2023-2024 ވަނަ އަހަަރަށް މޯލްޑިވްސް ފިލްމު އެސޯސިއޭޝަންގެ ހިންގާކޮމެޓީ އެކުލަވައިލުމަށް ބާއްވާ އިންތިޚާބު 16 ފެބްރުއަރީ 2024 ވާ ހުކުރު ދުވަހުގެ ރޭ ބޭއްވުމަށް ތައްޔާރުވާން ފަށައިފިއެވެ.

މޯލްޑިވްސް ފިލްމު އެސޯސިއޭޝަންގެ ހިންގާކޮމެޓީ އެކުލަވައިލުމަށް ބާއްވާ އިންތިޚާބުގެ ކަންކަން ހިންގާ އިންތިޚާބާ ބެހޭ ކޮމެޓީން ބުނީ އިންތިޚާބު ބާއްވާނީ ވިލާ ކޮލެޖްގައި ކަމަށެވެ.

އިންތިޚާބު ބޭއްވުމަށް ބާއްވާ ހަރަކާތުގެ ޝެޑިއުލްއަށް ބަލައިލާއިރު، 16 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ ރޭ 20:00 އިން 21:00 އާއި ދެމެދު ވޯޓުލުމަށް އެދޭ ފަރާތްތައް ރެޖިސްޓްރީކުރުމަށް ފުރުޞަތު ހުޅުވައިލާނެ އެވެ.

ޝެޑިއުލްގެ އިތުރު ކަންތައްތަކަށް ބަލައިލާއިރު:

🎞️ 20:30 – ޖަލްސާ ފެށުމާއި އިންތިޚާބާއި ބެހޭ ކޮމެޓީން މެންބަރުންނާއި މުޚާޠަބުކުރުން

🎞️ 20:35 – ހިންގާ ކޮމެޓީއަށް ކުރިމަތިލާފައިވާ ފަރާތްތަކުން މެންބަރުންނާއި މުޚާޠަބުކުރުން. މިގޮތުން ކޮންމެ މެންބަރަކަށް 03 މިނެޓްގެ ވަގުތުކޮޅެއް ދިނުމަށް ހަމަޖެހިފައިވެއެވެ.

🎞️ 21:00 – މެންބަރުން ވޯޓުލުން

🎞️ 21:45 – ވޯޓް ގުނައި، ހިންގާ ކޮމެޓީއަށް ހޮވުނު ފަރާތްތައް އިޢުލާނުކުރުން

🎞️ 22:00 – އަލަށް ހޮވޭ ބޯޑުގެ ފަރާތުން ވާހަކަދެއްކުން

🎞️ 22:10 – ޝުކުރު ދެންނެވުން.

2022-2023 އެމްއެފްއޭ ހިންގާކޮމެޓީ އިންތިޚާބުގެ ތެރެއިން – ފޮޓޯ: މުނިއަވަސް ފައިލްސް

މޯލްޑިވްސް ފިލްމު އެސޯސިއޭޝަންގެ ހިންގާކޮމެޓީގެ މަޤާމުތަކަށް ކުރިމަތިލާފައިވާ ފަރާތްތަކަކީ:-

🎬 ޗެއާޕާޝަން

1) މުޙައްމަދު ނަޝީދު (ބޭބީ)، ކ. މާލެ މ. ނިއު ސަނީވޭ

2) އަޙްމަދު ނަޢީމް (އެމޯ)، ކ. މާލެ ހ. މިނިވަން އައްސޭރި

🎬 ވައިސް ޗެއާޕާޝަން

1) ޝީލާ ނަޖީބު، ކ. މާލެ ދަފުތަރު ނަންބަރު 13001

🎬 ޖެނެރަލް ސެކްރެޓަރީ

1) އައްބާސް މުޙައްމަދު، ކ. މާލެ މ. ހޮޓާދޮށުގެ

🎬 ޚަޒާންދާރު

1) ޖާދުﷲ އިސްމާޢީލް، ހިންދޫސް ގދ. ތިނަދޫ

🎬 ބޯޑު މެންބަރުން

1) ޢަބްދުﷲ މާހިރު، ނީލޯފަރުގެ ރ. މާކުރަތު

2) ޢުމަރު އަޝްފާޤް، އެދުރުގެ ތ. ބުރުނީ

3) އިބްރާޙީމް ރިޔާޒް، ކ. މާލެ މ. ފެންގިލި

4) މުޙައްމަދު އަފްރާހް، ކ. މާލެ މ. ހިމެރިމާގެ

5) ފާޠިމަތު ޒުހައިރު، ޖެނެސްޓް ގދ. ތިނަދޫ

2023-2024 ވަނަ އަހަަރަށް މޯލްޑިވްސް ފިލްމު އެސޯސިއޭޝަންގެ ހިންގާކޮމެޓީ އެކުލަވައިލުމަށް ބާއްވާ އިންތިޚާބު ކުރިއަށް ގެންދިއުމަށް ފުރަތަމަ ނިންމީ 15 ޑިސެމްބަރު 2023 އަށެވެ. ނަމަވެސް ސަރުކާރު ބަދަލުވުމަށްފަހު މި އިންތިޚާބު ބޭއްވުން ފަސްކޮށްލިއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.