މީގެ ކުރިން އަހަރުމެން ދިވެހިން ދަންނަނީ ޔަމަނުގެ މައުސޫމާ ދޯއެވެ. ނަމަވެސް އެއީ މީގެ 58 އަހަރު ކުރިން، އަލްމަރްޙޫމް ސައިކުރާ އިބްރާހިމް ނަޢީމު ލިޔުއްވި ތާރީޚީ ވާހަކަ އެކެވެ. ނަމަވެސް އެވާހަކަ މަޝްހޫރުވެފައިވަނީ ލޯބީގެ ވާހަކައެއްގެ ގޮތުގަ އެވެ.

ކޮންމެއަކަސް މިއަދުގެ މަޢުޟޫއަކީ “ޔަމަނުގެ ޝަކްޝޫކާ” އެވެ. ޝަކްޝޫކާ އަކީ ކުކުޅު ބިހާއި ތަރުކާރީގެ ބާވަތްތައް ބެނުންކޮށްގެން ތައްޔާރު ކުރާ ‘ރިހަ’ އެކެވެ. މި ރަހަފަތަކީ ޓިއުނީޝިއާގެ އަސްލުން އައިސްފައި އޮތް ރަހަފަތެއް ނަމަވެސް މިއީ މެދުއިރުމަތީގައި ވެސް ވަރަށް މަގްބޫލު ރަހަފަތެކެވެ.

ބޭނުންވާނެ ތަކެތި:

🍳 ޒައިތޫނި ތެޔޮ

🍳 ބޮޑު ފިޔައެއް

🍳 2 ބެލް ޕެޕަރ (ކޮށާފައި)

🍳 2 ލޮނުމެދު، ކުދިކޮށް ކޮށާފައި

🍳 1 ސައިސަމުސާ ކޮތަނބިރި (މުގުރާފައި)

🍳 1 ސައިސަމުސާ ޕެޕްރިކާ

🍳 1 ސައިސަމުސާ ޓޮމާޓޯ ޕޭސްޓް

🍳 ބައި ސައިސަމުސާ ދިރި

🍳 2 ޓޯމާޓޯ

🍳 ބައި ޖޯޑު ޓޯމާޓޯ ސޯސް

🍳 1 ސައިސަމުސާ ހަކުރު

🍳 6 ކުކުޅު ބިސް

🍳 ޖޯޑެއްގެ ހަތަރުބައިކުޅާ އެއްބައި ޕާސްލޭ ފަތް، ކުދިކޮށް ކޮށަފައި

🍳 ޖޯޑެއްގެ ހަތަރުބައިކުޅަ އެއްބައި ކުދީނާ ފަތް، ކުދިކޮށް ކޮށާފައި

🍳 ލޮނު

🍳 އަސޭމިރުސް

ތައްޔާރުކުރާނޭ ގޮތް:

ޔަމަނުގައި މި ކެއްކުމަށް ބޭނުންކުރަނީ ހިލައިން ހަދާފައި ހުންނަ ޔަމަނު ތެއްޔެވެ. ނަމަވެސް ރާއްޖެއިން އެ ވައްތަރު ތެއްޔެއް ހޯދުން ފަސޭހަކަމަކަށް ނުވާތީ ގޭގައި ބޭނުންކުރާ ތެއްޔެއްގައިވެސް ތައްޔާރުކޮށްލެވިދާނެ އެވެ.

އުނދުން މައްޗަށް ތެއްޔެއް އުދައި، މޭޒުމަތީ ސަމުސަލުގެ 3 ސަމުސާ ތެޔޮ ހޫނު ކުރާށެވެ. ކޮށާފައިހުރި ފިޔާ، ކުދިކޮށް ޗަސްކޮށްފައި ހުރި ލޮނުމެދު، ޓޮމާޓޯ، ބެލް ޕެޕަރ ތެއްޔަށް އަޅާލާށެވެ. ބާކީ ހުރިތަކެތިވެސް އަޅާމި ތަކެތި މަޑުވަންދެން ނުވަތަ ވަޅޯވަންދެން ކައްކާލާށެވެ. ގާތްގަނޑަކަށް 15 ވަރަކަށް މިނެޓް ކެއްކުމުން ރަނގަޅުވާނެ އެވެ.

ތަރުކާރީ މަޑުވުމުން ހަކުރާއި، ޗެރީ ޓޯމާޓޯ، އަދި ޓޮމާޓޯ ސޯސް އަޅާށެވެ. ޓޮމާޓޯތައް ތަރުކާރީ އާއި ރަނގަޅަށް އެކުވެ ރަހަ ނިކުންނަން ދެން ނުވަތަ ދިހަވަރަކަށް، ބާރަވަރަކަށް މިނެޓް ކައްކާށެވެ. ރަހަ ބެލުމަށްފަހު ބޭނުންވާ ގޮތަކަށް ރަހަ ހެޔޮވަރު ކުރެވިދާނެއެވެ. އޭގެ ތެރެއަށް ބިސް އަޅައި ރަނގަޅަށް ހަލުވަމުން ރޯފިލުވާށެވެ. ބިސްތައް ރަނގަޅަށް ރޯފިލުމުން އުނދުން ނިއްވާލާށެވެ.

މަސްދަރު: އަރަބްއެމެރިކާ.ކޮމް

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.