މަޝްހޫރު ލަވަކިޔުންތެރިޔާ މަސްއޫދު މޫސާ ދީދީ ނިޔާވެއްޖެ އެވެ.
މަސްއޫދު ނިޔާވީ އިންޑިއާގެ ޓްރިވެންޑްރަމްގައި މިއަދު ހަވީރުގެ ވަގުތެއްގައެވެ. މަސްއޫދު ނިޔާވީ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުއްވުމަށްފަހުގަ އެވެ. ދާދި ފަހުން އުމްރާގެ އަޅުކަމަށް ސައުދީއަށް ދިއުމަށް ފަހު އެނބުރި އައި ފަހުން މަސްއޫދު އުޅުނީ ބަލިވެ ކަމަށް އާއިލާ އިން ބުނެ އެވެ.
އަޑުގެ ބޭންޑުން ވިދާލި މަސްއޫދަކީ ވަރަށް ރީތި ލަވަތަކެއް ކިޔާފައިވާ ހުނަރުވެރި ލަވަކިޔުންތެރި އެކެވެ. އަމިއްލަ ރާގުތައް ހަދާފައިވެއެވެ.
މަސްއޫދަށް ތިން ދަރިން ލިބުނެވެ. އޭގެ ތެރެއިން ލިލީތާ މަސްއޫދަކީ ވެސް ލަވަކިޔުންތެރި އެކެވެ. މަސްއޫދަކީ ޢަބްދުލް ހަންނާން މޫސާ ދީދީގެ ބޭބެ އެކެވެ.
މަސްއޫދުގެ އަނބިކަނބަލުންނަކީ މަޝްހޫރު އެކްޓަރު އަޙްމަދު ނިމާލްގެ މަންމަ އަނީސާ އީސާ (ރާ އަނީސާ)އެވެ. އޭނާއަކީ ރާއްޖޭގައި އުފެދުނު މުޖުރާ ނެށުންތެރިންގެ ތެރެއިން ރަން އަކުރުން ފާހަގަކޮށްލެވޭ ނެށުންތެރިއެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ،
މާތް ﷲ އެކުވެރި ރަހުމަތްތެރި މައްސޫދު އަށް ހެޔޮރަހުމަތްލަވާ އާއިލާއަށް ކެއްތެރި ދެއްވާންދޭ …… އާމީން
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ،
މާތް ﷲ އެކުވެރި ރަހުމަތްތެރި މައްސޫދު އަށް ހެޔޮރަހުމަތްލަވާ އާއިލާއަށް ކެއްތެރި ދެއްވާންދޭ …… އާމީން
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ،
މާތް ﷲ މަސްޢޫދުފެ ފަުރާނައަށް ހެޔޮރަހުމަތްލަވާ ސުވަރުގޭގެ ދާއިމީ މަތިވެރި ނިއުމަތް ލައްވައި އާއިލާއަށް ކެއްތެރި ދެއްވާންދޭ …… އާމީން