މިމަހު 04 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ ދިވެހި ކޮމެޑީ ފިލްމު “ފްރީ ޑެލިވަރީ”އަށް ޚާއްޞަކޮށްގެން، ރާއްޖޭގެ އެންމެ ދުވަސްވީ ފިލްމީ ޚަބަރާއި މަޢުލޫމާތު ގެނެސްދޭ ޕްރޮގްރާމު “ފިލްމީ އުދަރެސް”ގައި ވަނީ ގެނެސްދީފައެވެ.
ޕީއެސްއެމްގެ ޓެލެވިޒަން މޯލްޑިވްސް އިން ގެނެސްދިން މި ޚާއްޞަ ސެގްމެންޓްގައި ފިލްމުގެ ލީޑުން ފެނިގެންދާ ރަޢުފަތު، ތާތި އަދި ޝިޔާ ހިމެނެއެވެ. ޝޯގެ ހޯސްޓުންނާއެކު މަޖާ ވާހަކަތަކެއްގެ ތެރެއިން ފިލްމު “ފްރީ ޑެލިވަރީ”ގެ ވާހަކަތައް ގެނެސްދީފައިވެއެވެ.
މުނިއަވަސް ޓިކްޓޮކްގައި ހިމަނާލާފައި އެވަނީ އެ ޝޯގެ ވީޑިއޯއެވެ. ވީޑިއޯގެ އަސްލު ނަގާފައިވަނީ ޓެލެވިޒަން މޯލްޑިވްސްގެ ފޭސްބްކް ޕޭޖުންނެވެ.
@muniavas #FREEDELIVERY on #filmyudhares – Part 1 of 2 @televisionmaldives @Kazmik #fvpシ #foryoupage #foryou #fvpviral #dhivehifilm ♬ original sound – MUNIAVAS
@muniavas #FREEDELIVERY on #filmyudhares – Part 2 of 2 @televisionmaldives @Kazmik #fvpシ #foryoupage #foryou #fvpviral #dhivehifilm ♬ original sound – MUNIAVAS
🎬 ލިޔެ ޑައިރެކްޓްކުރީ: އިލްޔާސް ވަހީދު (އިއްލެ)
🎦 ޕްރޮޑިއުސަރުން: އާސިމް ޢަލީ، އާމިރާ ޢަލީ އަދި އިލްޔާސް ވަހީދު
🎞️ ޕްރޮޑަކްޝަން ހައުސް: ކަޒްމިކް އިންޓަނޭޝަނަލް
⏳ ރިލީޒްކުރާ ތާރީޚް: 04 ނޮވެމްބަރު 2023
⭐ މުހިންމު ކާސްޓުން: ރަޢުފަތު ޢަބްދުﷲ ޞާދިޤް، ތާތި އާދަމް، ޢައިޝާ ޢަލީ، ވާޝިޔާ މުޙައްމަދު (ޝިޔާ)، ޝާރިފް، މުޙައްމަދު އަފްރާހް، އަޙްމަދު ޝާކިރު (ޝާއްކޮ އައްމަޑޭ)، ވިކީ، އިފްނާޒް، ހާޒިފް މުޙައްމަދު، ފަޒިލް ފަޔާޒް، އިމާދް ޢަލީ، ފާޠިމަތު ލަޠީފާ، މަރިޔަމް ވަހީދާ (ޔަމް)، މުޙައްމަދު ސާމިހް، ޢަބްދުﷲ ސަމޫހް، މުޙައްމަދު މައިޝަމް، ޢަލީ އިނާޒް، އިބްރާހީމް ފައިރޫޒް، ސާމީ ޙުސައިން ދީދީ ހިމެނެއެވެ.
✂️ އެޑިޓިންގ: މުޙައްމަދު ޢަބްދުލް ޣަނީ (ޑޫ މޯރ)
♮ މިއުޒިކް: ޝަހީދު ލިގެސީ
📽️ ސިނަމޮޓޮގްރަފީ: ސަމާހް
ކޮމެޑީ ފިލްމު “ފްރީ ޑެލިވަރީ”ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 9 އޭޕްރިލް 2025ޚަބަރުރާއްޖޭގެ “ޓޫ އޮފްއަސް” ބޭންޑުން އިންޑިއާގެ ޖަޖުން އާޝޯޚްކޮށްލާ ފަދަ ހުށައެޅުމެއް!
- 9 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ޓްރެއިލާ އަދި ލަވަތަކަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް!
- 6 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުގެ ޓިކެޓް ބްކިން މިއަދު ފަށަނީ!
- 4 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ރަސްމީ ޕޯސްޓަރާއި ބައެއް ލަވަތައް ނެރުމަށް އާއްމުކޮށް ހުޅުވާލައިގެން ބޮޑު އިވެންޓެއް!