އާފަލަކީ ހަމަ ގައިމުވެސް ސިއްހަތަށް ކިހާ މުހިންމު މޭވާއެއްކަން އެންމެންވެސް ދަންނަމުއެވެ. މިފަހަރު މި ބަލައިލަނީ ލޭގެ ޕްރެޝަރު މަތިކޮށް ހުންނަ މީހުންނަށް އާފަލަކީ ކިހާ މުހިންމު އެއްޗެއްތޯ ސުވާލުކޮށްލުމުން ސިއްހީ މާހިރުން ދީފައިވާ ބައެއް ޖަވާބުތަކެކެވެ.
“އާފަލުގައި ހުންނަ ޕޮޓޭސިއަމް އަކީ ލޭގެ ޕްރެޝަރު ކޮންޓްރޯލުކޮށްދޭ އެއްޗެއް. މީގެ އިތުރުން އާފަލަކީ ފައިބަރުގެ މާއްދާ ލިއްބައިދޭ މޭވާއެއް. ގިނައިން ފައިބަރު އެކުލެވޭ ކާނާ ކެއުމުން ފުރިފައި ހުންނަކަމުގެ އިހުސާސްކުރެވޭނެ، ނަތީޖާއެއްގެ ގޮތުން ބަރުދަން ލުއިކޮށްދިނުމަށް އެހީތެރިވާނެ. ލޭގެ ޕްރެޝަރު ކޮންޓްރޯލުކުރުމަށްޓަކައި ސިއްޙަތު ރަނގަޅު ބަރުދަނެއްގައި ހަށިގަނޑު ބެހެއްޓުމަކީ މުހިންމުކަމެއް.”
– ޖެނިފާ ކަޓްސް (ބެޗްލާސް ޑިގްރީ) – ޑައިބެޓިކްސް އެންޑް ކްލިނިކަލް ނިއުޓްރިޝަން ސާރވިސަސް
“އާފަލުން ލޭގެ ޕްރެޝަރު ކޮންޓްރޯލުކުރުމަށް އެހީތެރިވާ ސަބަބަކީ އޭގައި ހުންނަ އިންސޮލިއުބަލް ފައިބަރުގެ ސަބަބުން ސަރުބީ ދަށްކޮށްދޭތީ. މީގެ އިތުރުން، އާފަލުގައި ވަަރަށް ގިނަ ވައްތަރުގެ އެންޓިއޮކްސިޑެންޓްސް ހުންނާތީ ސަރުބީން ލިއްބައިދޭ ގެއްލުން ކުޑަކޮށްދޭ. އެންޓިއޮކްސިޑެންޓްސްގެ ސަބަބުން ނައިޓްރިކް އޮކްސައިޑް އުފައްދައިދީ ލޭ ހޮޅިތައް ރިލެކްސްކޮށްދޭ. ނަތީޖާއެއްގެ ގޮތުން ލޭގެ ޕްރެޝަރު ދަށްކޮށްދޭ.”
– ކާރލް ބެންޑަރ – މާސްޓަރ އޮފް ސައިންސް، ބަޔޯ ކެމިކަލް އެންޑް މޮލެކިއުލަރ ނިއުޓްރިޝަން
“އާފަލުން ލޭގެ ޕްރެޝަރަށް ފާހަގަކޮށްލެވޭ ފަދަ އަސަރުތަކެއް ކޮށްދޭ، އޭގައި ރަނގަޅު އަސަރާ ނުރަނގަޅު އަސަރުވެސް ހުރޭ. އާފަލުގައި ހުންނަ މާމިން އޮއްޓަރުން (ނިއުޓްރިއެންޓްސް) އަދި ފައިބަރުގެގެ ސަބަުން ކޮލެޓްރޯލްގެ ވައްތަރެއް ކަަމަށްވާ ލޯ ލިޕޯ ޑެންސިޓީޕްރޮޓީން (އެލްއެލްޑީ) ދަށްކޮށްދޭ.”
– މެޑިސަން ޝޯވ – ބެޗްލަރ އޮފް ސައިންސް އިން ޑައިބެޓިކްސް އެންޑް ނިއުޓްރިޝަން
ކިލާޔަން އިތުރު މަޢުލޫމާތެއް:
ހުޅުހުޅުގައި ރިއްސާތަ؟ އާފަލު ތޮށި ގިނައިން ކެއުމަކީ ފަރުވާއެއް.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!
އާފަލަކީ ޑޮކްޓަރުން އެންމެ ރުޅިއަންނަ މޭވާއަށް ވާތީ؟