ޑާކް ރެއިން އެންޓަޓެއިންމެންޓުން މިމަހު 04 ވަނަ ދުވަހުގެ ރޭ ރިލީޒްކުރާ ލޯބީގެ ފިލްމު “ނޮވެމްބަރ“ގެ ޕްރިމިއާ އިވެންޓްގައި ބައިވެރިވުމަށް، މި ފިލްމުގެ މުހިންމު ރޯލަކުން ފެނިގެންދާ ކުރީގެ ލިޖެންޑަރީ ތަރި އިސްމާޢީލް ވަޖީހް ރޭ މާލެ އަތުވެއްޖެއެވެ. ވަޖީހްގެ އިތުރުން މި ފިލްމުގައި ހަރަކާތްތެރިވެފައިވާ ވަޖީހްގެ ދަރިފުޅު ތަރީޝް ވެސް އައެވެ.
ވެލާނާ އެއާޕޯޓުން ވަޖީހް އަދި އޭނާއާ އެކު އައި އިތުރު ބައިވެރިންނަށް މަރުހަބާ ކިޔީ ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ޓީމުންނެވެ. އެގޮތުން ފިލްމު “ނޮވެމްބަރ“ގެ އެއް ޕްރޮޑިއުސަރ މުހައްމަދު އަލީ (މޮގާ) ވެސް އެއާޕޯޓުން ފެނިގެންދިޔަ އެވެ.
ވަޖީހު އާއި އެކު، ތަރީޝް އިސްމާއިލްގެ އިތުރުން އެ އާއިލާއަށް ނިސްބަތް އިތުރު ތިން މީހުންވެސް އައެވެ.
ފިލްމު “ނޮވެމްބަރ“ގައި ވަޖީހް ކުޅެފައިވަނީ ފިލްމުގެ މައިގަނޑު ވާހަކައާއި ވަރަށް ބޮޑަށް ގުޅުންހުރި ރޯލެކެވެ. ހަމަ އެހެންމެ ތަރީޝް އިސްމާޢީލް ކުޅެފައިވަނީވެސް ހަމަ އެހާމެ މުހިންމު ރޯލެކެވެ.
މަރިޔަމް މަޖުދާ އަދި ޖުމައްޔިލް ނިމާލް ލީޑު ރޯލުން ފެނިގެންދާ
ފިލްމު “ނޮވެމްބަރ“ގެ ޝޫޓިންތައް ނެގީ ސިންގަޕޫރު، އައްޑޫ އަދި ލ. އަތޮޅުގެ ބައެއް ރަށްރަށާއި ތުލުސްދޫގެ އިތުރުން މާލޭ ސަރަހައްދުގައެވެ.
މި ފިލްމުން ވަޖީހްގެ މުހިންމު ކެރެކްޓަރ އެއް ފެންނާނެ އެވެ. މިއީ އެތަކެއް އަހަރުތަކެއް ފަހުން ދިވެހި ފިލްމެއްގައި ވަޖީހް ހަރަކާތްތެރިވި ފިލްމެވެ.
ފިލްމުގެ ޓިކެޓް ވިއްކުމަށް ހެނދުނު 10:00 އިން ފެށިގެން ރޭގަނޑު 10:00އާއި ދެމެދު އޮލިމްޕަހުގެ ޓިކެޓް ކައުންޓަރުން ހުޅުވިފައި ހުންނާނެ އެވެ. އިތުރު މަޢުލޫމާތު ހޯދުމަށާއި ޓިކެޓް ނަން ނޯޓްކުރުމަށް 9911229 ނަންބަރަށް ވައިބަރ، ވަޓްސްއެޕް ނުވަތަ އެސްއެމްއެސް އަކުން މުޢާމަލާތުކުރެވޭނެ އެވެ.
ޓިކެޓްގެ އަގުތައް:
🎫 ޕްރިމިއަރ ޝޯ – 200 ރުފިޔާ
🎫 އާއްމު ޝޯތައް – 150 ރުފިޔާ
🎦ފިލްމު “ނޮވެމްބަރ“ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އޮންލައިން
@muniavas Ismail Wajeeh Male’ Athuvejje – #november_themovie #maldives #dhivehilava #dhivehisong #fvpviral #tiktok #fypシ゚viral #foryou #fypシ #fyp #viralvideo #foryoupage #ismailwajeeh @Dark Rain Entertainment ♬ Breaking News, TV Shows, Report, Broadcast, Live, Serious, Business, World(1323125) – SAKUMAMATATA
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!