“ކަންބަޅި މިއީ މި ފަހުގެ ތާރީޚެއްގައި ބެލުނު އެންމެ މޮޅަށް ތައްޔާރުކުރެވިފައިވާ ބިރުވެރި ފިލްމޭ ބުންޏަސް ދޮގަކަށް ނުވާނެ. އިލްޔާސްގެ ޑައިރެކްޝަން އަދި ވާހަކަ ވަރަށް މޮޅު. އިފްނާޒް އަށް ޑައިރެކްޝަން/އެކްޓިން ކުރެވިދާނެކަން ސާބިތުކޮށްދީފި .”
* އަޙްމަދު ރަޝީދު (އަންނާރޭ) – މުނިއަވަސް ސީއީއޯ
މުނިއަވަސް ސީއީއޯ އަޙްމަދު ރަޝީދު (އަންނާރޭ)، މި ފިލްމު ބެލުމަށްފަހު ފޭސްބްކްގައި އާއްމުކުރި ދިގު ޕޯސްޓެއްގައި ލައްކަ ގިނަ ވާހަކަތައް ދައްކާފައިވެއެވެ.
“ނުޒުހަތުގެ ހުރިހައި ސީންސްތަކުން އައިފިލްމްސްގެ ކޮލިޓީ ހިފަހައްޓައިދީފި. އެންމެ ފާހަގަކޮށްލެވުނީ އިއްލެ މީގެ ކުރިން މީޑިއާގަ ފާހަގަކުރި ރިއަލިސްޓިކް ވަން-ޝޮޓް ގެނެސްދީފައި އިން ގޮތް.”
* އަޙްމަދު ރަޝީދު (އަންނާރޭ) – މުނިއަވަސް ސީއީއޯ
އަންނާރޭ އެ ބުނާ ވަން-ޝޮޓްގެ މޮޅުކަމުގެ ވާހަކަތައް ފިލްމު ބެލި ވަރަށް ގިނަ ބަޔަކު ދައްކަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.
“ވަރަށް މޮޅު ، ހުނަރުވެރި ތުއްތު ސާރާގެ މޮޅު އެކްޓިންސް ވެސް ވަރަށް ފުރިހަމަ.
ޝަރަފް، ވާޝިޔާ، ރަވީ، އިޝްފާން، ހާޒިފް، އަލީފް އަދި ތާތިގެ ރޯލުވެސް ވަރަށް ފުރިހަމަ.”
* އަޙްމަދު ރަޝީދު (އަންނާރޭ) – މުނިއަވަސް ސީއީއޯ
އަލީފް އަދި ސާރާގެ އެކްޓިން ފުރިހަމަކަން މި ފިލްމުގެ ބައެއް ކާސްޓުންވެސް ވަރަށް ބޮޑަށް ފާހަގަކޮށްފައިވެއެވެ.
“ޝަހީދު ލިގެސީގެ ހުނަރުވެރިކަން އެއީ މި ފިލްމު މިހާ ފުރިހަމަވި ސަބަބެއް. 7.1ގެ ބެކްސްކޯރ އަދި ޓައިޓްލް ލަވަ ވަރަށް ފުރިހަމަ.”
* އަޙްމަދު ރަޝީދު (އަންނާރޭ) – މުނިއަވަސް ސީއީއޯ
ވަރަށް ވެސް ބޮޑު ތެދެކެވެ. ފިލްމުގައި ބޭނުންކޮށްފައި ހުރި 7.1 ސަރައުންޑް ބެކްސްކޯރގެ ސަބަބުން ފިލްމުން އިވޭ އެކިއެކި އަޑުތައް އެކި ދިމަދިމާއިން އަންނައިރު، ހީވަނީ ހަމަ އަސްލު މާހައުލުގައި އިނދެވޭހެން ކަމަށް ފިލްމު ބެލި މީހުން ފާހަގަކުރެއެވެ.
“ހުނަރުވެރި މޮޅު މޭކަޕް އާޓިސްޓް ރުތުބާ އަޙްމަދުގެ ކުރެހުންތަކުން ފުރިހަމަކަން އިތުރުވި.”
* އަޙްމަދު ރަޝީދު (އަންނާރޭ) – މުނިއަވަސް ސީއީއޯ
ރުޠުބާގެ މޭކަޕް ހުނަރަކީ އެއްވެސް ބަޔަކު ޝައްކުކުރާނެ ޖާގައެއް ދޭނެ އެއްޗެއް ނޫންކަން އޭނާގެ ކޮންމެ މަސައްކަތަކުން އަންނަނީ ސާބިތުކޮށްދެމުންނެވެ. މި ފިލްމުން މޮޅު އެކްޓިންއެއް ދައްކާފައިވާ އަލީފް ބުނީ އޭނާއަށް މި ފިލްމުގައި މޮޔައެއްގެ ކެރެކްޓަރ އެހާ މޮޅަށް ދައްކައިދެވިފައިވަނީ ރުޠުބާގެ މޭކަޕްގެ ފުރިހަމަކަމުންނެވެ.
“ޖުމްލަކޮށް ޕޯސްޓް ޕްރޮޑަކްޝަން ޓީމުން ފެށިގެން މުޅި ފިލްމުގެ ކޮލިޓީ މި ލެވެލްއަށް ގެނެސްދިން މުޅި ޓީމަށް ރައުންޑް އޮފް އެޕްލޯސް .”
* އަޙްމަދު ރަޝީދު (އަންނާރޭ) – މުނިއަވަސް ސީއީއޯ
ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަން ހެދީ އޯކޭޒް އިންކް އިންނެވެ. އިއްލެގެ ތިން ފީޗާ ފިލްމުގެވެސް މި މަސައްކަތް ކޮށްފައިވަނީ އޯކޭޒްގެ ޓީމުންނެވެ.
“ފިލްމުގެ މެސެޖް ވަރަށް ފުރިހަމަ. ދިވެހިރާއްޖޭގައި ސިހުރު ފަންޑިތައިގެ ނުބައި އަމަލުން އަނިޔާލިބިފައިވާ މީހުން ވަރަށް ގިނަ. މި ފިލްމުގައި މި ނުބައި އަނިޔާވެރި އަމަލުގެ ޝިކާރައިގަ ފަނާވެ ނިމިގެންދާ އުފާވެރި އާއިލާ އަދި އެކުވެރިންނަށް “ކަންބަޅި” ކުރާ ގޯނާ ބަލަން ޖެހޭ.
ކަންބަޅިއަށް މަގޭ ރޭޓިން 10/10.”
* އަޙްމަދު ރަޝީދު (އަންނާރޭ) – މުނިއަވަސް ސީއީއޯ
މިއީ މުނިއަވަސް އޮންލައިން އިން އައިފިލްމްސްގެ ފިލްމީ އުފެއްދުމެއްގެ އޮންލައިން މީޑިއާ ޕާޓްނަރުކަން ކުރާ ތިންވަނަ ފަހަރެވެ. “ކަންބަޅި” ފިލްމުގެ އޮންލައިން މީޑިއާ ޕާޓްނަރުކަން ކުރުމުގެ ފުރުޞަތު ލިބުނީތީ ފަޚުރުވެރިވާކަން އަންނާރޭ ފާހަގަކުރިއެވެ.
“ކަންބަޅި” ފިލްމުގެ ޓިކެޓް އޮންލައިންކޮށް ގަތުމަށް 7242555 ނަންބަރަށް ވައިބައި/ވަޓްސްއެޕް/ޓެލެގްރާމް މެދުވެރިކޮށް މެސެޖެއް ކޮށްލާށެވެ. މެސެޖްކޮށްލާއިރު އަންނަނިވި ތަފުސީލުތައް ހިމަނައިލުމުން ދެފަރާތުގެ ވަގުތު ސަލާމަތްވެ، ޓިކެޓް ޕްރޮސެސްކުރުމުގެ މަރުހަލާ އަވަސްވާނެއެވެ.
🎫 ޓިކެޓް ނަގާ މީހާގެ ނަން
🎫 ޓިކެޓް ބޭނުންވާ ތާރީޚް / ޝޯ
🎫 ބޭނުންވާ ޓިކެޓްގެ ޢަދަދު
ފިލްމު “ކަންބަޅި”ގެ ވަނަވަރުތަކަށް ކުރުކޮށް، ފޮނިކޮށް ބަލައިލާނަމެވެ.
🎞️ ފިލްމު ނަން: ކަންބަޅި
🎞️ ބާވަތް : ބިރުވެރި
🎞️ ތަރިން : ނުޒުހަތު ޝުއައިބް، ވާޝިޔާ މުޙައްމަދު، ޝަރަފުއްދީން އަބްދުﷲ އަޙްމަދު އިފްނާޒް ފިރާޤް، ރަވީ ފާރޫޤް
🎞️ އަލަށް ތައާރަފްވަނީ : އުމުރުން 6 އަހަރުގެ ސާރާ ބިންތު މުހައްމަދް ފާރިޤް
🎞️ އިތުރު ތަރިންގެ ތެރޭގައި : ތާތި އާދަމް، މުޙައްމަދު އަފްރާހް، މޫސާ އަލީފް، ހާޒިފް މުހައްމަދު، އިންޓްރޮޑިއުސިންގް : މުހައްމަދު އިޝްފާން، އަލީ ނަދީހް (ޗަންނަ)، މުހައްމަދު ނަޖަހް އަހްމަދް ރައޫފް، ހުސައިން ސާމިހް މުހައްމަދު، ވިކީ، ފާތުމަތު ލަތީފާ، ދީނާ އަޙްމަދު (ޖެރީ)
🎞️ ވާހަކަ : އިލްޔާސް ވަހީދު
🎞️ ޕްރޮޑިއުސަރުން : އާސިމް އަލީ، އިލްޔާސް ވަހީދު
🎞️ މިއުޒިކް : ޝަހީދު ލެގަސީ
🎞️ ޕޯސްޓް ޕްރޮޑަކްޝަން : އޯކޭޒް އިންކް
🎞️ ޕްރޮޑަކްޝަން މެނޭޖަރ : ތާތި އާދަމް
🎞️ ކެމެރާ : ސަމާހް
🎞️ ޑައިރެކްޓަރުން : އިލްޔާސް ވަހީދު އަދި އަޙްމަދު އިފްނާޒް ފިރާޤް
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!