ޑާކް ރެއިން އެންޓަޓެއިންމެންޓުން މިއަދު އާއްމުކުރަން ބުނި ބޮޑު އެންގުން އާއްމުކޮށްފިއެވެ. އަހަރުމެން އަންދާޒާކުރި ގޮތްތަކުގެ ތެރެއިން ދެވަނައަށް ބުނެވުނީ ރަނގަޅަށެވެ. “ފުރޭތަަ” އަރާނެ ތާރީޚް މިއަދު މިވަނީ އިޢުލާނުކޮށްފައެވެ. ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ވަރުގަދަ އެކްޝަން ފިލްމު “ފުރޭތަ“ ޕްރިމިއާކުރުމަށް ނިންމާފައިވަނީ 04 މާރިޗް 2024، ހޯމަދުވަހުގެ ރޭގައެވެ.
ފިލްމު “ފުރޭތަ“ ޕްރިމިއާކުރާ ތާރީޚް އާއްމުކޮށްފައި މިވަނީ އެނިމޭޓެޑް ޕޯސްޓަރަކުންނެވެ. މިދިޔަ އަހަރު ޑިސެމްބަރު 04 ވަނަ ދުވަހު “ފުރޭތަ“ އޮލިމްޕަހަށް ގެންނަން ނިންމިއެވެ. އޭގެ ފަހުން މި އަހަރު ޖެނުއަރީ މަހު މި ފިލްމު ރިލީޒްކުރާނެ ކަމަށްވެސް ޑާކް ރެއިންއިން ބުންޏެވެ. އެކިއެކި ކަންކަމާ ހުރެ ތާރީޚަކަށްފަހު ތާރީޚެއް ދެމުން އަޔަސް މިފަހަރު މިއީ ފައިނަލް ތާރީޚްކަމަށް ޔަޤީންކުރެވެއެވެ.
ފިލްމުގެ ހުރިހައި މަސައްކަތެއްހެން ނިންމާލާފައިވާ މި ފިލްމުން ވަރުގަދަ އެކްޝަންތަކެއް ފެނިގެންދާނެއެވެ.
@muniavas FUREYTHA Araanee 04 March 2024 gai #FUREYTHA_TheMovies @Dark Rain Entertainment #fvpシ💕foryou #muniavas #foryoupage #fyp #fvpviral #maldivestiktok🇲🇻 #dhivehifilms ♬ original sound – MUNIAVAS
ބޮޑު ކާސްޓެއް ހިމެނޭ “ފުރޭތަ“އިގެ ލީޑުން ފެނިގެންދާނީ ހުނަރުވެރި އެކްޓިންއެއް ދައްކަމުން އަންނަ ޝަރަފުއްދީން ޢަބްދުﷲ އެވެ. މީގެ އިތުރުން ފެނިގެންދާނެ މުހިންމު ތަރިންގެ ތެރޭގައި ރަވީ ފާރޫޤް، މުޙައްމަދު މަނިކް، އަޙްމަދު ސަޢީދު، މުޙައްމަދު ރިފްޝާން (ރިއްޕެ)، އަޙްމަދު ނާޝިތު، ޢަލީ ނަދީހް، އާމިނަތު އަޞީލާ، އާދަމް ރިޒްވީ (ރެކްސް) އަދި ޗައިލްޑް އާޓިސްޓް ނީލް އެވެ.
ފިލްމު “ފުރޭތަ“ އަކީ އަޙްމަދު ޠަލާލްގެ ސްކްރީންޕްލޭއަކަށް ޢަލީ ޝިފާޢު (ޗިއްޕެ) ޑައިރެކްޓްކުރާ ފިލްމެކެވެ. ފިލްމު “ފުރޭތަ“އަކީ މިހާތަނަށް ރާއްޖޭގައި ނެރޭ އެންމެ ވަރުގަދަ އެކްޝަން ފިލްމުކަމަށް މަޢުލޫމާތުލިބިފައިވެ އެވެ. އެގޮތުން މި ފިލްމުގައި ވަރުގަދަ ގިނަ ފައިޓްތަކެއްގެ އިތުރުން ބެލުންތެރިން ހައިރާންވާނެ ފަދަ ގިނަ މަންޒަރުތަކެއް ފެނިގެންދާނެ ކަންވެސް މުނިއަވަސްއަށް އެނގިފައިވެއެވެ. ފިލްމުގައި ހިމެނޭ ވަރުގަދަ ފައިޓް ސީންތައް ހަދާފައިވަނީ ރަވީ ފާރޫޤްގެ މޭސްތިރިކަމުގެ ދަށުންނެވެ.
މުޙައްމަދު ޢަލީ (މޮގާ) ޕްރޮޑިއުސްކޮށް ޢަލީ ޝިފާޢު (ޗިއްޕެ) ޑައިރެކްޓްކޮށް އެޑިޓްކުރާ މި ފިލްމުގެ މަންޒަރުތައް ކެމެރާކުރަނީ އަޙްމަދު ޒިފާފް އެވެ. ވިޒުއަލް އިފެކްޓް ހަދަނީ ވިޝާލް ޒަކީ އެވެ. ޙުސައިން ތަޢުފީޤްގެ މިއުޒިކުން ފިލްމަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭއިރު، ފިލްމުގެ ކާސްޓުންގެ މޭކަޕްތައްކުރަނީ ޙަސަން އާދަމް އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!