ދިވެހި ފިލްމް އެސޯސިއޭޝަނުން އިސްނަގައިގެން ފަލަސްތީނުގެ ހާލުގައިޖެހިފައިވާ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ކުރިއަށް ގެންދެވުނު ‘އިންސާނިއްޔަތަށްޓަކައި’ ހަރަކާތުން ޖުމްލަ 685,651.90 (ހަލައްކާ އަށްޑިހަ ފަސްހާސް ހަސަތޭކަ ފަންސާސް އެއް ރުފިޔާ ނުވަދިހަ ލާރި)، އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ)އާ ހަވާލުކޮށްފިއެވެ.

ފަންނާނުން ޖަމާކުރި ފައިސާ، އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ)އާ ހަވާލުކުރުމަށް ޚާއްޞަ ރަސްމިއްޔާތެއް ބޭއްވީ މިމަހު 22ވަނަ ދުވަހު އޮލިމްޕަސް ސިނަމާގައެވެ.

މިއީ ފަލަސްތީނާ ދެކޮޅަށް މިވަގުތު އިސްރާއީލުން ކުރިއަށްގެންދާ ގަތުލުއާމުގައި ހާލުގައިޖެހިފައިވާ ރައްޔިތުންނަށް ދިވެހި ފިލްމީ ފަންނާނުންގެ ފަރާތުން އިންސާނިއްޔަތަށްޓަކައި އެހީތެރިވުމަށް އިންތިޒާމު ކުރެވިގެން ހިންގި ހަރަކާތްތަކަކުން ހޯދި ފައިސާއެވެ. ދެ ހަފުތާއަށް ވުރެން ގިނަ ދުވަހަށް ދިގުދެމިގެންދިޔަ ހަރަކާތްތަކެއް ދިވެހި ފިލްމީ ފަންނާނުން ކުރިއަށްގެންދިޔަ އެވެ. އެގޮތުން ގޭގެއަށް ގޮސްގެން މަސައްކަތްކޮށްދިނުން، ޖަމްބްލް ސޭލް ބޭއްވުން، މަސް ބާނައިގެން މަސްވިއްކުން، ކުޑަކުދިންގެ ހަވީރު ބޭއްވުމުގެ އިތުރުން ފަންޑުފޮށި ބަހައްޓައިގެން ފައިސާ ހޯދުމުގެ އިތުރުން ފިލްމު ފެސްޓިވަލްއެއް ބާއްވައިގެން ފައިސާ ހޯދާފައިވެއެވެ.

ފިލްމީ ފަންނާނުން އިންތިޒާމުކުރި “އިންސާނިއްޔަތަށްޓަކައި” ހަރަކާތްތައް ރަސްމީކޮށް ފެށީ 27 އޮކްޓޫބަރު 2023، ހުކުރު ދުވަހު ހަވީރު 04:00ގައެވެ.

@shielanajeebއިންސާނިއްޔަތަށްޓަކާ ފަލަސްތީނުގަ ހާލުގަ ޖެހިފަ ތިބި އެންމެހާ ރައްއިތުންނަށްޓަކާ އަޅުގަނޑު މެންގެ މިމަސައްކަތައްގަ އެހީތެރިވި އެންމެހާ ބޭފުޅުންނަށް ހިތުގެ އެންމެ ފުންމިނުން ޟުކުރު އަދާކުރަން🇵🇸🇵🇸🇵🇸🇵🇸♬ original sound – Sharafkarthala1

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.