އައިފޯން 15 ޕްރޯ މާބޮޑަށް ހޫނުވަނީ އައިއޯއެސް 17ގައި ހިމެނޭ ބަގެއްގެ ސަބަބުން ކަމަށާއި، ހާޑްވެއާ ޑިޒައިންގެ ސަބަބުން ނޫންކަމަށް އެޕަލް ކުންފުނިން ބުނެފި އެވެ.

އައިފޯން 15 މާބޮޑަށް ހޫނުވަނީ އިންސްޓަގްރާމާއި އޫބާރ ފަދަ ތިންވަނަ ފަރާތެއްގެ އައިއޯއެސް 17 ހިމެނޭ ބައެއް އެޕްތަކަށް، ފަހުން ގެނައި އަދާހަމައެއްގެ ސަބަބުން ކަމަށް އެޕަލް ކުންފުނިން ބުނެ އެވެ. ދިމާވެފައިވާ މި މައްސަލައަށް ހައްލެއް ލިބުމުގެ ކުރިން ފޯނު ހޫނުވިޔަނުދީ ބޭއްވުމަށް ކުރެވިދާނެ ބައެއް ކަންކަމަށްވެސް މި ލިޔުމުގައި ބަލައިލާނަމެވެ.

އެ ކުންފުނިން ބުނީ މިއީ އާ ފޯނުތަކުގެ ޓައިޓޭނިއަމް ފްރޭމް އާއި އެލްމިނިއަމް ސަބްސްޓްރަކްޗާގެ ސަބަބުން ކުރިމަތިވާ މައްސަލައެއް ނޫން ކަމަށެވެ. މީގެ އިތުރަށް ބުނީ ކުރީގެ ޕްރޯ މޮޑެލްތަކުގައި ބޭނުންކުރި ސްޓެއިންލެސް ސްޓީލަށް ވުރެ ބޮޑަށް ޓައިޓެނިއަމް ފްރޭމްގެ ސަބުން ހޫނުވުން ކުޑަކޮށްދޭނެ ކަމަށެވެ.

އައިފޯން 15 ސީރީޒް ވިއްކަން ފެށިތާ ދުވަސްތަކެއް ފަހުން އާ ފޯނުތައް މާބޮޑަށް ހޫނުވުން ނުވަތަ މާބޮޑަށް ހޫނުކަން އިހުސާސް ކުރެވޭކަމަށް ބުނެ ޯފޯނު ބޭނުންކުރާ ފަރާތްތަކުން ޝަކުވާތައް ކުރަން ފެށިއެވެ. ބައެއް ފަރާތްތަކުން ބުނީ ފޯނުގައި ހިފަހައްޓާލައިގެން ހުންނަން ދަތިވާ މިންވަރަށް ވެސް ހޫނުވާ ކަމަށެވެ. އިންފްރާރެޑް ތާމޯމީޓަރުތަކުން އެމީހުންގެ އައިފޯނުގެ ފިނިހޫނުމިން 80 ޑިގްރީ ފެރަންހައިޓަށް ވުރެ މައްޗަށް ހޫނުކަން އަރާފައިވާ ފޮޓޯތައް ބައެއް ފަރާތްތަކުން ހިއްސާކޮށްފައިވެ އެވެ.

“އަހަރެންގެ އައިފޯން 15 ޕްރޯ އަދި ޕްރޯ މެކްސް ރިވިއުކުރުމަށް ފޯނުތައް ބޭނުންކުރި އިރު، އެއިން އެއްވެސް އެއްޗެއް ހޫނުވެގެން އަހަންނަށް އުނދަގުލެއް ނުވޭ. 15 ޕްރޯ މެކްސް ޗާޖު ކުރުމަށް އަހަރެންގެ މެކްބުކް ޕްރޯގެ 140 ޑަބްލިއު ޕަވަރ އެޑަޕްޓަރު ބޭނުން ކުރުމުން ފާހަގަ ކުރެވޭ މިންވަރަށް ހޫނު ވެގެން ދިޔައީ ކަންނޭނގެ. އަދި 30 މިނެޓް ވަންދެން ރެޒިޑެންޓް އިވިލް ވިލެޖް ކުޅެން އިނުމުން ވެސް ފުދޭވަރަކަށް ބޮޑަށް ފޯނު ހޫނުވި.

– އައިފޯން 15 ޕްރޯ ބޭނުންކުރާ މީހެއް

“އަޅުގަނޑުމެންނަށް މިވަނީ ހީކުރި ވަރަށް ވުރެން ބޮޑަށް އައިފޯން ހޫނުވާނެ މަދު ހާލަތްތަކެއް ދެނެގަނެވިފައި.

– އެޕަލް ކުންފުނީގެ ބަޔާނުން

އެޕަލް ކުންފުނިން ސީއެންއީޓީ އަށް ހިއްސާކުރި ބަޔާނެއްގައި ބުނެފައިވެ އެވެ.

“ބެކްގްރައުންޑް އެކްޓިވިޓީ އިތުރުވުމުގެ ސަބަބުން ޑިވައިސް ސެޓްއަޕް ނުވަތަ ރިސްޓޯރކުރުމަށް ފަހު ފޯނު ބޭނުންކުރާ ފުރަތަމަ ދުވަސްކޮޅުގައި ޑިވައިސް ހޫނުވެދާނެ. އައިއޯއެސް 17 އިން ވެސް ފޯނު ބޭނުންކުރާ ބައެއް ފަރާތްތަކަށް އަސަރުކުރަމުންދާ ބަގެއް ފެނިއްޖެ. ސޮފްޓްވެއާ އަޕްޑޭޓެއްގައި އެކަން ހައްލުކުރާނެ.

– އެޕަލް ކުންފުނީގެ ބަޔާނުން

އެޕަލް ކުންފުނިން ބުނީ ތިންވަނަ ފަރާތެއްގެ ބައެއް އެޕްތައް ކަމަށްވާ އިންސްޓަގްރާމް، އެސްފަލްޓް 9 އަދި އޫބާރ ފަދަ ބައެއް އެޕްތަކަށް ދާދިފަހުން ގެނެސްފައިވާ އަދާހަމަތަކުގެ ސަބަބުން އޭ17 ޕްރޯ ޗިޕްސްތަކުގެ ސީޕީޔޫއަށް ބާރުބޮޑު، އާއްމު ހާލަތުގައި އައިފޯނެއް ހޫނުވާ މިންވަރަށް ވުރެން ބޮޑަށް ހޫނުވުމަށް މަގުފަހިވާ ކަމަށެވެ. އެހެންކަމުން، މި ދެންނެވިފަދަ ތިންވަނަ ފަރާތެއްގެ އެޕްތައް އުފައްދާ ފަރާތްތަކާއި ގުޅިގެން އެ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށްވެސް ކުންފުނިން ބުނެއެވެ. ނަތީޖާއެއްގެ ގޮތުން ސެޕްޓެމްބަރު 27ގައި އިންސްޓަގްރާމުން ވަނީ އެޕްލިކޭޝަންގެ އަދާހަމައެއް އާއްމުކޮށްފަ އެވެ. މިކަމަށް އެއްޗެއް ބުނުމަށް އިންސްޓަގްރާމް، އޫބާރ އަދި އެސްފަލްޓް 9 އުފައްދާ ފަރާތްތަކަށް އެދުމުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

އައިއޯއެސް 17 ގެ ބަގަށް ހައްލެއް ހޯދައިދޭ ސޮފްޓްވެއާ އަޕްޑޭޓް ނުކުންނާނީ ކޮން އިރަކުން ކަން ނޭނގުނު ނަމަވެސް އެޕަލް އިން ބުނެފައިވަނީ އެ މައްސަލަ ދެނެގަނެ އެކަން ހައްލުންކުރުމުން އައިފޯންގެ ޕާފޯމަންސް ދަށްނުވާނެ ކަމަށް ބުނެފަ އެވެ.

އައިފޯން 15 ޕްރޯ ނުވަތަ ޕްރޯ މެކްސް ބޭނުންކުރާ މީހުންގެ ފޯނު ހޫނުވަމުން ދާނަމަ އެޕަލް އިން އައިއޯއެސް 17 އަޕްޑޭޓް ނެރެންދެން ކުރެވިދާނެ ބައެއް ކަންކަން އެބަ ހުއްޓެވެ. އެގޮތުން ކޮންޓްރޯލް ސެންޓަރުން ނުވަތަ ސެޓިންގސް އެޕްގެ ބެޓެރީ ބައިގައި ލޯ ޕަވަރ މޯޑް އޮން ކުރާށެވެ. މިއީ ބެކްގްރައުންޑް ޓާސްކްތައް ހުއްޓުވައިލާ، ވަގުތީ ގޮތުން ޑިސްޕްލޭގެ ރިފްރެޝް ރޭޓް 60 ހާރޓްޒްއަށް ދަށްކޮށް، ބްރައިޓްނެސް ދަށްކޮށްދޭނެ ކަމެކެވެ. ސީދާ އިރުގެ އަލިން ނުވަތަ އިންތިހާއަށް ހޫނު މާހައުލެއްގައި ގިނަ ވަގުތު ފޯނު ނުބޭއްވުމާއި ކޮރކްމާޒް ފަދައިން ފޯނުގެ އެޕެއްގެ މައްސަލައަކަށް ވެދާނެ ކަމަށް ޝައްކު ކުރެވޭނަމަ، ސެޓިންގސް އެޕްގެ ޖެނެރަލް ބައިގެ ދަށުން އެ އެޕްގެ ބެކްގްރައުންޑް ރިފްރެޝް ޑިސޭބަލްކޮށްލުން ފަދަ ކަންކަން ކުރެވިދާނެ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.