މޯލްޑިވްސް ފިލްމު އެސޯސިއޭޝަންގެ ހިންގާކޮމެޓީގެ އައު ދައުރަކަށް މެންބަރުން ހޮވުމަށް ބާއްވަން ތައްޔާރުވަމުން އަންނަ އިންތިޚާބު ވެފައި މިވަނީ ވާދަވެރި އިންތިޚާބަކަށެވެ. ރަށުތެރެއިން ކެމްޕޭނު ޕޯސްޓަރުތައް ނުފެނުނަސް، ފިލްމީ ފަންނާނުން ހިމެނޭ ވައިބަރ ގްރޫޕްތަކުގައި ހަމަ ގައިމުވެސް ވަރަށް ފޯރިގަދައެވެ. ވަކީން ޚާއްޞަކޮށް، ވައިސް ޗެއާރޕާސަންގެ މަޤާމު މިވަނީ ގަދަ ހިފުމަކަށް ގޮސްފައެވެ.
ފިލްމު އެސޯސިއޭޝަންގެ ވައިސް ޗެއާރޕާސަންގެ މަޤާމަށް ކުރިމަތިލާފައިވަނީ ފިލްމީ ދާއިރާއަށް ޚިދުމަތްކުރަމުން އަންނަ ތިން ފަރާތެކެވެ. އޭގެ ތެރެއިން ފަރުދާގެ ފުރަގަހުގައި މަސައްކަތްކުރާ ނުވަތަ ސްކްރީނުން ނުފެންނަ ޚިދުމަތްތެރިއެއްވެސް މިވަނީ ކުރިމަތިލާފައެވެ.
🇶 މި ދައްކަނީ ކާކުގެ ވާހަކައެއް؟
ނަމަކީ އަޙްމަދު ނަޢީމް އެވެ. އާއްމުކޮށް ކިޔައި އުޅޭ ނިކްނޭމްއަކީ “އެމޯ” އެވެ. ފިލްމީ ދާއިރާއަށް އޮންނަ ލޯތްބަކީ އެމޯ މިފަހަރު ވައިސް ޗެއާޕާސަން ކަމަށް ކުރިމަތިލި މައިގަނޑު ސަބަބުތަކުގެ ތެރެއިން ސަބަބެކެވެ.
އެމޯގެ ކެންޑިޑޭޓް ނަންބަރަކީ 01
🇶 “އެމޯ” މި ދާއިރާއަށް ކޮށްދިނީ ކޮންކަމެއް؟
✅ ރާއްޖޭގެ ހުރިހައި ފިލްމީ ފަންނާނުންނާއި, މިޔުޒިޝަނުން ޝާމިލްވެގެން ސުނާމީ ކާރިސާގައި ގެއްލުން ލިބުނު ފަރާތަކަށް އެހީވުމަށް ބޭއްވިހަރަކާތްތަކުގެ “މާރކެޓިނގް ކޯޑިނޭޓަރ”ކަން ކޮށްފައިވޭ.
✅ ދިވެހި ދެ ފިލްމަށް (ފައްތާހު ޑައިރެކްޓްކުރި) “އީ, އެމް, އޭ ޕްރަޑަކްޝަން” ގެ ދެ ފިލްމުގެ މާރކެޓިންގް ހެޑް ކަން ކުރިއެވެ. އެ ފިލްމުތައް ސޮޕޮންސަރ ކުރެވިފައިވަނީ, ފިލްމެއް 100,000.00 އަށެވެ. ޖުމްލަ 200,000.00 (ދެލައްކަ ދިވެހި ރުފިޔާ)
✅ ފަންނުގެ ނަމުގައި (ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ހުޅުވާލައިގެން) މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ގުޅިގެން ހިންގި ކުރެހުމުގެ މުބާރާތެއް ބޭއްވުން
✅ އެމޯކީ 6 މެމްބަރުން ހިމެނޭ އޯރގަނައިޒޭޝަން ކޮމެޓީގެ އޯރގަނައިޒޭޝަން މެމްބަރެއް
✅ “ސަލާމް ސްކޫލު”ން އިންތިޒާމްކުރި 84 މީހުންގެ މައްޗަށް އެކުލެވޭ އެމެރިކާގެ އޮކެސްޓްރާ ޝޯއެއް ރާއްޖޭގައި ބާއްވާ ހިންގުމުގެ “ޕޮރަޑަކްޝަން އޮގަނައިޒަރ” ކަން އެމޯ ކޮށްފައިވޭ
✅ “މޯލްޑިވްސް އިވެންޓް, މެނޭޖްމެންޓް އެންޑް މާރކެޓިންގް އޯރގަނައިޒޭޝަން” ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރގެ ހައިސިއްޔަތުން, އިންޑިޔާގެ އިންޓަނޭޝަނަލް ސޫކޫލެއް ކަމުގައިވާ “އިންސޮމްނިޔާ އޮފް ޕްރޯސްކޫލް އޮފް ޑިސްކް ޖޯކީ” (ޑީ, ޖޭ) އާއި ގުޅިގެން 21 ދުވަހުގެ ޑިސްކްޖޮކީ ކޯހެއް ފަރުމާކޮށް ހިނގާފައިވޭ. މިކޯސް ހިންގައިދިނުމަށް ގެނެސްފައި ވަނީ އޭރު ކަރްނާޓަކާގެ ވެރިކަންކުރާ ބެންގަލޫރުގެ އޭރުގެ އެންމެ މަޝްހޫރު ދެ ޑިސްކްޖޮކީގެ މާހިރުންނެވެ.
✅ ރާއްޖޭގެ ފިލްމީ އެސޯޝިއޭޝަނުން އިސްނަގައިގެން މިފަހުން “އިންސާނިއްޔަތަށްޓަކައި” ނަމުގައި ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި ހިންގުނު ހަރަކާތުގެ މާރކެޓިންގް ކޯރޑިނޭޓަރކަން ވެސް ‘އެމޯ’ ކޮށްފައިވެއެވެ.
🇶 ކީއްވެ “އެމޯ” އަށް ވޯޓުދޭންވީ؟
ރާއްޖޭގެ ފިލްމު އިންޑަސްޓްރީއާ މެދު އަހްމަދު ނަޢީމް (އެމޯ) ދެކެމުން އަންނަ ހުވަފެންތަކެއް އެބަހުުއްޓެވެ. އެ ހުވަފެންތައް ޙަޤީޤަތަކަށް ވެއްޖެ ނަމަ، ހަމަ ގައިމުވެސް ފައިދާކުރާނީ ދިވެހި ފިލްމު އިންޑަސްޓްރީއަށެވެ. ފިލްމީ ފަންނާނުންނަށެވެ.
• ސަރުކާރާއި ކައުންސިލްތަކާއި, ވިޔަފާރިވެރިންގެ މަޤްބޫލްކަމާއި ތަރުހީބް އޮތް ދާއިރާއަކަށް, މި އިންޑަސްޓްރީ ހެދުމާއި, އެދާއިރާތަކުން ފިލްމު އިންޑަސްޓްރީއަށް ލިބިގަނެވޭނެ އެހީތެރިކަމާއި ވަސީލަތްތަކަށް މަގުފަހިކުރުން.
• ރާއްޖޭގެ ފިލްމު އިންޑަސްޓްރީއާއި ބޭރުގެ ފިލްމު އުފައްދާ ފާރާތްތަކުންވެސް ރާއްޖޭގައި ކުރާ ފިލްމީ ދާއިރާގެ ކަންތައްތަކަށް ގާނޫނާއި ގަވައިދުތަކުގެ އިމުން ފަހިކުރަންޖެހޭ ކަންކަން ސަރުކާރާއި ކައުންސިލްތަކުން ފަހިވާނެ ގޮތްތައް ހޯދުން.
• އެކަޑަމިކް ފެންވަރުގައި ރާއްޖޭގެ އެކްޓަރުންނާއި ފަންނާނުން ކުރިމަގުގައި އުފެއްދޭނެ ވަސީލަތެއް ސަރުކާރާއި, މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ގުޅިގެން ހޯދައި ޝައުގުވެރިވާ ދަރިވަރުންނަށް ފުރުސަތު ފަހިވާނެ ގޮތްހޯދުން.
• ރާއްޖޭގައި ފިލްމީ ދާއިރާ ކުރިއެރުވުމަށް ހުރި ހުރަސްތަކާއި މިހާރު މިދާއިރާ އޮތް ހާލަތުގައި, ކުރިއެރުވުމަށް ކުރަންޖެހެނީ ކޮން ކަންތައްތަކެއްތޯ ބަލައި އޭގެ ތެރެއިން ކުރެވޭނެ ކަންތައްތަކުގެ މައްޗައް ޤައުމީ ފެންވަރުގަ ރިސާޗެއް, ޤައުމީ ޔުނިވާރސިޓީ މެދުވެރިކޮށް ކުރުން.
• ފިލްމު އިންޑަސްޓްރީގެ ކުރިމަގު އުޖާލާކުރުމާއި އެކަމަށް ހުރި ހުރަސްތައް ގިރާކުރުން.
• ވީހައި ގިނަފަރާތްތަކާއި ގުޅުން އުފައްދައި, އިންޑަސްޓްރީ ފުޅާކުރުމުގެ މަސައްކަތްތައް ކުރުން.
• ފިލްމް އިންޑަސްޓްރީއާއި ގުޅުން ހުރި ބޭރުގެ ޕްރޮފެޝަނަލް ފަރާތްތަކުގެ އިރުޝާދުތައް ލިބިގަތުމާއި, ރާއްޖޭގެ ފިލްމު އިންޑަސްޓްރީގެ ހުރިހައި ދާއިރާއެއް ހިމެނޭގޮތަށް, އެންމެހައި ފަރާތްތައް އެކަންކަމަށް އަހުލުވެރިކުރުން.
• އިންޑަސްޓްރީޒްއާ ގުޅޭ ދާއިރާތަކަށް ޒުވާނުން އަހުލުވެރި ކުރުމާއި, އަލަށް ގުޅޭ ފަރާތްތަކަށް, ދާއިރާގެ ފަންނުތަކުން ކުރިއެރުމުގެ މަގުތަށް ފަހިކޮށްދިނުން.
• ފިލްމީދާއިރާގެ މަގްބޫލުކަން ދިވެހިންގެ މެދުގައި އިތުރުކުރުން.
• ރާއްޖޭގައި ތިބި އިސް ހުނަރުވެރިންނާއި ބަހަވީ މާހިރުންނާއި އަދީބުންގެ އިރުޝާދާއި ތަޖްރިބާތައް ފިލްމީ ދާއިރާއަށް ލިބި ބޭނުން ހިފޭނެ މަގުތަށް ތަނަވަސްކުރުން.
• ރާއްޖޭގެ ޝަގާފީ, ތާރީޚީއ ކަންކަމާއި, ރާއްޖޭގެ ރީތިކަމުގެ ގުދްރަތީ ވަސީލަތްތައް ފިލްމީ އުފެއްދުންތަކުގެ ޒަރީއާއިން ދުނިޔެއަށް ހާމަކުރެވޭނެ މަގުތައް ފުޅާކުރުން.
• ރާއްޖޭގައި އުފައްދާ ފިލްމުތަކާމެދު އާއްމުން ދެކޭގޮތާއި ވިސްނުން ބަދަލުކޮށް ޝައުގުވެރިކަމާއި, މަޤްބޫލްކަން އުފައްދައި އިތުރުކުރުމަށް ކުރެވޭން ހުރި މަސައްކަތްތައް ކުރުން.
• ރާއްޖޭގައި ފިލްމު އުފެއްދުމުގެ ހުރިހައިކަމެއް ކުރެވޭނެ ބައިނަލްއަޤްވާމީ, ޒަމާނީ ފެންވަރުގެ ވެށްޓެއް އުފެއްދުން.
• ފިލްމު އެސޯޝިއޭޝަންގެ ރަސްމީ އޮފީހެއް ގާއިމްކޮށް, ފިލްމީ ދާއިރާގެ ހުރިހައި މެމްބަރުން ޝާމިލްވާ ބައްދަލުވުންތައް ބާއްވާ ޖަގަހަ ނުވަތަ ހޯލްތަކަކީ, މެމްބަރުންނަށް ބައްދަލުވުން ކުރިޔަށް ގެންދަން އެކަށޭނަ މިނިވަން މާހައުލެއްކަމުގައި ހެދުން.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!
ލޮލް