ދިވެހި ފިލްމު “ފަތިސްހަނދުވަރު” ފިޔަވައި އެންމެ ބޮޑު ތަރުހީބެއް ލިބިގެން ދިޔަ ލޯބީގެ ދިވެހި ބިރުވެރި ފިލްމު “އުދަބާނި”ގެ ސީކްއަލް “އުދަބާނި 2” ރިލީޒްކުރާނެ ތާރީޚް ހާމަކޮށްފި އެވެ. “އުދަބާނި 2” ރިލީޒްކުރާ ތާރީޚް މުނިއަވަސް މެދުވެރިކޮށް ފިލްމުގެ ޑައިރެކްޓަރ އަމްޖަދު އިބްރާހީމް (އަމްޖޭ) ހާމަކުރީ ފިލްމުގެ ޝޫޓިން ކުރިއަށްދާ ރ. މާކުރަތުގައި ހުރެ، މިމަހު 25 ވަނަ ދުވަހު އެވެ.

“ވަރަށް އުއްމީދުކުރަން އަޅުގަނޑުމެން ކަނޑައަޅާފަ އޮތް ޑޭޓަށް އޮލިމްޕަހުގަ ފިލްމު ސިނަމާކުރެވޭނެ ކަމަށް، އެއީ ސެޕްޓެމްބަރު މަހުގެ 15ގަ އިރާދަކުރެއްވިއްޔާ ފިލްމު ރިލީޒްވާނެ.”

– ޑައިރެކްޓަރ އަމްޖަދު އިބްރާހީމް 

ހާމިދު ޢަލީގެ ލާރނާސް ޕްރޮޑަކްޝަނުން އުފައްދާ ލޯބީގެ ބިރުވެރި ފިލްމު “އުދަބާނި 2″ގެ ޝޫޓިންއަށް ފިލްމުގެ ކާސްޓުންނާއި ކްރޫ ދެވަނަ ބުރަކަށް ރ. މާކުރަތަށް ދިޔައީ މިމަހު 25 ވަނަ ދުވަހު އެވެ. ރ. މާކުރަތުގައި ހުރެ ފިލްމުގެ މަސައްކަތްތަކުގެ އެންމެ ފަހުގެ އަދާހަމަތައް މުނިއަވަސްއާ ހިއްސާކުރަމުން ޑައިރެކްޓަރ އަމްޖަދު އިބްރާހީމް (އަމްޖޭ) ބުނީ ފިލްމުގެ ޝޫޓިންގެ ބާކީ ހުރި ހުރިހައި ބައެއް މިފަހަރު ނިންމާލާނެ ކަމަށެވެ.

“އިރާދަކުރެއްވިއްޔާ ފިލްމު އެއްކޮށް ނިންމައިގެން އަޅުގަނޑުމެން މިކޮޅުން ދާގޮތަށް އޮތީ. ވަރަށް އުއްމީދުކުރަން މިފަހަރު ފިލްމު އެއްކޮށް ނިންމާލެވޭނެ ކަމަށް.”

– ޑައިރެކްޓަރ އަމްޖަދު އިބްރާހީމް 

“އުދަބާނި 2″ގެ ޝޫޓިން ކުރިއަށް ދިޔަ ދުވަސްވަރު ފިލްމުގެ މުހިންމު ރޯލަކުން ފެނިގެންދާ އެކްޓަރ ޢަލީ އާޒިމް (ދޮން އައްޔަ) ސައިކަލް އެކްސިޑެންޓެއްގައި އަނިޔާވުމުގެ ސަބަބުން އައްޔަ ކުޅެން އޮތް ބައިގެ ޝޫޓިންތައް ފަސްކޮށްލަން ޖެހުނެވެ.

ފިލްމު “އުދަބާނި 2″ގެ ޝޫޓިންއަށް ފިލްމު ކްރޫ ރ. މާކުރަތަށް ދަތުރުކުރަނީ – ފޮޓޯ: ޓީމް އުދަބާނި

“އަޅުގަނޑުމެން އުދަބާނީގެ ދެވަނަ ބައި ނަގަން، ދެވަނަ ބައިގެ ދެވަނަ ބުރަށް ޝޫޓިންއަށް މިހާރު މާކުރަތަށް އައިސް މިތިބީ އައްޔަ ރަނގަޅުވެގެން.

– ޑައިރެކްޓަރ އަމްޖަދު އިބްރާހީމް 

“އުދަބާނި 2″ގެ ޝޫޓިންއަށް ދެވަނަ ބުރަކަށް މާކުރަތަށް ދިޔައިރު، ފިލްމުގެ އެޑިޓިންގެ ބޮޑު ބައެއް ވެސް ވަނީ ނިންމާލާފައެވެ. ފިލްމު އެޑިޓްކުރަނީ ފިލްމީ ދާއިރާގެ ތަޖުރިބާކާރެއް ކަމުގައިވާ އަލީ މުސްތަފާ (ސެމީ) އެވެ. ސެމީ މުސްތަފާ އަކީ ފަސްވަނަ ގައުމީ ފިލްމް އެވޯޑް ގައި ވާލޯބި އެނގޭނަމަ (ފިލްމް) އިން އެންމެ މޮޅު އެޑިޓަރުގެ ރަން ވަނަ ހާސިލްކޮށްފައިވާ ތަޖުރިބާކާރު ފިލްމު އެޓިޓަރެކެވެ.

“މިހިސާބަށް ފިލްމުގެ މަސައްކަތް ދިޔައިރުގަ ފިލްމުގެ އެޑިޓިންގެވެސް އެއްގަޑި ފަންސާސްވަރަކަށް މިނެޓް މިހާރު ވަނީ އެޑިޓްކޮށްވެސް ނިމިފަ.

– ޑައިރެކްޓަރ އަމްޖަދު އިބްރާހީމް 

މި ފިލްމުގެ ލީޑުން ފެނިގެންދާނީ އަޙްމަދު އީސާ (އާނަންދު)، އާމިނަތު ސުހާ، ހާމިދު ޢަލީ، ޢަލީ އާޒިމް (ދޮން އައްޔަ)، ނަތާޝާ، ޝަމީލް، މަރްޔަމް ހަލީމް، ޝަކީލާގެ އިތުރުން ވަހީދު އެވެ.

ފިލްމު “އުދަބާނި 2″ގެ ޝޫޓިންއަށް ދޮންއައްޔަ އަދި ހާމިދު ރ. މާކުރަތަށް ދަތުރުކުރަނީ – ފޮޓޯ: ޓީމް އުދަބާނި

“އުދަބާނި 2” ޝޫޓްކުރަނީ އުދަބާނިގެ ފުރަތަމަ ބައި ޝޫޓްކުރި ރަށް، ރ. މާކުރަތު ގައެވެ. އެހެންކަމުން އުދަބާނިން ފެނިގެން ދިޔަ މާކުރަތަށް ނިސްބަތްވާ މުހިންމު ބައެއް ފަރާތްތައް “އުދަބާނި 2″ގައި ވެސް ހަރަކާތްތެރިވެފައިވެއެވެ.

ފިލްމު “އުދަބާނި 2″ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އޮންލައިން އެވެ.

@muniavas UDHABAANI 2 – Shooting commences #udhabaani #udhabaani2 @Amjey Ibrahim @amjadibrahimdidi #muniavasnews #fypシ゚viral #foryou #fypシ #fyp #foryoupage #viralvideo #fvpviral #dhivehitiktok #onlinemedia ♬ Creepy horror sound – TOKU SPACE MUSIC

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.