ބޮލީވުޑުގެ ސްޕަރ ސްޓާރ ޝާހްރުކް ޚާންގެ ފިލްމު “ޖަވާން” ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ދުނިޔޭގެ އެންމެ ބޮޑު ސްކްރީން، ސްޓަގާރޓް އައިމެކްސްގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
އަންނަ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު ނެރުމަށް އިންޑިޔާގެ ސިނަމާތަކާއި އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް ތާވަލް ކުރެވިފައިވާ ފިލްމު “ޖަވާން” ނެރުމަށް ހަމަޖެހިފައިވަނީ ޖަރުމަނުވިލާތުގައި ހުންނަ، ދުނިޔޭގައި ހުރި އެންމެ ބޮޑު އައިމެކްސްގައެވެ. ޖަރުމަނުވިލާތުގެ ސްޓަގާރޓް އައިމެކްސްގައި ހުންނަ ބޮޑު ސްކްރީނުގެ ދިގުމިނުގައި 125 ފޫޓް އަދި ފުޅާމިނުގައި 72 ފޫޓުހުރެއެވެ.
އެހެންކަމުން ފިލްމު “ޖަވާން” ވެގެން ދާނީ އިންޑިއާގެ ފިލްމެއް އައިމެކްސްގައި އަޅުވާ ފުރަތަމަ ފިލްމަށެވެ.
ފިލްމު “ޖަވާން” އަކީ މަޝްހޫރު ތަމަޅަ ފިލްމު ޑައިރެކްޓަރ އެޓްލީގެ ފުރަތަމަ ހިންދީ ފިލްމެވެ. މިފިލްމުގައި އެކްޝަން ހަދައިދީފައި ވަނީ ދުނިޔޭގެ އެންމެ ކުޅަދާނަ ކަމަށް ނަގައިކިޔާ އެކްޝަން ޑައިރެކްޓަރުންގެ ތެރެއިން 6 ޑައިރެކްޓަރުންނެވެ. މިޑައިރެކްޓަރުންގެ ތެރޭގައި އެވެންޖާރސް، ކެޕްޓަން އެމެރިކާ، އިންޝެޕްޝަން، ޑަންކްރިކް އަދި ޓްރާންސްޕޯރޓަރ 3 ފަދަ ފިލްމުތަކުގައި އެކްޝަން ހަދައިދީފައިވާ ޑައިރެކްޓަރުން ހިމެނޭކަން ފާހަގަކޮށްލެވެއެވެ. އެހެންކަމުން މިފިލްމަށް ކުރާ އުއްމީދު ވަކިން ބޮޑެވެ.
ފިލްމީ ޚަބަރުތައް ބުނާގޮތުން ޝާހްރުކް ޚާންގެ ތަފާތު 6 ކެރެކްޓަރެއް ފިލްމު “ޖަވާން” އިން ފެނިގެން ދާނެއެވެ. އަދި މިފިލްމު ބަލަން ކެތްމަދުވެފައިވާ، ޝަހްރުކްޚާނުގެ ފިލްމުތަކަށް ލޯބިކުރާ ފަރާތްތަކަށާއި ހިންދީ ފިލްމަށް ލޯބިކުރާ ފަރާތްތަކަށް ދާދި ފަހުންވަނީ މިފިލްމުގެ ލަވަތަކެއް ދޫކޮށްލާފައެވެ. މިލަވަތައް ބެލުންތެރިންގެ ހިތްތައް ފަތަހަ ކޮށްފައިވާއިރު، މިހާރު ބެލުންތެރިން އިންތިޒާރު ކުރަމުންދަނީ ފިލްމުގެ ޓްރެއިލާ ނެރޭ ވަގުތަކަށެވެ.
ދުބާއީގެ ބްރިޖް ޚަލީފާ ޓަވަރގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ “ޖަވާން”ގެ ޓްރެއިލާރ ރިލީޒުކުރުމަށް ހަމަޖެހިފައިވަނީ މި އޮގަސްޓް މަހުގެ 31 ވަނަ ދުވަހުގެރޭ 09:00 ޖަހާއިރެވެ. ޝަޚުރުކް ޚާނުގެ އިތުރުން “ޖަވާން”ގެ ލީޑް ރޯލުން ނަޔަންތަރާ އަދި ޙާއްސަ ފެނިލުމަކުން ދިޕިކާ ޕަދުކޯން، ފެނިގެންދާއިރު ފިލްމުގެ މުހިއްމު ރޯލްތަކުން ވިޖޭ ތަލަޕަތީ އާއި ސަންޖޭދަތު ފެނިގެންދާނެއެވެ. އަދި މިފިލްމުގެ އެންމެ ވަރުގަދަ ބައި، ވިލަން އެއްގެ ބައި ކުޅެފައިވަނީ ވިޖޭ ސެތޫޕަތީ އެވެ.
ފިލްމު “ޖަވާން” ނިކުތުމުގެ މާކުރިން މުޅި މީޑިއާ ހިސޯރުކޮށްފައިވާ ކަމަށް ބައެއްފަރާތްތަކުން ބުނަމުން ދިޔަނަމަވެސް، ހިންދީ ސިނަމާގެ ފިލްމީ ދުވެލި ދިރާސާކުރާ ފަރާތްތަކުން މިފިލްމާއިމެދު ކުރާ އުއްމީދު ވަރަށްވެސް ބޮޑެވެ. އެ ފަރާތްތަކުން ބުނަމުންދަނީ މިފިލްމު ބޮޑުކާމިޔާބީއެއް ހޯދާނެކަމަށެވެ. އަދި ހަމަ މިއާއެކު ހިންދީ ފިލްމަށް ލޯބިކުރާ ފަރާތްކުންވެސް ދަނީ މިފިލްމަށް އިންތިޒާރު ކުރަމުންނެވެ.
ހިންދީ، ޓަމަޅަ، ޓެލުގޫ ބަހުން ނެރޭ ޖަވާން 1000 ކޮރޯޑް ހޯދައިފި ނަމަ، މި ފިލްމުވެގެންދާނީ އިންޑިއާގެ ތާރީޚުގައިވެސް އެއް ތަރިއެއް އެއް އަހަރު ތެރޭ 2000 ކޮރޯޑް ކްލަބަށް ހަމަކުރާނެ ފުރަތަމަ ފިލްމަށެވެ.
މިފިލްމް ވެގެން ދާނީ އެއް އެކްޓަރެއްގެ 1000 ކްރޯރޑް ހޯދި ދެވަނަ ފިލްމަށެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- ދިވެހި ފިލްމީ ދާއިރާގެ އެފުށާއި މިފުށް ރަނގަޅަށް ދަންނަ ކުރީގެ އެކްޓަރ އަދި މިހާރު ފިލްމު ޕްރޮޑިއުސްކުރާ ޝާހް ޚާއްޞަވަނީ ބޭރުގެ ފިލްމީ ޚަބަރު ލިޔުމަށެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 18 ސެޕްޓެމްބަރ 2023ޚަބަރު” ޓައިގާ 3 ” އަށް މާބޮޑު ޕްރޮމޯޝަނެއް ބޭނުމެއް ނުވާނެ
- 15 ސެޕްޓެމްބަރ 2023ޚަބަރުޝާހް ރުކް ޚާން އަދި ސުހާނާ ޚާންގެ ދެބަފައިން އެއް ފިލްމަކުން
- 14 ސެޕްޓެމްބަރ 2023ޚަބަރު“އަކްއާމޭން އެންޑް ދަ ލޮސްޓް ކިންގްޑަމް” ގެ ފުރަތަމަ ޓީޒާ
- 13 ސެޕްޓެމްބަރ 2023ޚަބަރުތުންފަތުގެ ބައްޓަމުން މީހާގެ ޝަޚުޞިއްޔަތުގެ ވައްތަރު ހާމަވޭ – ދިރާސާ
ރާއްޖެއިން ފިލްމު ބެލޭނި ކޮންތާކުން