“ދަންމީ ފަލަސްޠީނީ” ލަވައިގައި ހުރި އަސަރާއި ޖޯޝަކީ ހަމަ ގައިމުވެސް ފާހަގަކޮށްލެވޭނެ ކަމެކެވެ. ލަވަ ކިޔާފައި ވަނީ ޢަރަބް އައިޑަލް މުޙައްމަދު އައްސާފް އެވެ. ފަލަސްޠީނުގެ ޒުވާނެކެވެ.
ލަވައިގެ ދިވެހި ތަރުޖަމާއެއް މި ގެނެސްދެނީ އިނގިރޭސި ބަހުން ކޮށްފައިވާ ތަރުޖަމާ އަސްލަކަށް ބަލައިގެންނެވެ.
دمي فلسطيني އަހަރެންގެ ލެއަކީ ފަލަސްޠީނު ލެއެވެ.
على عهدي على ديني އަހަރެން މިހުރީ އަހަރެންގެ ދީނުގައި ހުރުމަށް އަހުދުވެގެންނެވެ.
على أرضي تلاقيني އަހަރެން ހުންނާނީ އަހަރެންގެ ބިމުގައެވެ.
أنا لأهلي أنا أفديهم އަހަރެން މިހުރީ އަހަރެންގެ އަހުލުންނާއެކުގައެވެ. އަހަރެންގެ ފުރާނާދުއްވާލާނީވެސް އެމީހުންނަށްޓަކައެވެ.
أنا دمي فلسطيني فلسطيني فلسطيني އަހަރެންގެ ލެއަކީ ފަލަސްޠީނު ލެއެވެ. ފަލަސްޠީނުގެ ލެއެވެ. ފަލަސްޠީނުގެ ލެއެވެ.
أنا دمي فلسطيني އަހަރެންގެ ލެއަކީ ފަލަސްޠީނުގެ ލެއެވެ.
وقفنالك يا ديرتنا އަހަރެމެން ތެދުވެ މި ތިބީ އަހަރުމެންގެ ވަޒަނަށްޓަކައެވެ.
بعزتنا وعروبتنا އަހަރުމެންގެ ޢިއްޒަތާ އަރަތްބަކަށް ވީތީއެވެ.
أرض القدس نادتنا އަލް-ޤުދުސްގެ ބިން އަހަރުމެންނަށް އެބަ ގޮވައެވެ.
صوت أمي يناديني އަހަރެންގެ މަންމަ އަހަންނަށް ގޮވާ ބީދައިންނެވެ.
فلسطيني فلسطيني ފަލަސްޠީނުގެ ލެއެވެ. ފަލަސްޠީނުގެ ލެއެވެ.
أنا دمي فلسطيني އަހަރެންގެ ލެއަކީ ފަލަސްޠީނުގެ ލެއެވެ.
على عهدي على ديني އަހަރެން މިހުރީ އަހަރެންގެ ދީނުގައި ހުރުމަށް އަހުދުވެގެންނެވެ.
على أرضي تلاقيني އަހަރެން ހުންނާނީ އަހަރެންގެ ބިމުގައެވެ.
أنا لأهلي أنا أفديهم އަހަރެން މިހުރީ އަހަރެންގެ އަހުލުންނާއެކުގައެވެ. އަހަރެންގެ ފުރާނާދުއްވާލާނީވެސް އެމީހުންނަށްޓަކައެވެ.
أنا دمي فلسطيني فلسطيني فلسطيني އަހަރެންގެ ލެއަކީ ފަލަސްޠީނު ލެއެވެ. ފަލަސްޠީނުގެ ލެއެވެ. ފަލަސްޠީނުގެ ލެއެވެ.
أنا دمي فلسطيني އަހަރެންގެ ލެއަކީ ފަލަސްޠީނުގެ ލެއެވެ.
يا يمّة ابشري بالعز އޭ އަހަރެންގެ މަންމާއެވެ. ކަންބޮޑު ނުވާށެވެ.
دارك قلعة ما تنهز ތިބާގެ ވަޒަނަކީ ކިއްލާއެއް ފަދަ ގަނޑުވަރެކެވެ.
عليها الروح ما تنعز އެ ވަޒަނަށްޓަކައި އަހަރެންގެ ފުރާނައިން ޤުރުބާންވާނަމެވެ.
ولا دمّي وشراييني އަހަރެންގެ ލެއާއި ނާރުތަކުންވެސް މެއެވެ.
فلسطيني فلسطيني ފަލަސްޠީނުގެ ލެއެވެ. ފަލަސްޠީނުގެ ލެއެވެ.
أنا دمي فلسطيني އަހަރެންގެ ލެއަކީ ފަލަސްޠީނުގެ ލެއެވެ.
على عهدي على ديني އަހަރެން މިހުރީ އަހަރެންގެ ދީނުގައި ހުރުމަށް އަހުދުވެގެންނެވެ.
على أرضي تلاقيني އަހަރެން ހުންނާނީ އަހަރެންގެ ބިމުގައެވެ.
أنا لأهلي أنا أفديهم އަހަރެން މިހުރީ އަހަރެންގެ އަހުލުންނާއެކުގައެވެ. އަހަރެންގެ ފުރާނާދުއްވާލާނީވެސް އެމީހުންނަށްޓަކައެވެ.
أنا دمي فلسطيني فلسطيني فلسطيني އަހަރެންގެ ލެއަކީ ފަލަސްޠީނު ލެއެވެ. ފަލަސްޠީނެވެ. ފަލަސްޠީނެވެ.
أنا دمي فلسطيني އަހަރެންގެ ލެއަކީ ފަލަސްޠީނު ލެއެވެ.
فلسطيني وابن احرار އަހަންނަކީ ފަލަސްޠީނު މީހެކެވެ. މިނިވަން އާއިލާއެއްގެ ދަރިއެކެވެ.
جبيني بالسما ومغوار އަހަންނަނީ އިސްއުފުލާލައިގެން ހުންނަ ހިތްވަރުގަދަ މީހެކެވެ.
على عهد الوفا يا دار އަހަރެން މިހުރީ އަހަރެންގެ ވަޒަނަށްޓަކައި ކުރި އަހުދުގެ މަތީގައެވެ.
وعمره ما انحنى جبيني އަހަރެން އެއްވެސް މީހެއްގެ ކުރިމަތީގައި އިސްނުޖަހަމެވެ.
فلسطيني فلسطيني ފަލަސްޠީނުގެ ލެއެވެ. ފަލަސްޠީނުގެ ލެއެވެ.
أنا دمي فلسطيني އަހަރެންގެ ލެއަކީ ފަލަސްޠީނުގެ ލެއެވެ.
على عهدي على ديني އަހަރެން މިހުރީ އަހަރެންގެ ދީނުގައި ހުރުމަށް އަހުދުވެގެންނެވެ.
على أرضي تلاقيني އަހަރެން ހުންނާނީ އަހަރެންގެ ބިމުގައެވެ.
أنا لأهلي أنا أفديهم އަހަރެން މިހުރީ އަހަރެންގެ އަހުލުންނާއެކުގައެވެ. އަހަރެންގެ ފުރާނާދުއްވާލާނީވެސް އެމީހުންނަށްޓަކައެވެ.
أنا دمي فلسطيني فلسطيني فلسطيني އަހަރެންގެ ލެއަކީ ފަލަސްޠީނު ލެއެވެ. ފަލަސްޠީނެވެ. ފަލަސްޠީނެވެ.
أنا دمي فلسطيني އަހަރެންގެ ލެއަކީ ފަލަސްޠީނު ލެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!