ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޖާދުﷲ އަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ

އެކްޓަރ/ޑިޒައިނަރ އަދި ނެށުންތެރިޔާ ޖާދުﷲ އިސްމާއިލަށް އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ވެފައިވާ ކަން މުނިއަވަސް އަށް އެނގިއްޖެ އެވެ.

ޖާދުﷲ އެކްސިޑެންޓްވީ ލަންކާގައެއެވެ. ލަންކާގައި ހުރި މުނިއަވަސްގެ ޕްރޮގްރާމް ހެޑް ޢާއިޝަތު ރިފްޒާ ބުނީ ޖާދުﷲ ގެ ދެކޮނޑަށާއި އަތަށް އަނިޔާވެފައިވާ ކަމަށެވެ.

އިތުރު މަޢުލޫމާތު ހިއްސާކުރަމުން ރިފްޒާ ބުނީ މިވަގުތު ޖާދުﷲ އޮތީ ލަންކާ ހޮސްޕިޓަލުގައި އެޑްމިޓްކުރެވިފައި ކަމަށެވެ.

“ޖާދުﷲ ގެ ފަހަތުން އައި އޮޓޯއެއް އޭނަގެ ގައިމައްޗަށް އެރީ.

ކަކުލުގަވެސް ނެތް އެއްވެސް މަސްކޮޅެއް. ދެ ކޮނޑުގެ ހުޅުން ނެއްޓިފަ، ވާތުގެ ތިން ތަނުން ބިންދައިގެން ގޮސްފަ. ފައިވެސް ބިންދައިގެން ގޮސްފަ.”

– މުނިއަވަސް ޕްރޮގްރާމް ހެޑް ޢާއިޝަތު ރިފްޒާ

ލަންކާ ހޮސްޕިޓަލުގައި އޮތް ޖާދުﷲ ގެ ހާލަތު އޮޅުންފިލުވައިދެމުން ރިފްޒާ ބުންޏެވެ.

“ޖާދުﷲ އަށް ވާހަކަދެއްކޭ. ނަމަވެސް އޭނަގެ މުޅި ގައިގަ ބެންޑޭޖް އަޅާފަ އޮތީ.

– މުނިއަވަސް ޕްރޮގްރާމް ހެޑް ޢާއިޝަތު ރިފްޒާ

ޖާދުއަށް މި އެކްސިޑެންޓް ކުރިމަތިވީ ރާއްޖެ އައުމަށް ފުރަން އޮތް ދުވަހު ކަމަށްވެސް ރިފްޒާ ރިޕޯޓްކުރެއެވެ.

މޯލްޑިވްސް ފިލްމު އެސޯސިއޭޝަންގެ ހިންގާ ކޮމެޓީގެ ޚަޒާންދާރުކަން ކުރަމުން އަންނަ ޖާދު ވަނީ ކުރިއަށް އޮތް ދައުރަށްވެސް އިންތިޚާބުވެފައެވެ.

0
Ads by Allied Insurance
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top