ސްޓާރުންނާ ބައްދަލުކުރުމުގެ ފުރުޞަތުލިބުމުގެ އިތުރުން އެ ފަރާތްތަކާއެކު މަޢުލުމާތު ހިއްސާކޮށް ރާއްޖޭގެ ފަންނާނުންނަށް ތަފާތު ފުރުޞަތުތައް ހޯދައިދިނުމަށް މަޝްވަރާކުރެވުނު. މީގެ އިތުރުން ޖައްމޫގެ ބައެއް މީޑިއާތަކަށް ރާއްޖޭގެ ފިލްމީ ދާއިރާއާ އަދި އެމްއެސްޕީއޭއާ ބެހޭގޮތުން މަޢުލޫމާތު ހިއްސާކުރެވެނު.”
– މޯލްޑިވްސް ސޮސައިޓީ ފޮރ ޕާފޯމިންގް އާޓްސް ގެ ޗެއަރމަން މުޙައްމަދު ރަޝީދު (ދަރާ)
އެމްއެސްޕީއޭ ޓީމާ ބައްދަލުކުރެވުނު އިންޑިއާގެ ތަރިންގެ ތެރޭގައި ދެކުނު އިންޑިއާގެ މަޝްހޫރު އެކްޓަރު ސުމަން ތަލްވާރް، ފިލްމު ‘ލަގާން’ އަދި ‘އަބް ތަކް ޗައްޕަން’ ފަދަ ފިލްމުތަކުގައި ހަރަކާތްތެރިވެފައިވާ ޔަޝްޕަލް ޝަރްމާ އަދި ޕްރީތީ ސަބްރޫ ހިމެނެއެވެ.
މޯލްޑިވްސް ސޮސައިޓީ ފޮރ ޕާފޯމިންގް އާޓްސް (އެމްއެސްޕީއޭ) އުފެއްދި ފަހުން، ރާއްޖޭގެ މުނިފުޙިފިލުވުމުގެ ދާއިރާގެ ފަންނާނުންނަށް ފުރުޞަތުތައް ފަހިކޮށްދިނުމާއި ބައިނަލްއަޤްވާމީ ދާއިރާގެ ބަލައިގަތުން ހޯދުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!
ޔޫއްޕެއަށް ވަރަށް ބޮޑަށް މަރުހަބާ. ތީ އަދިވެސް ހީރޯ ނަންބަރު 1. މިހާރު މިހުރީ ޖޯކަރު ބަލަން ކެތްމަދުވެފަ. އަހަރުން ރަށުގަ އަޅުވައްޗޭ
ޔޫއްޕެ ހަބޭސް
ރާއްޖޭގަ އޮންނަ ސޯ ކޯލްޑް ފިލްމު އެސޯސިއޭސަނަށް ވުރެން ރަޝީދުބެގެ އެމްއެސްޕީއޭ އިން ވެސް ރާއްޖޭގެ ފިލްމީ ފަންނާނުންނަށް މާ ގިނަ، ފައިދާހުރި ކަންކަން ކޮށްދޭ. އައި އޯލްވޭޒް ސެލިއުޓް ރަޝީދުބެ އެންޑް ހިޒް ޓީމް
ކީއްކުރާނީ އުފަލެއް ކޮބާ ޑީޕޯރޓް ކޮށްލާފަ ހުރީ އިންޑިއާ ގައި ވަގަށް ފިލްމް ނަގައިގެން އެކަމުން އަދިވެސް ސަލާމަތް ނުވަނީ ކަނޭންގެ ބަލާނުދިޔަައީ ތިދިން އެވޯރޑް
ތިތާ ނެތެއްނު އަހުންނަށް އެނގޭ އެއްވެސް ގޮލައެއް….. ބޮއިހަލަކި