ހާމިދު ޢަލީގެ ލާރނާސް ޕްރޮޑަކްޝަނުން އުފައްދާ ލޯބީގެ ބިރުވެރި ފިލްމު “އުދަބާނި 2″ގެ އެޑިޓިންގެ ދެބައިކުޅައެއް ބަޔަށް ވުރެން ބޮޑު ބައިގެ އެޑިޓިން ނިންމާލެވިއްޖެ ކަމަށް ފިލްމުގެ ޑައިރެކްޓަރު އަމްޖަދު އިބްރާހީމް (އަމްޖޭ) ބުނެފިއެވެ. މި ފިލްމުގެ އެޑިޓިން ފެށީ މީގެ ދެ ހަފުތާއެއްވަރު ކުރިންނެވެ.

ފިލްމު “އުދަބާނި 2″ އެޑިޓްކުރަނީ ފިލްމީ ދާއިރާގެ ތަޖުރިބާކާރެއް ކަމުގައިވާ އަލީ މުސްތަފާ (ސެމީ) އެވެ. ސެމީ މުސްތަފާ އަކީ ފަސްވަނަ ގައުމީ ފިލްމް އެވޯޑް ގައި ވާލޯބި އެނގޭނަމަ (ފިލްމް) އިން އެންމެ މޮޅު އެޑިޓަރުގެ ރަން ވަނަ ހާސިލްކޮށްފައިވާ ތަޖުރިބާކާރު ފިލްމު އެޓިޓަރެކެވެ.

ފިލްމުގެ އެޑިޓިންގެ މަސައްކަތްތައް ކުރިއަށްދާ ގޮތާއި ފިލްމުގެ މަސައްކަތްތަކުގެ އިތުރު ތަފުސީލުތައް މީގެ ދެ ހަފުތާކުރިން މުނިއަވަސްއަށް އަމްޖޭ ހިއްސާކޮށްފައިވެއެވެ. މުނިއަވަސް ޓިކްޓޮކްގައި ހިއްސާކުރި މި ވީޑިއޯއަށް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ. 19 ހާހަށް ވުރެން ގިނަ މީހުން މި ވީޑިއޯ ބަލާފައިވާއިރު، ގިނަ ބަޔަކު ކޮމެންޓްކޮށްފައިވެއެވެ. އެ ކޮމެންޓްތަކުގައި ފިލްމަށް އިންތިޒާރުކުރަމުން އަންނަކަން ގިނަ ބަޔަކު ފާހަގަކޮށްފައިވެސް ވެއެވެ.

@muniavas UDHABAANI 2 Editing Fashaifi #Udhabaani2 #contentcreators #fyp #foryoupage #dhivehi #maldives #muniavasnews #maldivestiktok #fvpviral #fvpシ #foryou @amjadibrahimdidi @dhonayya @hamidali9409 #onlinemediapartner ♬ original sound – MUNIAVAS

2024ވަނަ އަހަރު ރިލީޒްކުރުމަށް އަމާޒުހިފާފައިވާ މި ފިލްމުގެ ލީޑުން ފެނިގެންދާނީ އަޙްމަދު އީސާ (އާނަންދު)، އާމިނަތު ސުހާ، ހާމިދު ޢަލީ، ޢަލީ އާޒިމް (ދޮން އައްޔަ)، ނަތާޝާ، ޝަމީލް، މަރްޔަމް ހަލީމް، ޝަކީލާގެ އިތުރުން ވަހީދު އެވެ.

“އުދަބާނި 2” ޝޫޓްކޮށްފައިވަނީވެސް އުދަބާނިގެ ފުރަތަމަ ބައި ޝޫޓްކުރި ރަށް، ރ. މާކުރަތު ގައެވެ. އެހެންކަމުން އުދަބާނިން ފެނިގެން ދިޔަ މާކުރަތަށް ނިސްބަތްވާ މުހިންމު ބައެއް ފަރާތްތައް “އުދަބާނި 2″ގައި ވެސް ހަރަކާތްތެރިވެފައިވެއެވެ.

ފިލްމު “އުދަބާނި 2″ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އޮންލައިން އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.