ޑީސީ ޔުނިވާސްގެ ފޭނުން ގިނަ ދުވަސްތަކެއް ވަންދެން އިންތިޒާރު ކުރަމުން އައި “އަކްއާމޭން އެންޑް ދަ ލޮސްޓް ކިންގްޑަމް” ގެ ފުރަތަމަ ޓީޒާ ވޯނާ ބްރަދާސް އިން ދޫކޮށްލައިފިއެވެ. ފިލްމުގެ ޝޫޓިން އެއްކޮށް ނިމިފައިވާ ކަމަށްބުނެ ފިލްމީ ޚަބަރުދޭ މަސްދަރުތަކުން ވަނީ މިޚަބަރު މީޑިއާގައި ތިލަކޮށްފައެވެ.
“އަކްއާމޭން”ގެ ފުރަތަމަ ބައި ދުނިޔޭގެ ކަންކޮޅުތަކުން 1.2 މިލިއަން ޑޮލަރުގެ އާމްދަނީއެއް ނެގިއެވެ. “އަކްއާމޭން އެންޑް ދަ ލޮސްޓް ކިންގްޑަމް” އަކީ ‘އަކުއާމޭން’ (2018) ގެ ސީކުއެލް އެއްވެސްމެއެވެ.
“އަކްއާމޭން އެންޑް ދަ ލޮސްޓް ކިންގްޑަމް” އަކީ ޑީސީ އެކްސްޓެންޑް ޔުނިވާސް (ޑީސީއީޔޫ) ގައި މަޝްހޫރު “ޖަސްޓިސް ލީގް”ގެ ޑައިރެކްޓަރ ޒެކް ސްނައިޑާ ހެދި ފަހު ފިލްމެވެ.
2025 ވަނަ އަހަރު ރިލީޒް ކުރަން ހަމަޖެހިފައިވާ ‘ސުޕަމޭން ލެގަސީ’ އާއެކު ނަމަވެސް ‘އަކުއާމޭން’ އަށް ޑީސީޔޫގައި އިތުރު ރޯލެއް އޮންނާނެ ކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނުވެ އެވެ.
މިހާއިތަނަށް އައިއިރުވެސް ފިލްމްގެ ވާހަކައިގެ ތަފުސީލެއް އެއްވެސް ވަރަކަށް ހާމަކޮށްފައި ނުވެއެވެ. ތަފްސީލުތައް ސިއްރުކޮށްފައިވާ ކަމުގެ ހެއްކަކީ ވާނަރ ބްރަދާސް އިން އެއްވެސް ވަރަކަށް ފިލްމުގެ ވާހަކައިގެ އެއްވެސް ވާހަކައެއް މިއަދާ ހަމަ އަށް ވެސް ނުދެއްކުމެވެ. މީގެ މައިގަނޑު ބޭނުމަކީ “އަކްއާމޭން އެންޑް ދަ ލޮސްޓް ކިންގްޑަމް” ފައިނަލް ހަނގުރާމައަށް ޝައުގުވެރިކަން އުފެއްދުމާއި ފިލްމް ނިންމުމުގައި ސަޕޯޓަރުންނަށް ފޯރިގަދަވާނެ ސަޕްރައިޒެއް ލިއްބައިދިނުމެވެ.
މިހާރު ދޫކޮށްލާފައިވާ އެކްޝަން ޕެކް މި ޓްރެއިލާގައި ޔަހްޔާ އަބްދުލްމަތީން ދެވަނައަށް ކުޅެފައިވާ ކެރެކްޓަރު ބްލެކް މަންތާ ގެނެސްދީފައިވެ އެވެ. މި ޓްރެއިލާއިން ފެންނަ މަންޒަރުތަކުގެ ތެރެއިން، ބަދަލު ހިފުމުގެ ރޫހެއްގައި އޭނާ ބުނަނީ “އަހަރެން އަކުއާމޭން މަރާލާފައި އޭނާއާ ގާތްގުޅުމެއް އޮންނަ ހުރިހާ މީހުން ނެތިކޮށްލާނަން”.
“އަކްއާމޭން އެންޑް ދަ ލޮސްޓް ކިންގްޑަމް” ރިލީޒް ކުރަން ހަމަޖެހިފައިވަނީ 20 ޑިސެމްބަރު 2023ގައި ނަމަވެސް ރައިޓަރސް އެންޑް އެކްޓަރސް ގިލްޑް އޮފް އެމެރިކާ އިން އަދިވެސް މުޒާހަރާ ކުރަމުންދާ ހޮލީވުޑް ސްޓޫޑިއޯތަކާ އެކު ވޯނަރ ބްރަދާސް އިން މި ސުޕަހީރޯ ފިލްމު ރިލީޒްކުރުން ފަސްކުރާނެ ކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނުވެއެވެ.
މި ފިލްމު ރިލީޒްކުރާނެ ތާރީޚު ބަދަލުކުރާނެ ކަމުގެ ހެއްކަކީ “ޑޫން: 2” ރިލީޒްކުރުން ނޮވެމްބަރު 2023 އިން މާޗް 2024 އަށް ފަސްކޮށްފައިވާތީ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- ދިވެހި ފިލްމީ ދާއިރާގެ އެފުށާއި މިފުށް ރަނގަޅަށް ދަންނަ ކުރީގެ އެކްޓަރ އަދި މިހާރު ފިލްމު ޕްރޮޑިއުސްކުރާ ޝާހް ޚާއްޞަވަނީ ބޭރުގެ ފިލްމީ ޚަބަރު ލިޔުމަށެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 18 ސެޕްޓެމްބަރ 2023ޚަބަރު” ޓައިގާ 3 ” އަށް މާބޮޑު ޕްރޮމޯޝަނެއް ބޭނުމެއް ނުވާނެ
- 15 ސެޕްޓެމްބަރ 2023ޚަބަރުޝާހް ރުކް ޚާން އަދި ސުހާނާ ޚާންގެ ދެބަފައިން އެއް ފިލްމަކުން
- 14 ސެޕްޓެމްބަރ 2023ޚަބަރު“އަކްއާމޭން އެންޑް ދަ ލޮސްޓް ކިންގްޑަމް” ގެ ފުރަތަމަ ޓީޒާ
- 13 ސެޕްޓެމްބަރ 2023ޚަބަރުތުންފަތުގެ ބައްޓަމުން މީހާގެ ޝަޚުޞިއްޔަތުގެ ވައްތަރު ހާމަވޭ – ދިރާސާ