ދިވެހި ފިލްމު ބެލުންތެރިން އެ ފިލްމަކަށް ބޮޑު ތަރުހީބެއް ދިން ފިލްމު “އުދަބާނި”ގެ ސީކްއަލް “އުދަބާނި 2″ގެ ޝޫޓިން އަނެއްކާވެސް މެދުކަނޑާލައިފި އެވެ. މިފަހަރު ފިލްމުގެ ޝޫޓިން މެދުކަނޑައިލަން ޖެހުނީ ފިލްމުގެ ލީޑް އާމިނަތު ސުހާ އަށް ފިލްމުގެ ޝޫޓިން ތެރެއިން ލިބުނު އަނިޔާއަކާ ގުޅިގެން ކަމަށް ފިލްމުގެ ޑައިރެކްޓަރ އަމްޖަދު އިބްރާހީމް މުނިއަވަސްއަށް މަޢުލޫމާތު ދެމުން މިއަދު ބުންޏެވެ.

އަމްޖަދު އިބްރާހީމް މުނިއަވަސްއަށް ދިން ޚާއްޞަ އިންޓަވިއު:-

@muniavas Udhabaani 2 ge Shooting Medhukan’daalaifi – @amjeyibrahim #udhabaani2 #Udhabaani #Dhivehifilms #fyp #foryou #foryoupage #fypシ #dhivehitiktok #viralvideo #muniavascreation #maldives #Dhivehifilm #foryoupage #contentcreators #muniavas ♬ original sound – MUNIAVAS

މީގެ ކުރިން މި ފިލްމުގެ ޝޫޓިން މެދުކަނޑައިލަން ޖެހުނީ ފިލްމުގެ ފިރިހެން ލީޑެއް ކަމަށްވާ ޢަލީ އާޒިމް (ދޮން އައްޔަ)އަށް ކުރިމަތިވި އެކްސިޑެންޓެއްގެ ސަބަބުން އަނިޔާވުމާއި ގުޅިގެންނެވެ.

ހާމިދު ޢަލީގެ ލާރނާސް ޕްރޮޑަކްޝަނުން އުފައްދާ ލޯބީގެ ބިރުވެރި ފިލްމު “އުދަބާނި 2″ގެ ލީޑުން ފެނިގެންދާނީ އަޙްމަދު އީސާ (އާނަންދު)، އާމިނަތު ސުހާ، ހާމިދު ޢަލީ، ޢަލީ އާޒިމް (ދޮން އައްޔަ)، ނަތާޝާ، ޝަމީލް، މަރްޔަމް ހަލީމް، ޝަކީލާގެ އިތުރުން ވަހީދު އެވެ.

15 ސެޕްޓެމްބަރު 2024ގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ މި ފިލްމުގެ ޝޫޓިންގެ ނުނިމި ހުރި މަސައްކަތްތައް ނިންމައިލުމަށް ފިލްމު ކްރޫ މާކުރަތަށް ދިޔައީ ޑިސެމްބަރު 25ގައެވެ.

🎦 ފިލްމު “އުދަބާނި 2″ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އޮންލައިން

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.