ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ޑްރީމް ޕްރޮޖެކް، ފިލްމު “ނޮވެމްބަރ” މިރޭ އޮލިމްޕަހުގައި ރިލީޒްކުރާނެ އެވެ. ދިގު އިންތިޒާރަކަށް ފަހު މިރޭ ރިލީޒްކުރާ މި ފިލްމަކީ ލޯބިވާ މީހަކު ހޯދުމަށް މީހަކު ވާ މަތިވެރި ޤުރުބާނީއެއް ދައްކުވައިދޭ އަސަރުގަދަ ލޯބީގެ ފިލްމެކެވެ. ފިލްމުން ފެނިގެންދާނެ ހިތްގައިމު މަންޒަރުތަކުގެ އިތުރުން، ލޯބީގެ މި ވާހަކައިގެ ތެރެއިން ވަރަށް ސެންސިޓިވް އިޝޫއެއް ގެނެސްދީފައިވާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.

ފިލްމު “ނޮވެމްބަރ“ގެ ޕްރިމިއާ ހަފުލާގައި ބައިވެރިވުމަށް، މި ފިލްމުގެ މުހިންމު ކެރެކްޓަރއެއް ކުޅެފައިވާ ރާއްޖޭގެ ލިޖެންޑަރީ ފިލްމީ ތަރި އިސްމާޢީލް ވަޖީހް ވެސް އިއްޔެ ރޭ ސިންގަޕޫރުން މާލެ އައިސްފައިވެއެވެ.

މިއީ މަރިޔަމް މަޖުދާ އަދި ޖުމައްޔިލް ނިމާލް ލީޑު ރޯލުން ފެނިގެންދާ ފިލްމެކެވެ. މި ފިލްމުގެ ސްކްރިޕްޓް ލިޔުނީ އައިޝަތު ފުއާދު ތައުފީގު އަދި އަހްމަދު ތޮލާލެވެ. ޑައިރެކްޓް ކުރަނީ އަލީ ޝިފާއު (ޗިއްޕެ) އަދި އައިޝަތު ފުއާދެވެ.

މި ފިލްމަކީ ގިނަ ލޮކޭޝަންތަކެއްގައި ޝޫޓްކޮށްފައިވާ ފިލްމެކެވެ. އެގޮތުން ސިންގަޕޫރުގެ ހިތްގައިމު މާހައުލުތައް މި ފިލްމުން ފެނިގެންދާނެ އެވެ. މަރިޔަމް މަޖުދާގެ ފިލްމީ ކެރިއަރުގައި މީގެ ކުރިން ދައްކާފައި ނުވާ ތަފާތުކަން ބޮޑު، ހުނަރުވެރި އެކްޓިންތަކެއް ފިލްމުން ފެންނާނެ އެވެ. ތަފާތު ލުކް ތަކެއްގައި މަޖޫ މި ފިލްމުން ފެންނާނެއެވެ.

ހެނދުނު 10:00 އިން ފެށިގެން ރޭގަނޑު 10:00އާއި ދެމެދު އޮލިމްޕަހުގެ ޓިކެޓް ކައުންޓަރުން ފިލްމުގެ ޓިކެޓް ގަންނަން ލިބެން ހުންނާނެ އެވެ. ޓިކެޓް ބްކްކުރުމަށް 9911229 ނަންބަރަށް ވައިބަރ ނުވަތަ ވަޓްސްއެޕް މެދުވެރިކޮށް މެސެޖްކޮށްލުމުން ކުރިއަށް ދެވެނޭއެވެ.

🎦ފިލްމު “ނޮވެމްބަރ“ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އޮންލައިން

ފިލްމުގެ ލީޑް މަޖޫ، މި ފިލްމުގެ މަސައްކަތްކުރި ދުވަސްވަރުގެ ތަޖުރިބާތަކާއި އިތުރު ވާހަކަތަކެއް ހިމެނޭ ޚާއްޞަ އިންޓަވިއުއެއް މުނިއަވަސް ޓިކްޓޮކުން ގެނެސްދޭ “ފަންނީ ވާހަކަ”އިގެ ދެވަނަ އެޕިސޯޑްގައި ގެނެސްދޭނެއެވެ. ޓްރެއިލާ މިއޮތީއެވެ.

@muniavas Majoo aa Eku FanneeVaahaka – Trailer #FanneeVaahaka #dhivehifilm @Dark Rain Entertainment @M mazda @majoo @Mohamed Jumayyil @Ahmed Annaarey Rasheed @Ahmed Rasheed #dhivehisongs #dhivehitiktok #muniavasnews #fyp viral #foryou #foryou #fyp> #fyp #foryoupage #viralvideo ♬ original sound – MUNIAVAS

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.