އައި ފިލްމްސްގެ ތިންވަނަ ފީޗާ ފިލްމު “ކަންބަޅި”ގެ ދެވަނަ ޓްރެއިލާ ނެރެފިއެވެ. މިމަހު 20 ވަނަ ދުވަހުގެ ރޭ އާއްމުކޮށްފައިވާ މި ޓްރެއިލާއިން، މި ފިލްމުގެ މައިގަނޑު ވާހަކައިގައި ހިމެނޭނެ ކަމަށް ބެލެވޭ އިތުރު ކަންތައްތަކެއްގެ މުހިންމު ބައެއް މަންޒަރުތައް ހިމަނާފައިވެއެވެ.
“ކަންބަޅި” ފިލްމުގެ ދެވަނަ ޓްރެއިލާއިން ތަށިދުއްވުމުގެ ކަންތައްތަކެއްގެ ސަބަބުން މީހުން މަރުވާ ވާހަކައެއް ދެކެވިގެންދެއެވެ. ބިރުވެރި މަންޒަރުތަކެއްގެ ދައްކާފައިވާއިރު، ބިރުވެރި ކަންތައްތަކެއްގެ ސަބަބުން ގިނަ ބަޔަކަށް ކުރިމަތިވާ ކަންތައްތަކެއް މި ފިލްމުން ފެނިގެންދާނެ ކަމަށް މި ޓްރެއިލާއިން ބުނެދެއެވެ.
ޓްރެއިލާ ތެރެއިން އިވިގެންދާ ވަރުގަދަ އަދި ތަފާތު ލަވައިންވެސް މި ފިލްމުގެ ބައެއްކަންކަން ކިޔައިދެއެވެ.
މި ފިލްމު ރިލީޒްކުރުމަށް ތާވަލްްކޮށްފައިވަނީ 01 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ ރޭ އޮލިމްޕަސް ސިނަމާގައެވެ. އިލްޔާސް ވަހީދު ލިޔެ، އިއްލެ އަދި އިފްނާޒް ޑައިރެކްޓްކޮށް ގެނެސްދޭ މި ފިލްމު ޕްރޮޑިއުސްކޮށްފައިވަނީ އިއްލެ އަދި އާސިމް އެވެ.
ފިލްމުގެ މަންޒަރުތަކުގެ ޑީއޯޕީ ހެދީ ސަމާހް ޢަލީ އެވެ. ޕޯސްޓް ޕްރޮޑަކްޝަން އަދި ވިޒުއަލްސް ހަދަނީ އޯކޭޒް އިންކްގެ ސާމީ އެވެ. ޓެކްނިކަލް އެހީތެރިންގެ ގޮތުގައި ފާޒިލް އަދި އިމާދު މަސައްކަތްކޮށްފައިވެއެވެ.
ބިރުވެރި ފިލްމެއްކަމުން ތަފާތު އަދި ބިރުވެރި މޭކަޕްތަކެއް ފެނިގެންދާނެކަން ގައިމެވެ. މި ފިލްމުގެ މޭކަޕްތައް ހަދަނީ އައިފިލްސްގެ “ބިރުވެރި ވާހަކަ” ސީރީޒުންް ފެނިގެންދިޔަ ފެންވަރު ރަނގަޅު އަދި އާދަޔާޚިލާފަށް އުފެންދުއްތެރި މޭކަޕްތަކެއް ހެދި ރުޠުބާ އަޙްމަދު އެވެ.
ފިލްމުގެ މިއުޒިކް ހަދަނީ ޝަހީދު ލިގެސީއެވެ. އިއްލެ އަދި އިފްނާޒް އެޑިޓިން ހަދާާ މި ފިލްްމުގެ ޕްރޮޑަކްޝަން މެނޭޖަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވަނީ ތާތި އާދަމް އެވެ.
ފިލްމުގެ ލީޑުންގެ ގޮތުގައި ނުޒުހަތު ޝުއައިބު، ވާޝިޔާ މުހައްމަދު، ޝަރަފުއްދީން އަބްދުﷲ (ޝަރަފް) އަދި އިފްނާޒް ފެނިގެންދާނެއެވެ. މީގެ އިތުރުން ތުއްތުތުއްތު ކުއްޖެެއް ކަމަށްވާ ސާރާ ބިންތު މުހައްމަދު ފާރިޤްގެ މުހިންމު ރޯޯލެއް މި ފިލްމުން ފެންނާނެއެވެ.
ފިލްމު “ކަންބަޅި“ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އޮންލައިން
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 6 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުގެ ޓިކެޓް ބްކިން މިއަދު ފަށަނީ!
- 4 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ރަސްމީ ޕޯސްޓަރާއި ބައެއް ލަވަތައް ނެރުމަށް އާއްމުކޮށް ހުޅުވާލައިގެން ބޮޑު އިވެންޓެއް!
- 30 މާރޗް 2025ޚަބަރު“ސޮރީ” ފިލްމުގެ ލަވައެއްގެ ޝޫޓިންއަށް ގިނަ ޢަދަދެއްގެ ކުޑަކުދިން ބޭނުންވެއްޖެ
- 30 މާރޗް 2025ރިޕޯޓްމެލަސްމާ އަކީ ކޮބާ؟