މަޝްހޫރު އެކްޓްރެސް މަރިޔަމް މަޖުދާ މި ފިލްމުން ފެންނާނީ ހަމަ ގައިމުވެސް ވަރަށް ތަފާތު ރޯލަކުންނެވެ. މަޖޫގެ ތަފާތު ލުކެއް, ތަފާތު މޮޅު އެކްޓިން އެއް މި ފިލްމުން ފެންނާނެއެވެ. މިއީ “ނޮވެމްބަރ” އެވެ. “ނޮވެމްބަރ” އަންނާނީ މި އަހަރު ޑިސެމްބަރު 04ގައެވެ.
މިއީ ލޯބީގެ ތަފާތު ވާހަކައެއް ކިޔައިދޭނެ ފިލްމެކެވެ. ލޯތްބަކީ ކޮބައިކަން މި ފިލްމުގައި ދިވެހިބަހުގެ އުސްތާޒު ޢަބްދުﷲ ޞާދިޤް ސިފަކޮށްދެއްވާ މަންޒަރެއް ޓްރެއިލާ އިން ވާނީ ފެނިފަ އެވެ.
ފިލްމު“ނޮވެމްބަރ”ގެ އެކިއެކި ރޯލުތަކުން ބޮޑު ކާސްޓެއް ފެނިގެންދާނެއެވެ. ލީޑްގައި މަޖޫގެ ބައިވެރިއެއްގެ ގޮތުގައި ފެނިގެންދާނީ ޖުމައްޔިލް ނިމާލެވެ. މީގެ އިތުރުން އިސްމާޢީލް ވަޖީހް، އާއިޝަތު ޔާދާ، އައިޝަތު ޢަލީގެ އިތުރުންވެސް ޑާކްރެއިންގެ ފިލްމުތަކުން ފެންނަ ބައެއް އެހެން މޫނުތައްވެސް ފެނިގެންދާނެއެވެ.
ޑާކް ރެއިން އެންޓަޓެއިންމެންޓުން އެންމެ ބޮޑު ހޭދައެއް ކޮށްގެން އުފެއްދި ފިލްމު“ނޮވެމްބަރ”ގެ ސްކްރީންޕްލޭ ލިޔުނީ ޢާއިޝަތު ފުއާދު އާއި ޢަހްމަދު ޠަލާލް އެވެ. ޑައިރެކްޓްކޮށް ކެމެރާކުރީ ޝިފާއު (ޗިއްޕެ) އެވެ. ކޯ-ޑައިރެކްޓަރެއްގެ ގޮތުގައި ހަރަކާތެރިވެފައި ވަނީ އާއިޝަތު ފުއާދެވެ. ޗިއްޕެއާއެކު ކެމެރާކުރުމުގައި އަޙްމަދު ޝިނާން ވެސް ހަރަކާތެރިވިއެވެ.
🎦 ފިލްމު “ނޮވެމްބަރ”ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އޮންލައިން
ލިޔުންތެރިޔާގެ ފުރަމަލަ
