އެޕްރީލް މަހުގެ 21 ގައި ނެރޭ ދިވެހި ފިލްމު ‘ތިޔަ ލޯތްބާ ދުރަށް’ ގެ ޕޯސްޓަރު އަދި ޓްރެއިލާ މިރޭ ރިލީޒްކޮށްފި އެވެ. މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ފިލްމުގެ ޓްރެއިލާ އަދި ޕޯސްޓަރު ރިލީޒް ކޮށްފައިވަނީ ފިލްމުގެ ޓީމާއި އެކީގައެވެ.
ސްރީ ލަންކާގައި ޝޫޓްކޮށްފައިވާ ފިލްމުގައި ލީޑް ރޯލުން ފެންނާނީ އަހުމަދު އަޒްމީލް (އަޒޭ) އާއި މަލީހާ ވަހީދު (މަލް) އެވެ. މީގެ އިތުރުން އަހުމަދު އަމަން (ޓޮމް) އާއި އޭނާގެ އަންހެނުން އަދި ބަތަލާ މަރިޔަމް ޝަހްޒާ ވެސް ފެނިގެން ދާނެ އެވެ. އަދި އަދި ލަންކާ ފިލްމީތަރި އުދޭނީ ވެސް މި ފިލްމުގައި ބައެއް ކުޅެ އެވެ.
މި ފިލްމުގެ ޑައިރެކްޓަރަކީ އަދި ވާހަކަ ލިޔެފައި ވަނީ މަރިޔަމް މޫސާއެވެ. ‘ތިޔަ ލޯތްބާއި ދުރަށް’ އަކީ މަރިޔަމް މޫސާ ޑައިރެކްޓްކޮށްފައިވާ ފުރަތަމަ ފީޗާ ފިލްމެވެ. މަރިޔަމް މޫސާ ލިޔެފައިވާ ވާހަކަތަކުގެ ތެރޭގައި “ހިތު ވިންދު”، “ސަޒާ”، “ސިއްރު” އަދި “ހިތުގެ އެދުން” ފަދަ މަގްބޫލު ދިވެހި ވާހަކަތައް ހިމެނެއެވެ.
މިއީ މަރިޔަމް މޫސާގެ ފިރިމީހާ އަދި ކުރީގެ ޑައިރެކްޓަރ ހުސައިން އާދިލްގެ ޕްރޮޑަކްޝަން ހައުސް އިން އުފައްދާ ފިލްމެކެވެ. ޕްރޮޑިއުސް ކުރަނީ ޓެކްނޯ މީޑިއާ އިންނެވެ. މި ފިލްމުގައި ހިމެނެނީ ހަތަރު ލަވައެވެ.
މި ފިލްމުގެ ޕްރޮމޯޝަނަލް ލަވަ މިހާރު ވަނީ އާންމުކޮށްފައެވެ. ޕްރޮމޯޝަނަލް ލަވަ ކިޔާފައި ވަނީ އަދި މިއުޒިކް ހަދާފައި ވަނީ އިބްރާހިމް ނިފާރް (ތިއްތި) އެވެ. ޅެން ހަދާފައި ވަނީ އިސްމާއިލް މުބާރިކެވެ.
ފިލްމު ކެމެރާކޮށްފައިވަނީ އަލީ ރަޝީދު (ގޮޅާ އައްޔަ) އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!