ޓިއަރ ގޭސް ނުވަތަ ކަރުނަ ގޭހަކީ އެއަށް ގޭހެކޭ ކިޔިނަމަވެސް އަސްލު ގޭހެއް ނޫނެވެ. ޓިއަރ ގޭހުގައި ހުންނަ ކެމިކަލް ތަކަކީ ސިންތެޓިކް އޮގެނިކް ހެލޮޖަން ކަމްޕައުންޑްސް އެވެ. އެއީ ކޮޓަރީގެ ފިނިހޫނުމިނުގައި ސޮލިޑް ސްޓޭޓްގައި ހުންނަ ކެމިކަލް އެކެވެ. ކަރުނަ ގޭހުގައި ހުންނަ ކަމްޕައުންޑް ތަކަކީ ކްލޮރޯބެންޒަލްމެލޯނޯނައިޓްރިލް (ސީއެސް)، ކްލޮރޯއެސިޓޯފީނޯން (ސީއެން) އެވެ.

 

ކަރުނަ ގޭހަކީ ނޮން ލީތަލް ކެމިކަލް ހަތިޔާރެއްގެ ގޮތުގައި ބެލިނަމަވެސް، ކުއްލިއަކަށް އެއިން ކޮށްލާ އަސަރަކީ ގެއްލުން ދެނިވި ކަމެކެވެ. އާއްމުގޮތެއްގައި ކަރުނަގޭހުގެ އަސަރުކޮށްފައިވާ މީހުންގެ ގައިގެ ހަންގަނޑާއި މޫނުން ދިލަ ނަގާކަމުގެ އިހްސާސެއް ކުރެވޭނެ އެވެ. ނޭވާ ލުމަށް އުނދަގޫވާނެ އެވެ. ދުރު ފެނުމުގައި ދަތިތަކާވެސް ބައެއް ފަހަރަށް ކުރިމަތިލާން ޖެހިދާނެ އެވެ.

 

ކަރުނަ ގޭހުގެ އަސަރު ކޮށްފިނަމަ ކޮންމެހެންވެސް އަންނަނިވި 03 ކަންތަކަށް ސަމާލުކަން ދޭންވާނެ އެވެ.

1- ކަރުނަ ގޭސް ޖެހި ސަރަހައްދުން ދުރަށް ދާށެވެ.

ވީ އެންމެ އަވަހަކަށް، ހަމެޖެހިލައިގެން ކަރުނަ ގޭސް ޖަހާފައިވާ ސަރަހައްދާއި ދުރަށް ދާށެވެ.

 

2- ވަޔަށް މޫނު ދިއްކުރާށެވެ.

ތާޒާ ވައި ލިބުމުން ގައިގައި ޖެހިފައިވާ ކަރުނަ ގޭހުގެ ކުނޑިތައް ގައިން ނެއްޓޭގޮތް ވާނެ އެވެ. ވައި ޖެހޭ ކޮޅަށް މޫނު ދިއްކުރުމުން ގައިގެ އެކި ހިސާބުތަކުގައި ހޭކިފައި ހުންނަ ކަރުނަ ގޭހުގެ ކުނޑި ބުރައިގެން ގޮސް ތިމާގެ އަނގައާއި ލޮލަށް ދިއުމުން ދުރުކޮށްދޭނެ އެވެ.

 

3- އައިސް ފެނުން ލޯ ދޮންނާށެވެ. 

ލޮލުގެ އެތެރެއިން ފެށިގެން ބޭރަށް ވާގޮތަށް ލޯ ދޮންނަމުންދާއިރު، އޮހޮރޭ ފެން ތިމާގެ ގަޔަށާއި ހެދުމަށް އެޅުނަ ނުދޭށެވެ. ހަށިގަނޑާއި ހެދުން އައިސް ފެނުން ދޮންނާށެވެ. ނަމަނަމަ ހޫނު ނުވަތަ ތާފަނާ ފެން ބޭނުން ނުކުރާށެވެ. ހޫނު ފެން ބޭނުންކުރުމުން ހަންގަނޑުގައި ހުންނަ ކުދި ލޯވަޅުތައް އިތުރަށް ހުޅުވި ގައިގެ ހަމުގެ ތެރެއަށް ކަރުނަ ގޭހުގެ ކެމިކަލް ވަންނަ މިންވަރު އިތުރުވާނެ އެވެ. އޭރުން ގައި ހިރުވުމާއި ދިލަނެގުން އިތުރުވާނެ އެވެ. ކަރުނަ ގޭހުގެ އަސަރު ހަށިގަނޑުން ރަނގަޅަށް ފިލައި ދިއުމުގެ ކުރިން ފެން ނުވަރާށެވެ. އޭރުންވެސް ކަރުނަ ގޭހުގެ ކެމިކަލް އިން ތިމާގެ ހަށިގަނޑު އިތުރަށް ފޯވުން ނޫން އިތުރު ކަމެއް ނުވާނެ އެވެ.

 

މަސްދަރު: އާފްޓަރމެތު ޑޮޓް ކޮމް 

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.