ހިތްގައިމު ރީތި ދިވެހި ލަވަތަކެއް ނެރެމުން އަންނަ ‘މަނިކް އާޓްސް’އިން މިހާރު އުފައްދަމުން އަންނަ “ތިޔަ ރީތި ސޫރަ” ލަވައިގެ ޓްރެއިލާ ރިލީޒްކޮށް ލަވަ ނެރޭނެ ތާރީޚް އިޢުލާނުކޮށްފި އެވެ. މި ލަވަ ރިލީޒްކުރުމަށް ހަމަޖައްސާފައިވަނީ އަންނަ މަހު 10 ގައި ކަމަށް މަނިކް އާޓްސް އިން ބުނެއެވެ.

ފޭސްބްކް އަދި ޔޫޓިއުބްގެ އިތުރުން ޓީވީތަކުގައި ރިލީޒްކުރާ “ތިޔަ ރީތި ސޫރަ” ވީޑިއޯ ލަވައިގައި ހަރަކާތްތެރިވަނީ ނެށުންތެރިޔާ އަދި އެކްޓްރެސް ސަމާ އަދި އަބްޅޯ އެވެ.

އަޙްމަދު ޙަސަންގެ ހިތްގައިމު ޅެންވެރިކަން ހިމެނޭ “ތިޔަ ރީތި ސޫރަ” ލަވައިގެ ޓެކްނިކަލް މަސައްކަތްތަކަށް ބަލައިލާއިރު، ލަވަ ކިޔާފައިވަނީ ޝާފިޢު ޝާ އެވެ. މިއުޒިކް ރެކޯޑިން އަދި މިކްސިން ހެދީ ޝާ ސްޓޫޑިއޯގައެވެ. ލަވައިގެ މަންޒަރުތައް ނަގައި މަންޒަރުތައް ކުޅޭނެ ގޮތުގެ އިރުޝާދުދީ މަންޒަރުތައް ގުޅުވާފައިވަނީ މަނިކް އާޓްސްގެ މަނިކެވެ.

“ތިޔަ ރީތި ސޫރަ” ލަވައިގެ ކްރޫ، ސަމާ، އަބްޅޯއާ އެކު މަނިކް- ފޮޓޯ: މަނިކް އާޓްސް

މަނިކް އާޓްސް އިން މަނިކް ބުނީ ލަވައިގެ ޝޫޓިން އެއްކޮށް ނިމިފައިވާ ކަމަށާ ލަވަ ޝޫޓްކޮށްފައިވަނީ މާލެ އަދި ހުޅުމާލޭގައި ކަމަށެވެ.

މަނިކް އާޓްސްގެ އުފެއްދުންތައް ފެށުމުގެ ކުރިން، ޕޯސްޓަރު ހަދައި އާއްމުކުރެއެވެ. ޝޫޓިން ނިންމައި އެޑިޓިން ނިންމުމަށްފަހު ލަވައިގެ ޓްރެއިލާ އާއްމުކުރެއެވެ. ލަވައިގެ މަސައްކަތް އެއްކޮށް ނިންމައިލުމަށްފަހު ކޮންމެވެސް ޓީވީ ސްޓޭޝަނެއްގެ ޕްރޮގްރާމެއްގެ ތެރެއިން ލަވަ ރިލީޒްކޮށްލަނީ ޔޫޓިއުޓް އަދި ފޭސްބްކްގައި ވެސް ލަވަ ރިލީޒްކޮށްލަމުންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.