الحمد لله والصلاة والسلام على رسول الله محمد بن عبد الله وعلى آله وصحبه ومن والاه

އިސްލާމް ދީނުގެ މަތިވެރި ސަލާމުން ތިޔަ އެންމެ ބޭފުޅުންނަށް މަރުޙަބާ ދަންނަވަން

السلام عليكم ورحمة الله وبركاته

ދިވެހިރާއްޖޭގައި ތިބި އަޅުގަނޑުމެންގެ އަޚުންނަށް!

ފަލަސްޠީނުގެ ބިންހިފައިގެން އުޅޭ ޔަހޫދީ އިސްތިޢުމާރީ ސިފައިން މިވަގުތު ދަނީ ޣައްޒާ ފަނާކުރަމުން، ޣައްޒާގައި ތިބި އަޅުގަނޑުމެންގެ ރައްޔިތުންނަށް ދަނީ އެމެރިކާ އާއި އިނގިރޭސިވިލާތާއި ޖަރުމަނުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުގެ އަނިޔާވެރި ވަރުގަދަ ޙަމަލާތައް އަމާޒުވަމުން، ހުރިހާ ދިމާލަކުން ފެންނަނީ ފުނޑުފުނޑުވެފައިވާ ޢިމާރާތްތަކައި ސުންނާފަތިކަމެވެ. ކުޑަކުދީންނާއި އަންހެނުންނާއި މުސްކުޅީންނާއި އެންމެން ދަނީ ކަތިލެވި ޝަހީދުވަމުން. ޝަހީދުންނާއި ޒަޚަމްވެފައީ މީހުންގެ ޢަދަދު އެތައްހާހަކަށް އަރައިފިއެވެ. އަޅުގަނޑުމެން ބޭނުންވަނީ އިސްލާމީ އުއްމަތާއި އަދި ލޮބުވެތި ދިވެހި އަޚުންގެ ފަރާތުން ފަލަސްޠީނުގައި ތިބި ތިޔަބޭފުޅުންގެ އަޚުންނާއި އުޚްތުންނަށް އެހީތެރިވެވަޑައިގަތުމަށެވެ. ކާފަރު މުޖުރިމުންގެ އަތުން ކަތިލެވެން ފަލަސްޠީނުގެ ރައްޔިތުން އެކަނި ދޫކޮށްނުލައްވާ! އަޅުގަނޑުމެން އިސްލާމީ އުއްމަތުގެ ފަރުދުން ވާންޖެހޭނީ ގުޅިފައިވާ އެއްހަށިގަނޑެއް ފަދައިން އެއްބަޔަކު އަނެއްބައެއްގެ އެހީތެރިންކަމުގައެވެ.

ދިވެހިރާއްޖޭގެ ލޮބުވެތި އަޚުން !

މިވަގުތު ޓީވީއިން ފެންނަފަދައިން މަތިން ދަނީ ބޮމާއި މިސައިލު ހައްދެއްނެތި އޮއްސަމުން. ހުރިހާ ދިމާލެއްގައި ޝަހީދުންގެ ލޭ، ދުޝްމަނުން ބޭނުންވަނީ މަސްޖިދުލް އަޤްޞާ ދިފާޢުކުރަމުންދާ މި މީސްކޮޅު އެކީ އެކަށް މަރައިހުސްކޮށްލާށެވެ. އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާ އެތަނަކަށް އިސްރާއާއި މިއުރާޖުގެ ހާދިސާ ހިނގުނު މަސްޖިދުލްއަޤްޞާ ރައްކާތެރި ކޮށްދެއްވުން އެދި އެންމެ މަތިވެރި ރަސްކަލާނގެ ﷲގެ ޙަޟްރަތުގައި އަޅުގަނޑުމެން ދުޢާދަންނަވަމެވެ.

ދިވެހިރާއްޖޭގެ ޖަމްޢިއްޔަތު “ޚިދުމަތް” މެދުވެރިކޮށް ފޮނުއްވި ފައިސާ އަކީ މިކޮޅުގައި ތިބި އަޚުންނަށް ލިބޭ ވަރަށްބޮޑު އެހީއަކަށް އަދި އެމީހުން ބަރުދާސްތުކުރަމުންދާ ވޭންތަކަށް ލިބޭ ލުޔެއްކަމުގައި ވާނެކަން ތިބޭފުޅުންނަށް ކަށަވަރުކޮށްދެމެވެ. ތިޔަބޭފުޅުން މީގެ ކުރިންވެސް ފޮނުއްވި އެހީއިން ވަނީ މަންޒިލެއް ގެއެއް ނެތް މީހުންނަށް އެބައިމީހުން އުޅެވޭނެ ގޮތްތައް ހޯދައިދީފައެވެ. މިވަގުތު ލައްކަ އަކަށްވުރެއް ގިނަ މީހުންގެ ގެއަކީ ނުވަތަ ފުރާޅަކީ އުޑެވެ. އަދި ގޮދަޑިއަކީ ހިނގާއުޅޭ ބިމެވެ.

ލޮބުވެތި އަޚުންނޭ ! މިއަދު ތިޔަބައިމީހުންގެ ވާޖިބަކީ މީގެކުރިންވެސް ގެތައް ބިނާކުރުމުގައި އެހީވި ފަދައިން މިއަދު ޙާލުގަައި ޖެހިފައިވާ މީހުންނަށާއި، ކާބޯތަކެއްޗަށް ބޭނުން ޖެހިފައިވާ މީހުންނަށާއި ފޭރާމަށް ބޭނުންވެފައިވާ މީހުންނަށް އެހީ ފޯރުކޮށްދިނުމެވެ. ތިޔަބޭފުޅުންނަށް އިނގޭނެ ފަދައިން ޔަހޫދީންވަނީ ފަލަސްޠީން ޚިޞާރުކޮށް، ކާބޯތަކެތި އެތެރެކުރުން މަނާކޮށް، ފެންކަނޑާލާ ކަރަންޓުވެސް ކަނޑާލާ ވަރަށް ލާއިންސާނީ ދަތިޙާލު ޣާއްޒާގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ޖައްސާ މުޅި އަވަށް އެއްކޮށް ޚިސާރުކޯށް ބައްދާލާފައެވެ. އަދި އެއާއިއެކުވެސް އެމެރިކާއާއި އިނގިރޭސިވިލާތުން ވަނީ އިސްރާއީލަށް ހަނގުރާމައިގެ ހަތިޔާރާއި ބޮންއަޅާނޭ ވަސީލަތްތަށް ފޯރުކޮށްދީފައެވެ.

ދިވެހިރާއްޖޭގެ ލޮބުވެތި އަޚުންނާއި އުޚްތުންނޭ! ލަސްނުކުރާށެވެ. ހަމަކަށަވަރުން ﷲ ގަންދީ ބުނަމެވެ. ތިޔަލޮބުވެތި ދިވެހިންނަކީ އަހަރުމެންގެ އަޚުންނާއި އުޚްތުންނެވެ. އަދި އެހާމެ ރަނގަޅު އަޚުންނާއި އުޚްތުންނެވެ. އަހަރުމެންނަށް އެހީ ފޯރުކޮށްދީފައިވާ ރަނގަޅު ބައެކެވެ. ﷲ ތިޔަބައިމީހުންނަށް (އެކަންކަމުގެ) ހެޔޮޖަޒާ ދެއްވާށިއެވެ. ﷲ ޠަޢާލާ ތިޔަބައިމީހުންނާއި، ތިޔަބައިމީހުންގެ ޒުވާނުންނާއި ކުޑަކުދިންނާއި އަންހެނުންނާއި މުސްކުޅިން ރައްކާތެރި ކޮށްދެއްވާށިއެވެ.

ތިޔަދެއްވި އެހީތެރިކަން ވަނީ މަސްޖިދުލް އަޤްޞާ ހިމާޔަތްކުރުމުގައި ވާނޭ ކަމެއްކަމުގައެވެ. ދެންފަހެ ޣައްޒާގެ އަހުލުވެރިން އަލް-އަޤްޞާގެ ދިފާޢުކުރުމުގައި އެމީހުންގެ ލެއިންނާއި ފުރާނައިން ޤުރުބާންކުރަމުން އެބަދެއެވެ. އަލް-އަޤްޞާގެ ދިފާޢުގައާއި އަދި ދީނުގެ ދިފާޢުގައެވެ. ދެންފަހެ ތިޔަ ލޮބުވެތި ދިވެހިންނަކީ މިކަމުގައި ނަޞްރުދޭ ބައެއްކަމުގެ އުފާވެރިކަން ހުއްޓެވެ. އަދި އަލް-އަޤްޞާގެ ދިފާޢުގައި ބައިވެރިވެއްޖެއެވެ. ތިޔަ ދެއްވި އެހީއަށް ޝުކުރު އަދާކުރަމެވެ. އަދި މުސްތަޤުބަލުގައި ދޭނޭ އެހީއަށްވެސް ޝުކުރު އަދާކުރަމެވެ. އަދި ޚިދުމަަތް ޖަމްޢިއްޔާއަށް ވެސް ޝުކުރު އަދާކުރަމެވެ. އެބަހީ އެމީހުންނަކީ އަހަރުމެންނާއި އެއްސަފެއްގައި ސާބިތުވެތިބި ބައެކެވެ. މިދަތި ދަނޑިވަޅުގައިވެސް، މާތްﷲ ތިޔައެންމެ ބޭފުޅުންނަށް ހެޔޮޖަޒާ ދެއްވާށިއެވެ.

އަދި މިކަންވާހުށީ އިންޝާ ﷲ ނަޞްރަކަށެވެ. އަދި ފަލަސްޠީނު މިނިވަންވުމަށްވާ ތަމްކީން އަކަށެވެ. އަދި މި މާތް ބިން ޠާހިރު ކުރަށްވާނެއެވެ. އެއްވެސް ޔަހޫދީ އަދުއްވެއް މިބިމުގައި ބާކީ ނުހުންނާނެ ދުވަސް އަންނާނެއެވެ. އަދި ޤުދުސް ވާހުށީ ފަލަސްޠީނުގެ ވެރިރަށް ކަމުގައެވެ. އަދި ހުރިހައި މުސްލިމުންގެ ވެރިރަށް ކަމުގައިވާނެއެވެ. އަދި ތިޔަބައިމީހުން ޤުދުސްއަށް ޒިޔާރަތްކޮށް އަހަރުމެންނާއި އެކުގައި އަލް-އަޤްޞާގައި ނަމާދު ޤާއިމްކުރާނެއެވެ އިންޝާ ﷲ. ޤުދުސް މިނިވަންވާ ޙާލުގައި އަދި ތަޢުހީދުގެ ދިދައިގެ ހިޔާވަހިކަމުގައެވެ. އަދިވެސް ތިޔަ އެންމެން (ވެދެއްވަމުންދާ އެހީއަށް) ޝުކުރު އަދާކުރަމެވެ.

والسلام عليكم ورحمة الله وبركاته

މަސްދަރު: ޚިދުމަތް ޖަމިއްޔާ ފޭސްބްކް

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.