މިއަހަރު މިއީ ރާއްޖެއަށް ބޮޑު އަހަރެކެވެ. މިއަހަރު ޑިސެމްބަރު 04 ގައި ދިވެހިންނާއި “ނޮވެމްބަރ” ބައްދަލުކުރާނެ އެވެ. ނަމަވެސް މި ޚާއްޞަ “ނޮވެމްބަރ“ގެ ފޮނިމީރުކަން ލިބެން އޮތީ ޓިކެޓް ނަގައިގެންނެވެ. ޑާކް ރެއިން އެންޓަޓެއިންމެންޓުން ޓިކެޓް ވިއްކަން ފަށަން ތައްޔާރުވެއްޖެ އެވެ.

ޑާކް ރެއިން އެންޓަޓެއިންމެންޓުން މިހައިތަނަށް އެންމެ ބޮޑު ހޭދައެއް ކޮށްގެން ހެދި އަސަރުގަދަ ލޯބީގެ ފިލްމު “ނޮވެމްބަރ“ގެ ޓިކެޓް ގަތުމުގެ އިންތިޒާމު އޮތީ ވަރަށް ފަސޭހަ ގޮތަކަށް ހަމަޖައްސާފައެވެ. ވައިބަރުން ނުވަތަ ވަޓްސްއެޕުން 9911229 އަށް މެސެޖެއް ކޮށްލުން މިއީ ފުރަތަމަ ފިޔަވަޅެވެ. އެކަމަކު އެ މެސެޖްގައި ހަނދާންކޮށް ދެތިން ކަމެއް ފުރިހަމަކޮށްލަން ވާނެއެވެ.

🎫 ޓިކެޓް ނަގާ މީހާގެ ނަން
🎫 ޓިކެޓް ބޭނުންވާ ތާރީޚް / ޝޯ
🎫 ބޭނުންވާ ޓިކެޓްގެ ޢަދަދު

މިއީ ފިލްމު “ނޮވެމްބަރ” ގެ ޓިކެޓް އޮންލައިންކޮށް ބްކްކޮށްލަން ޖެހޭ ގޮތެވެ.

“ސީޓް ލިބެންހުރިކަން އަޅުގަނޑުމެން ކޮންފަރމްކުރުމުން، ޓިކެޓަށް އަރާ ޖުމްލަ އަދަދުގެ ފައިސާ އަޅުގަނޑުމެންގެ އެކައުންޓް ނަންބަރު 7701139602001 (ޑާކް ރެއިން އެންޓަޓެއިންމެންޓް) އަށް ޖަމާކުރެއްވުމަށްފަހު ސްލިޕްކޮޅު ވައިބަރުން ނުވަތަ ވަޓްސްއެޕުން ފޮނުއްވާލައްވާ.

އޭރުން އަޅުގަނޑުމެން ޓިކެޓްގެ ފޮޓޯ ފޮނުވާލާނަން. 19 ނޮވެމްބަރުގެ ފަހުން ކޮންމެ ތާރީޚެއްގައިވެސް އޮލިމްޕަހުގެ ޓިކެޓް ކައުންޓަރަށް ދުރުވެ ޓިކެޓް ކަލެކްޓްކޮށްލެވޭނެ މި ދެންނެވި ފޮޓޯ ދައްކާލެއްވުމުން.”

– ޑާކް ރެއިން އެންޓަޓެއިންމެންޓުން މުޙައްމަދު ޢަލީ (މޮގާ)

ފިލްމު “ނޮވެމްބަރ“ގެ ބައެއް ކަންކަމަށް ކުރުކޮށް ފޮނިކޮށް ބަލައިލާނަމެވެ.

🗒️ ސްކްރީންޕްލޭ ލިޔުނީ: ޢާއިޝަތު ފުއާދު އާއި ޢަހްމަދު ޠަލާލް

🎬 ޑައިރެކްޓްކުރީ: ޢަލީ ޝިފާޢު (ޗިއްޕެ)

🎬 ކޯ-ޑައިރެކްޓަރ: ޢާއިޝަތު ފުއާދު

📹 ކެމެރާކުރީ: ޢަލީ ޝިފާޢު (ޗިއްޕެ)

✂️ އެޑިޓިންގ: ޢަލީ ޝިފާޢު (ޗިއްޕެ)

🎦 ޕްރޮޑިއުސަރުން: މުޙައްމަދު ޢަލީ (މޮގާ) އަދި ޢާއިޝަތު ފުއާދު

⭐ މުހިންމު ކާސްޓުން: ޖުމައްޔިލް ނިމާލް، މަރިޔަމް މަޖުދާ، އާއިޝަތު ޔާދާ، އައިޝަތު ޢަލީ، އިސްމާއީލް ވަޖީޙް، ތަރީޝް އިސްމާއިލް

މީގެ އިތުރުންވެސް ޑާކް ރެއިންގެ ފިލްމުތަކުން އާއްމުކޮށް ފެންނަ ގިނަ މޫނުތަކެއްގެ އިތުރުން ރާއްޖޭގެ މަޝްހޫރު ގިނަ ފަރާތްތަކެއްވެސް މި ފިލްމުން ފެންނާނެ.

🎦 ފިލްމު “ނޮވެމްބަރ”ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އޮންލައިން

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.