ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ލޯބީގެ ފިލްމު “ނޮވެމްބަރ”ގެ ޚަބަރުތައް ސުރުޚީތަކަށް އަރަމުން ދަނީ ވަރަށް ތަފާތު ގޮތަކަށެވެ. ޑިސެމްބަރު މަހު ނޮވެމްބަރ އަންނަ ވާހަކައެވެ. ނޮވެމްބަރ އައްޑުއަށާ ކުޅުދުއްފުއްޓަށް ދާ ވާހަކައެވެ. އަނެއްކާވެސް މިއޮތީ އެފަދަ ތަފާތު ސުރުޚީއެކެވެ. މިފަހަރު “ފިލްމު ‘ނޮވެމްބަރ’ އުދުހެން ފަށަނީ”އެވެ.

އާނއެކެވެ. “ފިލްމު ‘ނޮވެމްބަރ’ އުދުހެން ފަށަނީ”އެވެ. އަދި އެވެސް ރަޝިޔާ ބަހުންނެވެ. މިބުނީ ފިލްމު “ނޮވެމްބަރ” ރަޝިޔާ ބަހުން ޑަބްކޮށްގެން ބައިނަލްއަޤްވާމީ އެއަރލައިނެއްގެ އިންފްލައިޓް އެންޓަޓެއިންމެންޓް ލިސްޓްގައި ހިމަނަނީ އެވެ.

🇶 ވެގެން މިއުޅެނީ ކީއް؟

ޑާކް ރެއިން އެންޓަޓެއިންމަންޓުން އުފައްދާފައިވާ ‘ނޮވެމްބަރ’ ވެގެން މިދަނީ ފުރަތަމަ ފަހަރަށް ބައިނަލްއަޤްވާމީ އެއަރލައިނެއްގެ އިންފްލައިޓް އެންޓަޓެއިންމަންޓް ލިސްޓެއްގައި ހިމެނިގެންދާ ދިވެހި ފިލްމުގެ ގޮތުގައެވެ. ރަޝިޔާ ބަހުން ޑަބްކޮށް, އެއަރ އަސްޓާނާގައި, މިއަންނަ ޖެނުއަރީން ފެށިގެން ފެބްރުއަރީ މަހުގެ ނިޔަލަށް, މި ފިލްމު ދައްކަމުންދާނެއެވެ.

“މިފަދަ ފުރުސަތެއް ފަހިކޮށްދިނީތީ, ޑާކްރެއިން އެންޓަޓެއިންމަންޓުގެ ފަރާތުން, ޑީ.އައި.އެފް.އީ.އެސް ގެ ޓީމަށް ވަރަށް ޚާއްސަ ޝުކުރެއް އަދާކުރަން.

އަދި މިގޮތަށް ފްލައިޓެއްގައި ދިވެހި ފިލްމެއް ފުރަތަމަ ފަހަރަށް ދެއްކުމުގެ ފުރުސަތު މި ކުންފުންޏަށް ލިބިގެންދިޔަކަމާ, އެފިލްމަކީ ‘ނޮވެމްބަރ’ އަށް ވެގެން ދިޔަކަމީ އަޅުގަނޑުމެން ވަރަށް ފަޚުރުވެރިވާ ކަމެއް.”

– ޑާކް ރެއިން އެންޓަޓެއިންމެންޓް

އާނއެކެވެ. މިއީ ދިވެހީންނަށް ވެސް ލިބިގެންދާ ފަޚުރެކެވެ. ދިވެހި ފިލްމެއް ފުރަތަމަ ފަހަރަށް ބޭރުގެ މަތިންދާ ބޯޓެއްގައި އުދުހެމުން، ފަސިންޖަރުންގެ މުނިއަވަސްފިލުވައިދޭން ތައްޔާރުވީއެވެ.

“އުންމީދަކީ ކުރިއަށް އޮތް ތަނުގައި ޑާކްރެއިން އެންޓަޓެއިންމަންޓުގެ އިތުރު ފިލްމުތަކެއް އެއަރ އަސްޓާނާގައި ދެއްކިގެން ދިއުން.”

– ޑާކް ރެއިން އެންޓަޓެއިންމެންޓް

މުނިއަވަސް ޓީމާއި ދިވެހީންގެ އުންމީދަކީވެސް ތިއެވެ. އަދި އޭގެ އިތުރުން ދިވެހި އެހެން ފިލްމުތައްވެސް ތިގޮތަށް އުދުހެން ފެށުމަކީ ހަމަ ގައިމުވެސް ދިވެހީންނަށް ލިބޭނެ ޝަރަފެކެވެ.

04 ޑިސެމްބަރު 2023ގައި އޮލިމްޕަހުގައި ދައްކަން ފެށި ފިލްމު “ނޮވެމްބަރ”ގެ ކާމިޔާބު ޝޯތަކެއް އޮލިމްޕަހުގައި ކުރިއަށްދާއިރު، ރާއްޖޭގެ ބައެއް ރަށްރަށުގައިވެސް މި ފިލްމު ދައްކަމުން އެބަދެއެވެ. ހަމަ އެހެންމެ އިތުރު ރަށްރަށަށް ޝެޑިއުލްކުރަމުންވެސް އެބަ ދެއެވެ.

ރާއްޖޭގެ 10 މީޑިއާއަކުން މި ފިލްމަށް ހަތަރު ތަރީގެ މިންކުރުމެއް ދީފައިވާއިރު، އެއް މީޑިއާއަކުން މި ފިލްމަށް ފަސްތަރީގެ މިންކުރުމެއް ދީފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.
ނުވަތަ އެސްއެމްއެސް އަކުން މުޢާމަލާތުކުރެވޭނެ އެވެ.

ފިލްމު “ނޮވެމްބަރ“ އާމެދު ބެލުންތެރިން ދީފައިވާ ކޮމެންޓްތައް، ޑާކް ރެއިން އެންޓަޓެއިންމެންޓްގެ މީސްމީޑިއާ މަންސަތަކުގެ އިތުރުން، މުނިއަވަސް ޓިކްޓޮކުން ވެސް ގިނަ ކޮމެންޓްތަކެއްގެ ވީޑިއޯ ބަލައިލެވޭނެ އެވެ.

🎦ފިލްމު “ނޮވެމްބަރ“ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އޮންލައިން

@muniavas Thareesh Ismail Exclusive on #november_themovie #dhivehifilm #dhivehisongs #dhivehitiktok #muniavasnews #fypシ゚viral #foryou #fypシ #fyp #foryoupage #viralvideo #Dhivehifilms #DhivehifilmIndustry #MaldivesCelebrities ♬ original sound – MUNIAVAS

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.