އައިފިލްމްސްގެ ތިންވަނަ ފީޗާ ފިލްމު “ކަންބަޅި” އަކީ ބިރުވެރި ފިލްމެކެވެ. އެހެން ނަމަވެސް ފިލްމުން ހުރިހައި ރަހަތަކެއް ވެސް ހެޔޮވަރުވާނެ ކަން މި ފިލްމުގެ ލަވަތަކުގެ ތެރެއިން ފުރަތަމަ އާއްމުކުރި ލަވަ ‘އާދޭ ދާން’ އިން ފެނިގެންދެއެވެ. ‘އާދޭ ދާން’ ލަވައިން ފެންނަނީ ދެމަފިރިއަކާއި އެމީހުންގެ ކުޑަކުޑަ އަންހެން ދަރިފުޅު އަައު ގެއަކަށް ބަދަލުވާ ތަނެވެ. އެމީހުންގެ އުފާވެރި، ލޯބި ހަޔާތެވެ. އުފާވެރި، ހަމަޖެހޭ ދުވަސްތަކެއް، އުފާ އުފަލުން، ހެމުން ހިނިތުންވަމުން އުޅެމުން އަންނަ ތަނެވެ.

މި ފިލްމުގެ މުހިންމު ރޯލަކުން ފެންނަ ޖޫނިއާ އާޓިސްޓް ސާރާގެ އެކްޓިންގެ ސަޅިކަމުގެ ވާހަކަ މީގެ ކުރިންވެސް ވާނީ ފާހަގަކޮށްލެވިފައެވެ. ‘އާދޭ ދާން’ ލަވައިން އަދި އެކަން މާ ރަނގަޅަށް ފެނިގެންދެއެވެ. އެވަރުގެ ތުއްތު ކުއްޖަކަށް އެހާ އަސްލާއި އެއްގޮތަށް، އެ ކުއްޖާގެ އަސްލު ބައްޕައާއި މަންމައާއި އެކުގައިވެސް އުފާވެރި ވަގުތުތަކެއް ވޭތިކުރާއިރު ފެނިގެންދާނެ ހުރިހައި އެކްސްޕްރެޝަން ތަކެއް ދައްކައިދީފައިވެއެވެ. ބަލާބެލުމަށް އެއްވެސް ދުރުކަމެއް، އޮޑްކަމެއް ނެތެވެ. ހީވަނީ ހަމަ އަސްލަށްވެސް ދެމަަފިރިއަކާއި ދަރިއެއްގެ ގުޅުން ފެންނަހެންނެވެ.

މި ލަވައިގެ އަޑުގެވެރިއަކީ މަރިޔަމް ސަލްވާ އެވެ. މި ހިތްގައިމު ރާގު ހެދީ ޝަހީދު ލިގެސީ އަދި ޢަބްދުލް ބާސިތު ޢަބްދުއްޞަމަދު އެވެ. މި ހިތްގައިމު ރާގަށް، ހިތްފަސޭހަ މިއުޒިކެއް ހަދާފައިވަނީވެސް ޝަހީދު އެވެ. ލިރިކްސް ހެދީ ޢަބްދުލް ބާސިތު ޢަބްދުއްޞަމަދު އެވެ.

ފިލްމު “ކަންބަޅި” ރިލީޒްކުރާނީ 01 ފެބްރުއަރީ 2024ވާ ބުރާސްފަތި ދުވަހުގެ ރޭގައި އޮލިމްޕަސް ސިނަމާގައެވެ.

ފިލްމުގެ ޓިކެޓް އޮންލައިންކޮށް މިހާރު ނެގޭނެއެވެ.

“ކަންބަޅި” ފިލްމުގެ ޓިކެޓް އޮންލައިންކޮށް ގަތުމަށް 7242555 ނަންބަރަށް ވައިބައި/ވަޓްސްއެޕް/ޓެލެގްރާމް މެދުވެރިކޮށް މެސެޖެއް ކޮށްލާށެވެ. މެސެޖްކޮށްލާއިރު އަންނަނިވި ތަފުސީލުތައް ހިމަނައިލުމުން ދެފަރާތުގެ ވަގުތު ސަލާމަތްވެ، ޓިކެޓް ޕްރޮސެސްކުރުމުގެ މަރުހަލާ އަވަސްވާނެއެވެ.

🎫 ޓިކެޓް ނަގާ މީހާގެ ނަން
🎫 ޓިކެޓް ބޭނުންވާ ތާރީޚް / ޝޯ
🎫 ބޭނުންވާ ޓިކެޓްގެ ޢަދަދު
ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ލިޔެ، އިއްލެ އަދި އަޙްމަދު އިފްނާޒް ފިރާޤް ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ލީޑު ކާސްޓުގެ ގޮތުގައި ހިމެނެނީ އިއްލެގެ ހުރިހާ ފީޗާ ފިލްމުތަކުން ވެސް ލީޑުން ފެނިފައިވާ ނުޒުހަތު ޝުއައިބު (ނުޒޫ)އެވެ. ފިލްމުގެ އިތުރު ރޯލުތަކުން ދެން ފެންނާނީ އަހުމަދު އިފްނާޒުގެ އިތުރުން ޝަރަފް އަބްދުﷲ އާއި ވާޝިޔާ މުހައްމަދާއި ރަވީ ފާރޫގާއި މުހައްމަދު އިޝްފާނާއި ހާޒިފް މުހައްމަދާއި މޫސާ އަލީފެވެ.

ފިލްމު “ކަންބަޅި“ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އޮންލައިން​

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.