“ނޮވެމްބަރ” އަންނަނީ ޑިސެމްބަރު 04ގައެވެ. މިއީ މަރިޔަމް މަޖުދާގެ އެތަކެއް ހުނަރުތަކެއް، އެތަކެއް ލުކެއްގައި ފެނިގެންދާނެ އަސަރުން ފުރިފައިވާ ފިލްމެކެވެ.
ޑާކް ރެއިން އެންޓަޓެއިންމެންޓުން މިރޭ އާއްމުކޮށްފައި މަޖޫގެ ފޮޓޯތަކެއްގައި ބުނެފައިވަނީ މަޖޫގެ ޖާދޫ ތަޖުރިބާކޮށްލުމަށެވެ. ޑިސެމްބަރު 04 ން ފެށިގެން ތިރީހަކަށް ދުވަހު އޮލިމްޕަހުގައި މި ފިލްމު ދައްކާނެއެވެ.
މަޖޫ އަކީ މި ފިލްމުގައި ދިވެހި މުދައްރިސެކޭ ބުނާއަޑު އެހީމެވެ. ނަމަވެސް މިރޭ އާއްމުކޮށްފައި ފޮޓޯއިން މަޖޫ ފެންނަ ލުކްތަކުން ދެ ލުކަކަށް ގިނަބަޔެއްގެ ސަމާލުކަން ލިބިފައިވެއެވެ.
“މަޖޫ އަކީ މަސް ބަންދުކުރާ ކާރުޚާނާއެއްގެ މުވައްޒަފެއްތަ؟ މަޖޫ ކުޅެނީ ލަންކާ ކުއްޖެއްގެ ރޯލެއްތަ؟” މިއީ އަހަންނަށް އަމާޒުވި ދެ ސުވާލެކެވެ. ފިލްމުގެ ޝޫޓިން ކުރިޔަށް ދިޔައިރު، ލ. މާންދޫ ހޮރައިޒަން ފިޝަރީޒް ތެރޭގައި އަހަރެން އުޅުނުކަން އެނގޭ ރައްޓެއްސަކު މި ސުވާލުތައް އަމާޒުކުރިއެވެ.
“މަޖޫގެ ޖާދޫގައި ޖެހެން ޓިކެޓް ނަގާބަލަ!” އަހަރެން ބުނީމެވެ.
މި ފިލްމަކީ ދިވެހި މުތަމަޢުގައި ފާހަގަކޮށްލެވޭ މިންވަރަކަށް ހިނގަމުން އަންނަ ވަރަށް ޚައްސާސް މައްސަލަތަކެއް ތަފާތު އޭންގަލްއަކުން ގެނެސްދޭނެ ރީތި، އަސަރުގަދަ ލޯބީގެ ފިލްމަކަށް ވާނެކަން އެއީ އަހަންނަށް އެނގިފައިވާ ކަމެކެވެ. ހިތަށް އަސަރުކޮށް ރޮއްވައިލާނެ ފިލްމެއްކަން ވެސް އެނގެއެވެ.
ފިލްމުން އެންމެ ބޮޑަށް ފެނިގެންދާނެ އެއް ކަމަކަށް ވާނީ މަޖޫގެ އާދަޔާޚިލާފު މޮޅު އެކްޓިންއެވެ. އެކަން އޮތީ ޝޫޓިން ތެރެއިން ފެނިފައެވެ. އަނެއް ކަމަކީ މީގެ ކުރިން ދިވެހި ފިލްމެއްގައި ދައްކާފައިނުވާ އެތަކެއް މަންޒަރުތަކެއް މި ފިލްމުން ފެންނާނެއެވެ. އޭގެ ތެރޭގައި ލާމަސީލު ލާމު، އައްޑޫ ސިޓީ, ތުލުސްދޫ އަދި މާލޭ އޭރިއާގެ އިތުރުން ސިންގަޕޫރުގެ ހިތްގައިމު މަންޒަރުތަކެއް ފެންނާނެ އެވެ.
ފިލްމު “ނޮވެމްބަރ”ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!