ނޫސް މަޖައްލާ ރަޖިސްޓްރީކުރުން ވަގުތީގޮތުން ހުއްޓާލަފައިވާ ކަމަށް މިނިސްޓްރީ އޮފް ޔޫތް އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް ބުނެފިއެވެ.
މިނިސްޓްރީ އޮފް ޔޫތް އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްއިން ނޫސް މަޖައްލާ ރަޖިސްޓްރީކުރުން ހުއްޓާލާފައިވާ ކަމަށް ބުނެފައިވަނީ، އޮންލައިން ނޫހެއް ރަޖިސްޓްރީކުރުމަށް އެތަނަށް ހުށަހެޅުމުން، އެ މިނިސްޓްރީން ވާހަކަ ދެއްކެވި މުވައްޒަފެއް ކަމަށް ރާއްޖޭގެ މެއިން ސްޓްރީމް މީޑިއާ ރާއްޖެ ޓީވީން ރިޕޯޓްކޮށްފައިވެއެވެ.
މިނިސްޓްރީ އޮފް ޔޫތް އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ މައިގަނޑު ސިޔާސަތުތަކުގައި ވާގޮތުން، ދިވެހިރާއްޖޭގެ ޕްރިންޓް މީޑިއާއާއި، އިލެކްޓްރޯނިކް މީޑިއާ ތަރައްޤީކުރުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައަޅައި، އެދާއިރާތައް ތަރައްޤީކުރުމަށް މަގުފަހިކޮށްދިނުން، ދިވެހިރާއްޖޭގެ ޕްރިންޓް މީޑިއާއާއި، އިލެކްޓްރޯނިކް މީޑިއާގެ ވަސީލަތްތައް ރަޖިސްޓަރީކުރުން، ދިވެހިރާއްޖޭގައި މަސައްކަތްކުރާ ނޫސްވެރިންނާއި ލިޔުންތެރިން ދަފްތަރުކޮށް، އެ ދަފްތަރު ބެލެހެއްޓުމުގެ އިތުރުން މޯލްޑިވްސް މީޑިއާ ކައުންސިލުގެ އިންތިޚާބުގެ ކަންކަން އިންތިޒާމުކޮށް ބެލެހެއްޓުން ހިމެނެއެވެ.
ނޫސްވެރިންނާއި ގާތް ގުޅުމެއް ބޭއްވުމުގެ ގޮތުން ރާއްޖޭގެ ބައެއް މީޑިއާތަކަށް ދަޢުވަތު ދީގެން “ނޫސްވެރިންގެ ގުންޒަރު” ނަމުގައި ހަރަކާތެއް ބާއްވާފައިވާއިރު، އޭގެ ފަހުން ބައެއް މީޑިއާތަކުގެ އިސް ފަރާތްތައް ހިމަނައިގެން ރައީސް އޮފީހުން ބައްދަލުވުމެއް ބޭއްވިއެވެ. މި ބައްދަލުވުންތަކަށް މުނިއަވަސް އަދި ތީރު މީޑިއާގެ އިތުރުންވެސް ބައެއް މީޑިއާތަކަށް ދަޢުވަތު ނުދޭކަން ވަނީ ހާމަވެފައެވެ.
ނޫސް މަޖައްލާ ރެޖިސްޓްރީކުރުން ވަގުތީގޮތުން ހުއްޓާލާފައިވާކަން ހާމަކޮށްފައި މިވަނީ ސަރުކާރަށް ފާޑުކިޔާ ލިޔުންތައް ޝާއިޢުކުރަމުން އަންނަ އޮންލައިން 3 ނޫހެއް ސަރުކާރުން ބްލޮކްކުރި ފަހުންނެވެ. ބްލޮކް ކުރި ނޫސްތަކުގެ ތެރޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ނޫހެއް ވެސް ހިމެނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 10 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ޓްރެއިލާއިން ރެކޯޑެއް މުގުރާލައިފި
- 9 އޭޕްރިލް 2025ޚަބަރުރާއްޖޭގެ “ޓޫ އޮފްއަސް” ބޭންޑުން އިންޑިއާގެ ޖަޖުން އާޝޯޚްކޮށްލާ ފަދަ ހުށައެޅުމެއް!
- 9 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ޓްރެއިލާ އަދި ލަވަތަކަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް!
- 6 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުގެ ޓިކެޓް ބްކިން މިއަދު ފަށަނީ!