އަކްޝޭ ކުމާރުގެ އުފަންދުވަހު ހަދިޔާއެއްގެ ގޮތުން ފޭނުންނަށް ވަނީ ހާއްސަ ޓްރެއިލާރއެއް ދައްކާލާފަ އެވެ.

“ވެލްކަމް ޓް ދި ޖަންގަލް” މި ފިލްމަކީ ފިލްމު “ވެލްކަމް”ގެ ފްރެންޗައިޒް ފުޅާކޮށް، ބެލުންތެރިންނަށް ރަނގަޅު، އާއިލީ މުނިފޫހިފިލުވުންތަކެއް ފޯރުކޮށްދޭން އުފައްދާފައިވާ ފިލްމެކެވެ.

“ބޮލީވުޑްގެ ބޮޑު ސްޓާ ކާސްޓުންތަކެއް ލައިގެން އަހުމަދު ޚާން ޑައިރެކްޓްކުރާ ބްލޮކްބަސްޓަރ ފިލްމު “ވެލްކަމް ޓު ދަ ޖަންގަލް” އަށް ތައްޔާރުތޯ.”

ވެލްކަމް ފްރެންޗައިޒަށް މި ކަހަލަ ފިލްމެއް އިތުރުވުމަކީ އާއިލީ މުނިފޫހިފިލުވުމުގެ ފިލްމުތަކަށް ލޯބިކުރާ މީހުންނަށް އިތުރު ޝަޢުގުވެރިކަމެއް ފިލްމުތަކާއި މެދު ދެވޭނެ ކަމެކެވެ. މީގެ އިތުރުން ފިލްމުތަކާއި ދޭތެރޭ ދެކޭ ނަޒަރިއްޔާތު ބަދަލުކޮށްލާނެ ކަހަލަ ހާއްސަ ޖާގައެއް ލިއްބައިދޭނެ ކަމެކެވެ.

މަޝްހޫރު ޕްރޮޑިއުސަރު ފީރޯޒް އޭ ނަޑިއަޑްވާލާ އަކީ ފެންވަރު ރަނގަޅު ފެމިލީ އެންޓަޓެއިންމަންޓް ފޯރުކޮށްދޭ ކުޅަދާނަ މޭސްތިރި އުފެއްދުންތެރިއެކެވެ. އެނަމަކީ އިންޑިއާގެ ހިންދީ ފިލްމް އިންޑަސްޓްރީގައި އިތުބާރު ހުރި ނަމެކެވެ.

“ވެލްކަމް ޓު ދަ ޖަންގަލް”ގެ މުހިންމު ތަރިންގެތެރޭ އަކްޝޭ ކުމާރު، ރަވީނާ ޓަންޑަން، ސަންޖޭ ދަތު، އަރުޝަދު ވަރްޝީ އަދި ދިޝާ ހިމެނެއެވެ.

“ވެލްކަމް ޓު ދަ ޖަންގަލް”ގައި 24 އެކްޓަރުން އެއްކޮށް ދައްކާލާ މިއުޒިކަލް ވީޑިއޯއެއް ފެންނާނެއެވެ. ފިލްމް މިހާރު އޮތީ ޕްރޮޑަކްޝަން ގައެވެ. ރިލީސްކުރާނެ ތާރީޚެއް ވަރަށް އަވަހަށް އިއުލާނު ކުރާނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާހް ޢަލީ
އަޙްމަދު ޝާހް ޢަލީ
ދިވެހި ފިލްމީ ދާއިރާގެ އެފުށާއި މިފުށް ރަނގަޅަށް ދަންނަ ކުރީގެ އެކްޓަރ އަދި މިހާރު ފިލްމު ޕްރޮޑިއުސްކުރާ ޝާހް ޚާއްޞަވަނީ ބޭރުގެ ފިލްމީ ޚަބަރު ލިޔުމަށެވެ.