މި ފިލްމަކީ ޑާކް ރެއިން އެންޓަޓެއިންމެންޓުން މިހައިތަނަށް އުފެއްދި އެންމެ އަގުބޮޑު ފިލްމެވެ. އެމީހުންގެ ޑްރީމް ޕްރޮޖެކްޓެވެ. އެއީ އެ ފިލްމެއްގެ ރިލީސިންއަށް އެންމެ ދިގު އިންތިޒާރު ކުރުވި ފިލްމެވެ.

ހިތްގައިމު ވާހަކައެވެ. ބޮލީވުޑް ސްޓައިލާއި ދުރު، މެލޯޑްރާމާކަން ކުޑަ، ނުވަތަ މެލޯޑްރާމާ ނެތް، އެހެނަސް އަސަރުގަދަ ލޯބީގެ ފިލްމެކެވެ. ރޮމޭންޓިކް ފެއަރީ ޓޭލްސް ޓައިޕްގެ ފިލްމެކެވެ. ސިންޑްރެއްލާ، ސްނޯވައިޓް އަދި ރެޕަންޒިލަށް ދިމާވާ ޓްރެޖިކް ހާދިސާއަށް ވުރެން މާ ވަރުގަދަ ޓްރެޖެޑީއަކާއި ކުރިމަތިލާން ޖެހޭ އަމީރާގެ ހަޔާތުގެ ކަޅާއި ހުދުގެ މަންޒަރުތަކުން ފިލްމު ބެލުންތެރިން ރޮއްވައިލި ފިލްމެެކެވެ. މިއީ ޑާކް ރެއިން އެންޓަޓެއިންމެންޓުން މި އަހަރު ޑިސެމްބަރު ހަތަރޭއްގައި ގެނައި “ނޮވެމްބަަރ”އާ މެދު ފާހަގަކޮށްލެވޭ ބައެއް ކަންކަމެކެވެ.

ފިލްމު “ނޮވެމްބަރ” އަށް، ރާއްޖޭގެ 10 މީޑިއާއަކުން މިވަނީ 04 ތަރީގެ ރޭންކިންއެއް ދީފައެވެ. ރޭންކިން ދީފައިވާ މީޑިއާތަކުގެ ތެރޭގައި މުނިއަވަސްގެ އިތުރުން ވަގުތު އޮންލައިން، ދިވެހި އެފްއެމް، އެސްއެސްޓީވީ، ޓީވީއެމްގެ ‘ފިލްމީ އުދަރެސް’، ތީރު، ވޮއިސް، އައްޑޫ އޮންލައިން، މި އޮންލައިން އަދި ދަ ޕްރެސް ހިމެނެއެވެ. ގިނަ މީޑިއާތަކަކުން ރޭންކިން ދީފައިވާ މި ފިލްމަށް ބެލުންތެރިންގެ ފައްސި ކޮމެންޓްތައް އޮހެމުން އަންނަކަން ވެސް ފާހަގަކޮށްލެވެއެވެ.

ފިލްމު ބެލި ފަރާތްތަކުގެ ތެރެއިން ފިލްމީ ދާއިރާއަށް ނިސްބަތްވާ ބައެއް ފަރާތްތަކާާ މުނިއަވަސް އިން ވާހަކަދައްކައިލާ ނެގި ކޮމެންޓް ވީޑިއޯތައް މުނިއަވަސް ޓިކްޓޮކްގައި ޝާއިއުކޮށްފައިވާނެއެވެ. މި ކޮމެންޓްތަކުގެ ތެރެއިން ކުރީގެ މަޝްހޫރު ފިލްމީ ތަރި އަދި މުނިއަވަސް އޮންލައިންގެ ވީވީއައިޕީ މެންބަރު ޢާއިޝަތު ޝިރާނީގެ ކޮމެންޓް ވަނީ ރާއްޖޭގެ ބައެއް މީޑިއާތަކުގެ މުނިފޫހިފިލުމުގެ ޚަބަރުތަކުގެ ފަލަ ސުރުޚީއަށް ވެސް އަރާފައެވެ.

@muniavas @aishathshirani Exclusive on #november_themovie #dhivehifilm #dhivehisongs #dhivehitiktok #muniavasnews #fypシ゚viral #foryou #fypシ #fyp #foryoupage #viralvideo #Dhivehifilms #DhivehifilmIndustry #MaldivesCelebrities @Dark Rain Entertainment ♬ original sound – MUNIAVAS

ހެނދުނު 10:00 އިން ފެށިގެން ރޭގަނޑު 10:00އާއި ދެމެދު އޮލިމްޕަހުގެ ޓިކެޓް ކައުންޓަރުން ފިލްމުގެ ޓިކެޓް ގަންނަން ލިބެން ހުންނާނެ އެވެ.

ޓިކެޓް ބްކްކުރުމަށް 9911229 ނަންބަރަށް ވައިބަރ ނުވަތަ ވަޓްސްއެޕް މެދުވެރިކޮށް މެސެޖްކޮށްލުމުން ކުރިއަށް ދެވެނޭއެވެ.

🎦ފިލްމު “ނޮވެމްބަރ“ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އޮންލައިން

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.