އާމިރު ޚާންގެ އަމިއްލަ ޕްރޮޑަކްޝަން ހައުސްގެ ދަށުން ދެން އެންމެ އަވަހަށް ފެނިގެންދާނީ އެ ޕްރޮޑަކްޝަންގެ 16 ވަނަ އުފެއްދުމެވެ. މި އުފެއްދުމަށް އަދި ނަމެއް ދީފައި ނެތަސް އަންނަ އަހަރު ޖެނުއަރީ މަހު ޝޫޓިން ފަށަން ހަމަޖެހިފައިވެއެވެ. ފިލްމު ރިލީޒްކުރަން ނިންމާފައިވަނީ އަންނަ އަހަރު ޑިސެމްބަރު މަހުގައި ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އާމިރު އެނބުރި އަންނަ ފިލްމްއަކީ “ލާލް ސިންގް ޗައްޑާ”ގެ ނާކާމިޔާބީ އަށްފަހު ދުވަސްކޮޅަކު ފިލްމީ މަސައްކަތާ ދުރުގައި ހުރުމަށްފަހު ކުޅޭ ފިލްމެކެވެ. މި ފިލްމު ނެރެން ހަމަޖައްސާފައިވާ ތާރީޚާ އާމިރު ޚާނަށް ކުރިމަތިލާން ޖެހޭނީ ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް ވިޝްނޫ ވަރްދަން ޑައިރެކްޓްކުރާ އަދި ނަމެއް ނުކިޔާ ސަލްމާން ޚާންގެ ފިލްމަކާއި އަކްޝޭ އާއި ސަންޖޭ ދަތާ އެއްކޮށް އުޅޭ “ވެލްކަމް ޓު ދަ ޖަންގަލް” އާއެވެ.
އާމިރުގެ އެންމެ ފަހުން ނެރުނު ފިލްމް ބޮކްސް އޮފީހުގައި ވެއްޓިގެން ދިއުމާއި ގުޅިގެން އާމިރުގެ ފިލްމީ ކެރިއަރު އެހިސާބުން ހުއްޓާލީ ކަމަށް އަޑުފެތުރިގެން ދިޔައެވެ. ނަމަވެސް “ކެރީ އޮން ޖައްޓާ 3” ގެ ޓްރެއިލާ ލޯންޗް ކުރިރޭ ނޫސްވެރިންގެ ބައްދަލުވުމެއްގައި އާމިރު ބުނީ ފިލްމުކުޅުން ހުއްޓާނުލާކަމަށާ އަދި މިދުވަސްކޮޅު އެއްވެސް ފިލްމެއްގެ މަސައްކަތެއްގައި ނޫޅެކަމަށެވެ. އާމިރު އިތުރަށް ބުނީ އޭނާ ބޭނުން ވަނީ އާއިލާއާ އެކީ ދުވަސްކޮޅަކު ވަގުތު ހޭދަކޮށްލުމަށް ބްރޭކެއް ނަގަން ކަމަށެވެ. މި ޖަވާބާ ގުޅިގެން އާމިރުގެ ސަޕޯޓަރުން އުފާފާޅުކޮށްފައިވެއެވެ.
އާމިރު ޚާން ޕްރޮޑަކްޝަންސް އިން ހަދާ ކޮޕީ ފިލްމެއް ކަމުގައިވާ ސްޕެނިޝް ފިލްމް “ކެމްޕިއޮނެސް” ކުޅޭނެކަމަށް ކުރިން އަޑުއަރާފައި އޮތީ އާމިރު ޚާން އެވެ. ނަމަވެސް އެ ފިލްމުގައި އޭނާ ފެނިގެން ނުދިޔަޔަސް އެ ފިލްމަކީ އޭނާގެ ޕްރޮޑަކްޝަނުން ހަދާ ފިލްމެއްކަމަށް ބުނެ މީޑިއާއަށް މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- ދިވެހި ފިލްމީ ދާއިރާގެ އެފުށާއި މިފުށް ރަނގަޅަށް ދަންނަ ކުރީގެ އެކްޓަރ އަދި މިހާރު ފިލްމު ޕްރޮޑިއުސްކުރާ ޝާހް ޚާއްޞަވަނީ ބޭރުގެ ފިލްމީ ޚަބަރު ލިޔުމަށެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 18 ސެޕްޓެމްބަރ 2023ޚަބަރު” ޓައިގާ 3 ” އަށް މާބޮޑު ޕްރޮމޯޝަނެއް ބޭނުމެއް ނުވާނެ
- 15 ސެޕްޓެމްބަރ 2023ޚަބަރުޝާހް ރުކް ޚާން އަދި ސުހާނާ ޚާންގެ ދެބަފައިން އެއް ފިލްމަކުން
- 14 ސެޕްޓެމްބަރ 2023ޚަބަރު“އަކްއާމޭން އެންޑް ދަ ލޮސްޓް ކިންގްޑަމް” ގެ ފުރަތަމަ ޓީޒާ
- 13 ސެޕްޓެމްބަރ 2023ޚަބަރުތުންފަތުގެ ބައްޓަމުން މީހާގެ ޝަޚުޞިއްޔަތުގެ ވައްތަރު ހާމަވޭ – ދިރާސާ