އައިފިލްމްސްގެ ތިންވަނަ ފީޗާ ފިލްމު “ކަންބަޅި“ގެ ޝޫޓިންގެ ދެވަނަ ޝެޑިއުލް 06 ޑިސެމްބަރު 2023ގައި ފަށައިފިއެވެ. މި ފިލްމުގެ ޝޫޓިން ފެށީ މިއަހަރު އޮކްޓޯބަރު މަހުގައެވެ. ނޮވެމްބަރު މަހު ޝޫޓިން މެދުކަނޑައިލީ ފިލްމު “ފްރީ ޑެލިވަރީ” ސިނަމާކުރުމުގައި އުޅެން ވަގުތުދިނުމަށެވެ.

ބިރުވެރި ފިލްމު “ކަންބަޅި” ވެސް ލިޔެ ޑައިރެކްޓްކުރަނީ އިލްޔާސް ވަހީދު (އިއްލެ)އެވެ. އިއްލެގެ އިތުރުން އަޙްމަދު އިފްނާޒް ވެސް މި ފިލްމުގެ ޑައިރެކްޓްކުރުމުގައި ހަރަކާތްތެރިވެއެވެ.

ބިރުވެރި ފިލްމު “ކަންބަޅި” ކާސްޓްގައި ހިމެނޭ މުހިންމު ތަރިންގެ ތެރޭގައި ނުޒުހަތު ޝުއައިބް، ވާޝިޔާ މުޙައްމަދު، ޝަރަފުއްދީން އަބްދުﷲ އަދި އަޙްމަދު އިފްނާޒް ފިރާޤް ހިމެނެއެވެ. މީގެ އިތުރުން އަލަށް ތައާރަފުވާ ތުއްތު އާޓިސްޓް، އުމުރުން 6 އަހަރުގެ ސާރާ ބިންތު މުހައްމަދު ފާރިޤްގެ މުހިންމު ރޯލެއްވެސް މި ފިލްމުން ފެނިގެންދާނެ އެވެ. އެގޮތުން ސާރާ ފެނިގެންދާނީ ފިލްމުގެ ލީޑްގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު ކެރެކްޓަރއަކުން ކަމަށް އައިފިލްމްސް އިން ބުނެއެވެ.

ފިލްމު “ކަންބަޅި” ޝޫޓިން ތެރެއިން – ފޮޓޯ: އައިފިލްމްސް

ކަންބަޅި“ން ފެނިގެންދާނެ ފާހަގަކޮށްލެވޭ އިތުރު ތަރިންގެ ތެރޭގައި ތާތި އާދަމް، މުޙައްމަދު އަފްރާހް، މޫސާ އަލީފް، ހާޒިފް މުހައްމަދު، އަލަށް ތަޢާރަފުވާ މުހައްމަދު އިޝްފާން، އަލީ ނަދީހް (ޗަންނަ)، މުހައްމަދު ނަޖަހް އަހްމަދް ރައޫފް، ހުސައިން ސާމިހް މުހައްމަދު، ވިކީ، ފާތުމަތު ލަތީފާ، ދީނާ އަޙްމަދު (ޖެރީ) ހިމެނެއެވެ.

އާސިމް އަލީ އަދި އިލްޔާސް ވަހީދު ޕްރޮޑިއުސްކުރާ މި ފިލްމުގެ މިއުޒިކް ހަދަނީ ފިލްމު “ފްރީ ޑެލިވަރީ”ގެ ހިތްގައިމު މިއުޒިކް ހެދި ޝަހީދު ލިގެސީ އެވެ. ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތްކުރަނީ އިއްލެގެ “ބަވަތި” އަދި “ނީނާ”ގެ ވެސް އެ މަސައްކަތްތައްކުރި އޯކޭޒް އިންކް އެވެ. ހަމަ އެހެންމެ ކެމެރާ ކުރަނީވެސް މި ބުނި ފިލްމުތައް ކެމެރާކުރި ތަޖުރިބާކާރު އަދި ޒުވާން ކެމެރާމަން ޝިވާޒް (މާސްކޭ) އެވެ.

ފިލްމުގެ ކާސްޓްގައި ހިމެނޭ ތާތި އާދަމް އަކީ މި ފިލްމުގެވެސް ޕްރޮޑަކްޝަން މެނޭޖަރެވެ.

ފިލްމު “ކަންބަޅި“ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އޮންލައިން

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.