މިއީ މީގެ ހަތަރު އަހަރު ކުރިން މުނިއަވަސް ނޫހާ މެދު ރާއްޖޭގެ ފިލްމީ ދާއިރާގެ ބައެއް ފަންނާނުން ދެކޭ ގޮތް ގެނެސްދިނުމަށް ލިޔަން ފެށި ސިލްސިލާގެ ބޮޅެއްގެ ހިރަފުސްފޮޅައިލުމެކެވެ. ނުވަތަ ހަނދާން އައުކޮށްލުމެކެވެ.
ފަންނުވެރިން މުނިއަވަސް އަށް ކުރަމުން އަންނަ އިތުބާރަކީ މުނިއަވަސް ހިންގުމަށް ލިބޭ އެންމެ އަގުހުރި ހަކަތައެވެ. ފަންނާނުންގެ މަސައްކަތްތައް އެންމެ ތާޒާކޮށް، އެންމެ އިތުބާރުހިފޭ ގޮތަށް ގެނެސްދިނުމަކީ ތާ އަބަދުމެ މުނިއަވަސްގެ އަމާޒެވެ. އެކަން ޙާޞިލްވަނީ ފަންނާނުންގެ މެދުގައި މުނިއަވަސް އަށް ލިބިފައިވާ މަޤްބޫލުކަމުގެ ސަބަބުންނެވެ.
ޕްރޮޑިއުސަރ/ޑައިރެކްޓަރ އަދި ލިޔުންތެރިޔާ ފާޠިމަތު ނަހުލާ
“މުނިއަވަސް އަކީ އަޅުގަނޑުމެން އެންޓަޓެއިންމެންޓް ދާއިރާގެ ހުރިހައި މަޢުލޫމާތުތަކެއް އެންމެ އަޕްޑޭޓްކޮށް ގެނެސްދޭ އޮންލައިން ނޫސް.
މީ އަޅުގަނޑުމެން އެންޓަޓެއިންމެންޓް ދާއިރާގެ އެންމެ ގާތް އެކުވެރިޔާ.
މުނިއަވަސް ގައި ލިޔެފައިވާ ލިޔުންތަކަކީ ވެސް ފެންވަރު ރަނގަޅު، ރީތި ލިޔުންތަކެއްކަން ފާހަގަކުރެވޭ.
އަޅުގަނޑުމެންނާ އަޅުގަނޑުމެންގެ ފޭނުންގެ ފުރިހަމަ އިތުބާރު ލިބިފައިވާ އޮންލައިން ނޫހެއް.”
– ނަހޫ
🎦 ފިލްމު “ނީނާ”ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް
އެކްޓްރެސް އަދި ޕްރޮޑިއުސަރ ނިޢުމާ މުޙައްމަދު
“މުނިއަވަސް އަކީ ފަންނާނުންނާ ވަރަށް ގާތް ގުޅުމެއް ބާއްވާ، ފަންނާނުންގެ ވަރަށްގިނަ ޚަބަރުތައް ގެނެސްދޭ، ފިލްމީ ދާއިރާގެ ފިލްމީ މަސައްކަތްތަކާ އަދި ވަކިވަކިން ފަންނާނުންގެ އެކިއެކިމަސައްކަތްތަކާ ބެހޭގޮތުން ވަރަށް ގިނަ ޚަބަރުތައް އާއްމުންނަށް ގެނެސްދޭ ނިއުސް އެއް.
މީހާރު އަޅުގަނޑުގެވެސް އެންމެ ފޭވަރިޓް.”
– ނިޢުމާ
އެކްޓަރ/ޑައިރެންޓަރ އަޙްމަދު ސަޢީދު
“އާދެ، މުނިއަވަސް ނޫހަކީ ރާއްޖޭގެ ފަންނުވެރިންނަށް ލިބުނު ވަރަށް ބޮޑު ނިޢުމަތެކޭ އަޅުގަނޑު ދަންނަވާނީ. ސަބަބަކީ މުނިއަވަސް ނޫސް ވުޖޫދަށް އައުމާއެކީ ހަމަ އެކަނި އަޅުގަނޑުމެންގެ ފަންނާނުންގެ އުފެއްދުންތަކަށް، ނޫނީ އެބޭފުޅުންގެ ޚަބަރުތަކަށް އިސްކަން ދީގެން ގެންދާ ނޫހެއް މުނިއަވަސް ނޫނީ ނޯންނާނެ. އަދި އޭގެ އިތުރުން މުނިއަވަސް އަކީ ވަކި ފަންނެއް، ވަކި ބަޔަކަށް އިސްކަންދީގެން ވެސް އެކަން ކުރާ ބައެއް ނޫން.
މުނިއަވަސް ނޫހުން ބަލާނީ ފަންނުވެރިންގެ ހުރިހާ އުފެއްދުންތަކެއް ވީހާވެސް އަވަހަށް، އެންމެ ގާތުން ކިޔުންތެރިންނަށް ފޯރުކޮށްދެވޭތޯ. އެހެންވީމަ އަޅުގަނޑު ހަމަ ވަރަށް ބަލައިގަންނަ ނޫހެކޭ އަޅުގަނޑު ދަންނާވާނީ.”
– ސަޢީދު
އެކްޓަރ/ޕްރޮޑިއުސަރ އަދި ޑައިރެކްޓަރ ޢަލީ ސީޒަން
“މުނިއަވަސް އަކީ ރާއްޖޭގަ މިވަގުތު ހިންގާ އޮންލައިން ނޫސްތަކުގެ ތެރެއިން ފިލްމީ ދާއިރާއަށް ނޫނީ އެންޓަޓެއިންމެންޓް އިންޑަސްޓްރީއަށް އެންމެ ފައިދާހުރި އެއް އޮންލައިން ނޫސްކަން ފާހަގަކުރަން. ދެން މިގޮތަށް މި ފާހަގަކުރަނީ ސަބަބުތަކެއް ނެތިއެއް ނޫން. އެންމެ ޚާއްޞަގޮތެއްގަ މީ އެންޓަޓެއިންމެންޓް އިންޑަސްޓްރީގަ ކަންކަން ހިނގަމުން ދާއިރުގަ އެކަންކަން އެންމެ އަވަސްކޮށް، އެންމެ ތަފުސީލުކޮށް އެންމެ ފުރިހަމަ މަޢުލޫމާތާ އެއްކޮށް ގެނެސްދޭ އޮންލައިން ނޫހަކަށް މުނިއަވަސް ވުން އެއީ އެންމެ ޚާއްޞަ އެއްކަމަކީ.
ގިނަ ފަހަރަށް މި ފެންނަނީ ހަމަ ބައެއް އެހެން އޮންލައިން ނޫސްތަކުންވެސް މުނިއަވަސް ގަ ލިޔެފަ އޮންނަ ލިޔުން ގާތްގަނޑަކަށް ބުނަންޏާމު ހަމަ ކޮޕީ ޕޭސްޓްކޮށްފަ ހުންނަ ކަހަލަ ގޮތަކަށް ވެސް ބައެއް ފަހަރު ބައެއް އޮންލައިން ނޫސްތަކުން ފެނޭ. އެހެން ވީމަ އެހެން އޮންލައިން ނޫސްތައް ވެސް މުނިއަވަސް ފޮލޯކުރާކަން އެއީ ހަމަ ގައިމުވެސް މުނިއަވަސްގެ ޚަބަރުތަކާ އޭގެ މަޢުލޫމާތާ، އެހެން ބައެއް އޮންލައިން ނޫސްތަކާ އަދި ރައްޔިތުން އޮންނަ ޔަޤީންކަން ކަމަށް މި ބަލަނީ.”
– ސީޒަން
އިތުރު ފަންނާނުން، މުނިއަވަސް އާމެދު ދެކިލައްވާ ގޮތްވެސް މި ސިލްސިލާގެ ދަށުން ގެނެސްދެވޭނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!