މި އަހަރު އޮލިމްޕަސް ސިނަމާގައި ރިލީޒްކުރާނެ އެންމެ ވަރުގަދަ ދިވެހި ބިރުވެރި ފިލްމު “ކަޅަކިި”ގެ ޓްރެއިލާއިން ސިހުމަކަށްފަހު ސިހުމެއް ލިބިގެންދާ ބިރުވެރި މަންޒަރުތަކެއް ފެނިގެންދެއެވެ. އިތުރު ވާހަކައެއް ދައްކާކަށް ނެތީމެވެ. ސަބަބު ބުނަން ހެއްޔެވެ؟
“ޝޫ……… އެ އެއްޗަށް އަޑުއިވިދާނެ!”
އެހެންވެ ބުނާކަށް ނެތީމެވެ. ޓްރެއިލާ ބަލައިލާށެވެ.
ބިރުވެރި ފިލްމު “ކަޅަކިި” ރިލީޒްކުރަން ހަމަޖައްސާފައިވަނީ 07 އޮކްޓޫބަރު 2023ގައެވެ.
ފިލްމު “ކަޅަކިި”ގެ މައިގަނޑު ކާސްޓުގައި ހިމެނެނީ ޔޫސުފް ޝަފީޢު (ޔޫއްޕެ)، ޢަލީ ސީޒަން، މުޙައްމަދު މަނިކް، ރިޝްފާ، ލަހޫގެ އިތުރުން ވާޝިޔާ މުޙައްމަދު (ޝިޔާ) އެވެ.
ބިރުވެރި ފިލްމު “ކަޅަކިި” ކެމެރާކުރީ ތަޖުރިބާކާރު އަދި ގިނަ ފިލްމުތަކެއް ކެމެރާކޮށްފައިވާ އިބްރާހީމް މޫސާ (ދަބަ) އެވެ. ފިލްމުގެ މަންޒަރުތައް ސްރީލަންކާގެ ކޮލޮމްބޯ، ކެންޑީގެ އިތުރުން ނުވަރަލިޔާގެ ހިތްގައިމު ލޮކޭޝަން ތަކުގައި ޝޫޓްކޮށްފައިވެއެވެ.
ފިލްމު “ކަޅަކިި”ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އޮންލައިން އެވެ.
@muniavas KALHAKI Releasing on 07.10.2023 @ecreativemedia @eupeonline0 @neumamohamed77 @lark4050 #onlinemedia #fvpシ #fvpviral #maldivestiktok ♬ original sound – MUNIAVAS
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 އޭޕްރިލް 2025ހޮލީވުޑް“ޓޫ އޮފް އަސް” އިން ހުށައެޅީ ބަދަން ޕޭ ސިތާރޭގެ ޓޫ ޕޮއިންޓް އޯ ވާރޝަނެއް – ޝްރަދާ ޕަންޑިތު
- 19 އޭޕްރިލް 2025ޚަބަރު“ޓޫ އޮފް އަސް” ބޭންޑްގެ ހަތަރުވަނަ ހުށައެޅުން 19 އޭޕްރީލްގައި
- 19 އޭޕްރިލް 2025ޚަބަރުޑާކް ރެއިންގެ ޕްރޮޖެކްޓް 37 ގެ ނަން މިމަހު ހާމަކުރަނީ
- 18 އޭޕްރިލް 2025ޚަބަރުޝާރިފް އަންގަނީ “ހޯދުނު ގޮތަކަށް ހޯދަން”